އައްޑޫ ސިޓީގައި އަނެއްކާވެސް ސީރިޔަސް އެކްސިޑެންޓެއް ހިނގާ، މީހަކަށް އަނިޔާތަކެއް ވެއްޖެއެވެ. އަނިޔާ ލިބުނު މީހާއަށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރުދަނީ ފަރުވާ ދެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓްވި މީހާއަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ މަރަދޫފޭދޫ އާއި ފޭދޫ ކޯޒްވޭ ގުޅޭ ސަރަޙައްދުގައެވެ. މިކަން ހިނގާފައިވަނީ މަރަދޫފޭދޫ އާ ދިމާލުން ފޭދޫއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކޮންޓްރޯލުން ނައްޓައިގެން ގޮސްގެންނެވެ. ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޖެހިފައިވަނީ އެސަރަޙައްދުގެ ކޯޒްވޭގެ އެއް ފަރާތުގައި ޖަހާފައި ހުރި ތަނބުގައެވެ.
މިއީ، ހަ ވަރަކަށް ގަޑިއިރުގެ ތެރޭގައި އެސިޓީގައި ހިނގި ނުރައްކާތެރި ދެވަނަ އެކްސިޑެންޓެވެ. މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 24 އަހަރުގެ އަންހެނަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.
ހެޔޮނުވާނެ.ތި އައްޑޫން މީހުން ހުސްކުރަންވެއްޖެ އެއްނު.އިންސާނުން އުޅެން ހެޔޮނުވާނެ ތިތަނުގައި. ތީ ޖިންނިފަރާތު ކަމަކާއި މަށަށް ވައްތަރީ.
އައްޑޫން މީހުން ހުސްކޮށްފަ ކަލޭމެންގެ ދޮޅުފޫޓް ހަމަނުވާ ހަލަކަށް ކިހިނެތް އައްޑޫގެ ހުރިހާ ރައްޔިތުން ގެންދާނީ، ކަލޭ އަނގަޔަށްތަށް އެންމެން އަޅަންވީ
ސާބަހޭ އައްޑޫ ރައްޔިތުން. ހަމަ ކުރިއަށް ތިކަމައިގެން ދޭ.
ދުއްވޭލެ މަޑީއަދިވެސް
ކަލޭމެން ތަންކޮޅެއް ބަލައިގެން ދުއްވަބަލަ!
އަށްޑޫއެ ކިޔަާފަ ކޮން ވާހަކައެއް ދައްކާކަށް
ތިމާގެ ފަރިތަކަމައްވުރެން އަނެކާގެ ނުފަރިތަކަމާމެދު ވިސްނާނެ މީހަކުނެތް. އަދައްވުރެން މާދަން މާހިތާމަވެރިވާނެ....!
ޑުވެލިމަޑުކުރޭ.......!!!!!
ޖިންނި ދޯ ދުއްވާ އެތީގެ ސްޕީޑް ކޮންޓްރޯލް ކުރަނީ ؟ އެހެންވީމަ ދުއްވާ މީހުން ތިޔަ ޖިންނި ބަހައްޓާފަ ދުއްވަން ވެއްޖެތާ!