ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވޯޓު ދޭން އެމްޑީޕީގެ ފައުންޑަރު މެންބަރު ލަންދޫ އިބްރާހީމް ގޮވާލައިފިއެވެ.

އެމްޑީޕީގެ މެންބަރުންނަށް ލަންދޫ އިބްރާހީމް ދެއްވާ މެސެޖެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ޑިމޮކްރެޓިކް ނިޒާމަށް ރާއްޖެ ބަދަލު ވެގެން ދިޔައީ އެމްޑީޕީ އާންމު މެންބަރުން ކުރި މަސައްކަތުން ކަމަށް އިބްރާހީމް ވިދާޅުވެއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އާ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ފެންނަނީ "ޚުދުމުޚުތާރު" ވެރިކަމެއް ގޮތުގައި ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޚުދުމުޚުތާރު ވެރިޔެއް ކަމުގައިވާ ހިޓްލަރުގެ "އަނިޔާވެރި" ކަމާއި އެއް ހަމައަކުން ސިފަ ކުރައްވައިފައެވެ.

މި ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މައާފު ދެވެން ނެތް ކަމަށް ލަންދޫ އިބްރާހީމް ވިދާޅުވެއެވެ. ސަބަބަކީ، ރައީސްއަށް ވޯޓު ދެއްވީ ނަޝީދު އެދިވަޑައިގަތުމުން ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ދިނީ އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޯގާތެރި ވެރިކަމެއް ކޮށްދޭނެ ކަމުގެ އުންމީދުގައި ބާރުތައް އެމްޑީޕީގެ އިސް ވެރިންނާއި ހަވާލު ކުރުމުން، ކުރި ހަމައެކަނި ކަމަކީ ބޭރުގެ ބަޔަކަށް ދިވެހި ރަށްވެހިކަންދީ އެމްޑީޕީގެ އިސް މީހުން ދާއިމަށް މި ރާއްޖޭގެ ވެރިކަން ކުރަން ފުރުސަތު ހޯދުން ކަމަށެވެ.

މިއީ ވާދަވެރި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންނާއި ލީޑާޝިޕުން ވެސް މި ސަރުކާރަށް ކުރާ ތުހުމަތެކެވެ. ނަމަވެސް ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ދޮގު ކުރައްވަމުންނެވެ.

މި ކަމަށް އިޝާރާތް ކުރައްވައި، ލަންދޫ އިބްރާހީމް ގޮވާލެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ނުދެއްވުމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވޯޓު ދެއްވަން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ލަންދޫ އިބްރާހީމް ގޮވާލެއްވިއެވެ.

"އިންޑިއާ ސިފައިންގެ ބާރު މި ގައުމުގައި އޮތީ، ދިވެހި ސިފައިން ވެސް ހަރަކާތްތެރި ވަނީ އިންޑިއާ ސިފައިންގެ ހުއްދަ ލިބިގެން، މިއީ މި ގައުމު އޮންނަން ޖެހޭނެ ހާލަތެއް ނޫން، އަޅުގަނޑު ގޮވާލަން، ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ވޯޓު ދޭން،"

މާދަމާ ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ފަތުހީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފެއްދެވި އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރެއްވި އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަދީފް

    ސާބަހޭ ލަންދޫ ބްރޯ.

    82
    4
  2. ޟޟޟޟ

    ﷲގެ އިރާދަ ފުޅާއި މިންވަރު ފުޅުން ޕީ ޕީ އެމްގެ ކެނޑިޑޭޓަށް ކާމިޔާބު މިންވަރު ކޮށްދެއްވާށި. އާމީން!!

    109
    5
  3. Anonymous

    މިހާރު އަހަރެން ބޭނުން ވަނީ ލަންދޫ އިބްރާހިމް ހޮވަން ކޮންމެވެސް މަޤާާމަކަށް.
    ގަޓު ހުރި ގޮލައެއްތީ. ހިތްވަރު އެބަހުރި ފާޅުގައި ތިޔަހެން ބުނެލަން ކެރޭނީ ސީދާ ގަޓު ހުރެގެން
    އިބްރާހީމާ ނުކުމޭ ވޯޓް ދޭނަން އިބްރާހީމްތީ
    ގަދަ މީހެއް. ލަންދޫއަކީ ސަމާސާ ރަށެއްނޫން.
    ވ. އެކުވެރި ރޫޙެއްގައި މަސައްކަތް ކުރަނީ ރައްޔިތުން މިހާރު ބަލާބަލަ ވާތައްޔާރުތައް ސަވާދިއްތައަށް. ނޫނޭ އިބްރާހީމާ ޝުކުރިއްޔާ މަނިކުފާނަށް.

    54
    1
  4. އަސްވާނު

    ސާބަސް އެމްޑީޕީ ފައުންޑަރ މެމްބަރ، ޤައުމު ދެކެ ލޯބިހުރި ދަރިެއް.

    63
    1
  5. Anonymous

    ކޮމަންޑޫ ރައްޔިތުން ގައުމުބސަލާމަތް ކުރުމުގައި އެހީވެ ދެއްވާ.

    66
    1
  6. އިބްރާހިމް

    ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރުންނަށްވެސް އަޅުގަނޑު ގޮވާލާނީ ސަރުކާރުން ރައްޔިތުންނަށް ކަމެއްކޮށްދިނުމަށްޓަކައި ކޮމަންޑޫދާއިރާގެ ގޮނޑި މިވަގުތު ބޭނުމެއްނުވާނެ. ނަމަވެސް ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށްގެންދަން ދިވެހިންގެ ބަޔަކު އެދޭކަން ނުވަތަ ނޫންކަން މި ގޮނޑިން އެނގިގެންދާނެ. މި ގޮނޑި ހޯދަން ސަރުކާރުން ކުރާ މަސައްކަތުގައި ދައުލަތުގެ މިނިވަން މުވައްސަސާތަކުން ނުކުތުމުން މިހާރު މިއޮތީ ސީދާ ޑިކްޓޭޓާޝިޕެކޭ ދެންނެވޭނީ.

  7. ނޯ ޗޮއިސް

    ކޮމަންޑޫ ދާއިރަގެ ލޮބުވެތި މުސްލިމު އަޙުންނާ އުޚުތުންނެ ލަންދު އިބުރަހިމް ދެއްކެވި ވާހަކަ އަކީ ހެޔޮވިސްނޭ އިސްލަމްދީނަ ގއމުގެކެ ލޯބިވާ މުސްލިމަކު ދައްކާނެ ވާހަކަ ނވިސްނާ. ދުނިޔެގެ ހެއްލުންތެރި ކުރުވަނިވި ކަންތައްތަކަކީ ސައިތޯނުންގެ އަމަލްތަކެއް ތިބޭފުން މާދަމާ ލާވޯޓަކީ އާހިރަތަށްޓަކާ ލާވޯޓެއްތޯ ސޭހުއުމުރާނުކަހަލަ ދުނިޔެ ހޯދަންލާ ވޯޓެއްތޯ އިންޑިޔާ ސިފައިން މިތަނުން ބެލުމަށް މަޖުލިސްތެޜޭ އަޑުއުފުލޭނީ ފަތުހިއަށް ވޯޓްދީގެން އމޑޕ އަކީ ގައުމުގެ އަދުއްވުންތިބި ބަގަނޑެއް ވިސްނާފަ ގައުމާ ދީނަށްޓަކާ ވޯޓްދެއްވާ އމޑޕ ނުނެކޭ ބުނންޖެހޭ

  8. ގައުމުދެކެލޯބިވާ އެމް ޑީ ޕީ މެންބަރެއް

    ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގައުމު ހިމާޔަތްކޮއްދެއްވުމުގައި އެހީތެރިވެދެއްވުމަށް މޫސާފަތުހީއަށް ވޯޓްދެއްވާ.