ކޮވިޑް-19 އަށް ފައްސިވެފައިވާ އިނގިރޭސިރާނީ އެލިޒަބަތު ދޭއް އަށް އަވަސް ޝިފާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިލައްވައިފިއެވެ.

ރާނީ އެލިޒަބަތު ކޮވިޑަށް ފައްސިވެފައިވާކަން އިނގިރޭސިވިލާތުގެ ޝާހީގަނޑުވަރުން ވަނީ ހާމަކޮށްފައެވެ. އެލިޒަބަތް ކޮވިޑަށް ފައްސިވިއިރު، އުމުރުފުޅަކީ 95 އަހަރެވެ.

ރާނީ ކޮވިޑަށް ފައްސިވުމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރާނީ ކޮވިޑަށް ފައްސި ހަބަރު ފުން ހިތާމައާއި އެކު ކަމަށާއި ދިވެހިންގެ ނަމުގައި ރާނީ އެލިޒަބަތަށް އަވަސް ޝިފާއަކަށް އެދިލައްވާ ކަމަށެވެ.

ޝާހީގަނޑުވަރުން ބުނެފައިވަނީ އެލިޒަބަތު ކޮވިޑަށް ފައްސިވެފައިވާއިރު، މިވަގުތު ބަލީގެ ކުދިކުދި އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އެހެން ކަމުން މިވަގުތު ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަމުން އަންނަކަމަށް ޝާހީގަނޑުވަރުން ވަނީ ބުނެފައެވެ.

ރާނީ އެލިޒަބަތު ދޭއްގެ އުމުރުފުޅުން މިހާ ދުވަސް ވިއިރު، އެކަމަނާ އަކީ އިނގިރޭސިވިލާތުގެ ތަހުތުގައި އެންމެ ގިނަ ދުވަސް ވަންދެން އިންނެވި ރާނީއެވެ.

ރާނީ ކޮވިޑަށް ފައްސިވިއިރު ދާދިފަހުން އިނގިރޭސި ރަސްކަމުގެ ވާރުތަވެރިޔާ ޗާލްސް ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އުމުރުން 73 އަހަރުގެ ޗާލްސް، ކޮވިޑަށް ފައްސިވީ ދެވަނަ ފަހަރަށްކަން ވެސް ފާހަގަ ކުރެވެއެވެ.

ތަހުތުގައި ހުންނަވާތާ ދުނިޔޭގެ އެންމެ ދުވަސްވީ ރާނީގެ ލަގަބު ހޯދާފައިވާ ރާނީ އެލިޒަބަތްގެ ސިއްހީ ހާލުކޮޅު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ހޮސްޕިޓަލުގައި އެއް ރޭ ހޭދަކުރެއްވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    މުސްލިމް ގައުމުތަކުގަ ރެޔާދުވާލު އެތައް މުސްލިމް ކުދަ ކުދިންނާ ބޮދެތި މީހުން ކޮވިދު ޖެހި ބަލި ހާލުގަ އެބަ އޮތް އެއިން މީހަކައް ޝިފާއަކަށް އެދިވަޑައިނުގަނެ މިޔަދު ތި މީހަކައް ތި ށިފާދެއްވުން އެދި ދަންނަވަނީ ތި ބައިވަރު ގަދެއް ދީގެން ތަ

  2. ވާގޮނުސްކޮ

    އޯހ.. ޔެސް... ދެންމާގިނަ ދުވަހެއް ނުވާނެ .. އައްޑޫ އަށް ޕައުންޑް ލައްގަންފަށާނެ.