މިއަދު ރާއްޖެ އިން އިތުރު 1056 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 146 މީހުން ފައްސިވިއެވެ. އިއްޔެ މާލެ އިން ފައްސިވީ 136 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 792 މީހުން ފައްސިވިއެވެ. އިއްޔެ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 828 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 59 މީހުން ފައްސިވިއެވެ. އަދި އޭގެ އިތުރުން ފައްސިވި 59 މީހެއްގެ ސުންކު ނެގި ތަނެއް ފާހަގަ ކޮށްފައެއް ނުވެއެވެ.

މިއަދު މުޅި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 4374 މީހުންނެވެ. އޭގެތެރެއިން %24 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދު ހަމައެކަނި މާލެ އިން 1408 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %10 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1132 މީހުން މިއަދު ކޮވިޑުން ރަނގަޅު ވިއެވެ. މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދަކީ 15706 އެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 26 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު