ލ. ގަމުގައި މީގެ ހަ އަހަރު ކުރިން ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ބާންދްޝާހްމިޔާ މަރާލި މައްސަލައިގެ ޝަރީއަތުގައި ވާރިސުން ހާޒިރުވެ ތިއްބައި، ދައުވާ ސާބިތުވެފައިވާ އަލީ ހަމްޒާ އަވަގުރާނަ ގޮވުމުން އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ލ. ގަން ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވިޔަސް، ސާބިތު ވަނީ "ޝުބުހުލް އަމްދު" ގެ މަރު ކަމުގައިވާތީ މަރަށް މަރު ނުހިފޭނެ ކަމަށް ގާޒީ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމަށް ބާންދުޝާހުމިޔާގެ ވާރިސުން ހާޒިރުކުރީ މަރުގެ ދިޔަ ނަގަން ބޭނުންތޯ ސާފު ކުރުމަށެވެ. މި ގޮތުން ފުރަތަމަ ބާންދުޝާހުމިޔާގެ ފިރިހެން ދަރިފުޅު ހާޒިރުކޮށް ބަސް ނެގިއެވެ. އޭނާ އެދިފައި ވަނީ މަރުގެ ދިޔަ ނެގުމަށެވެ.

ބާންދުޝާހުމިޔާގެ ފިރިހެން ދަރިފުޅުގެ ބަސް ނެގުމަށް ފަހު، އަނބިމީހާގެ ބަސް ނެގުމުގެ ކުރިން ހަމްޒާ ވަނީ ޝަރީއަތަށް ގޮންޖައްސައި ވާހަކަ ދައްކައިފައެވެ. އަދި އޭނާއާއި މެދު ކަންކަން ކުރަނީ އިންސާފުން ނޫން ކަމަށް ބުނެ އަވަގުރާނަ ގޮވައި ވާހަކަ ދައްކައިފައެވެ.

މި ކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ހަމްޒާއަށް ޝަރީއަތުގެ ހުރުމަތް ކަނޑާލި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އޭގެ ފަހުން ވެސް ބޭއިންސާފުން ކަންކަން ކުރަނީ ކަމަށް ހަމްޒާ ބުނެ ވާހަކަ ދައްކަމުން ދިޔައެވެ. ފަހުން ދިފާއީ ވަކީލު ހުސްނީ މުބާރަކު ވަނީ ކެތްތެރިވާން ހަމްޒާއަށް ނަސޭހަތްތެރިވެފައެވެ. އަދި މަތީ ދެ ކޯޓުގެ މަރުހަލާ އޮތުމުން، ޝަރީއަތުގެ ނިޒާމަށް އިޚްތިރާމް ކުރަން ނަސޭހަތްތެރިވިއެވެ.

އެ ފަހުން ހަމްޒާ ވާހަކަ ނުދައްކައި މަޑުމައިތިރިވުމުން، ބާންދުޝާހުމިޔާގެ އަނބިމީހާ ހާޒިރުކޮށް ބަސް ނެގުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މިހާރު ކުރިއަށް ދަނީ އެ މަރުހަލާއެވެ. އެ މަރުހަލާ ނިމިިގެން އަދަބު ކަނޑައެޅުމުގެ މަރުހަލާ މިއަދު ގެންދާނެއެވެ.

ބާންދުޝާހުމިޔާގެ ވާރިސުން ޝަރީއަތަށް ހާޒިރުވީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަންގައި ހުރެގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެގެންނެވެ.

ޖޫން 11، 2015 ގައި ބާންދުޝާހުމިޔާ މަރުވީ ހަމްޒާ ދިން ހަމަލާއަކުން ކަމަށް ޝަރީއަތުން ނިންމިއެވެ. ނަމަވެސް ހަމްޒާ ހަމަލާދިނީ "ޖެހުމުގެ ގަސްތު" އޮވެގެން ކަމާއި، "މެރުމުގެ ގަސްތު" އޮތް ކަން ސާބިތު ނުވާ ކަމުގައި ގާޒީ ވިދާޅުވެފައިވެއެވެ. އެހެންވެ ކަނޑައެޅީ ޝިބުހުލް އަމްދުގެ މަރު ސާބިތުވާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތިމަންނަ

    ކަންފަތް މައްޗަށް އަތޮދޮވެލާފާ ގަސްދުގައި ޖެހީކީ ނޫނޭ ބުނީމާ ނިމުނީއޭ ...

    25
    1
  2. ހިމް

    ބިދޭސީއެއް މަރު ވީމާ ޖެހުމުގެ ގަސްތުގައި ކަމަށް މިނިންމަނީ ސަދޫމު ކޯޓުން. ޖެހުމުގެ ގަސްތުގައި ތޫނު އެއްޗަކުން ހަމަލާދޭނެ ކަމަށް ކާކު ގަބޫލުކުރާނީ؟ ގާޒީއާއި ވެސް ސުވާލުކުރެވޭނެ ދުވަހެއް އަދި އަންނާނެ.

    34
    1
    • ކީކޭ

      ޤާޟީން ގޮތް ނިންމާނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި ކޯޓުތަކަށް ހުށަހެޅޭ ހެކިތަކަށް ރިޢާޔަތްކޮށްގެން.

      1
      5
    • ކަބަޑު

      ކަލޭ ތިޔައީ ޤާޟީއަށްވުރެ މޮޅަށް އިސްލާމީ ޝަރީޢަތް ކިޔަވައިގެން ހުރި މީހެއްތަ؟

      4
      2
  3. ވިކިލީކުސް

    ރައީސް ޔާމީނުގެ ވެރިކަމުގަ ދުވަހަކުވެސް ބުނިއަޑެއް ނާހަން ތިޔާކަހަލަ ވާހަކައެއް.

    1
    5
  4. ފަނޑިޔާރު މަނިކުފާނު

    އިސްލާމްދީނުގައި ޝަރީޢަތް ކުރަނީ ބޭރުފުށުގެ އަމަލުތަކަށް ބަލައިގެން. މީހާގެ ނިޔަތަށް ބިނާކޮށް އިންސާފު ލިބޭނީ އާޚިރަތްދުވަހު މަޙުޝަރުގައި. އެއްވެސް މީހަކަށް އަނެކާގެ ހިތުގައިވާ އެއްޗެއް ނޭނގޭނެ. އެކަން ދެނެވޮޑިގެންވާނީ މާތްﷲ.

  5. ކަޅުބުޅާ

    ސަދޫމު ޖަސްޓިސްހުރިހާ ކަމެއްގާ، ބަލަ ގާޒީ ތިޔައީ އިތުރަށް ބަލަންވެސް ޖެހޭކަމެއްނޫން، ޖެހިޖެހީނުން މަރާލީ. ކާކު ސަލާމަތްކުރަންތަ ތިޔަ އުޅެނީ؟ ލާރިގަނޑެއް ލިބުނީތަ؟

    7
    1
  6. އަލީ

    ބަލަ ޖަހަނި މަރާކަސް ނުން ދެން ކީއްކުރަންތަ ޖަހަނި. ތުނު އެއްޗަކުން ޖަހައިގެން މަރުވީ. ދެން އެއި ލޮބިން ފިރުމިތަ. ކަލޭމެން ގެ އަންދާ ގާނުނު. ޒިނޭ ކުރީމަވެސް ބުނާނެ ގަސްތުގައި ކުރިކަމެއްނުނޭ. ޒިނޭކުރާކަށް ނުނެޭ އުޅުނީ