ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައެއްގެ އިންޒާރު ލިބިފައި ވަނިކޮށް އެތަނުގައި ތިބި ދިވެހި ދަރިވަރުން ގެންނަން ވަގުތު ލިބުނު ނަމަވެސް ސަރުކާރުން އެކަމަށް މާ ބޮޑު އިޖާބައެއް ދީފައި ނުވާ ކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދެވެ. އެއީ ރަޝިޔާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ.

އިއްޔެ ފޮރިން މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު އެ 35 ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު މިހާރު ރާއްޖެ އައިސްފައިވާއިރު 25 ދަރިވަރުން ރާއްޖެއައުމަށް އިއްޔެ ވަނީ ފުރާފައެވެ. ނަމަވެސް ހަނގުރާމަ ފެށުމާއެކު 20 ދިވެހިން ވަނީ ރާއްޖެ ނާދެވިފައެވެ. އެއީ ރަޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ޚާރްކިވްގައި ތިބި ފަސް ދަރިވަރަކާއި، ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއްގެ އިތުރުން އެހެން ސިޓީއެއްގައި ހުރި ދަރިވަރެކެވެ.

ރަޝިއާއިން ދިން ހަމަލާގައި ޒަހަމްވެފައިވާ އަންހެނެއް

ޣައްސާން ވިދާޅުވީ ހަނގުރާމައަކީ ކުރިން ފަށާނެ ހަނގުރާމައެއްކަން ހާމަކުރަމުން ދިޔަ ނަމަވެސް ސަރުކާރުން މިކަމުގައި މާބޮޑު އިސްކަމެއް ދިން ތަން ނުފެންނަ ކަމަށެވެ. އަދި ޔޫކްރެއިންގައި ހަނގުރާމައިގެ މައިދާނުގައި ދިވެހި ދަރިވަރުން ތާށިވެފައި ތިބެންޖެހުނީ ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަނގުރާމަ އަކަށް ހިނގައިދާނެކަމުގެ އަލިގަދަ ހެކިތައް ދިޔައީ ފެންނަމުން. މި ނުރައްކަލުގެ ތެރޭގައިތިބި ދިވެހި ކިޔަވާ ކުދިން އަނބުރާ ރާއްޖެ އައުމަށް އެހީތެރިކަމަށް އެދުމުންވެސް، ސަރުކާރުން ދޭން ޖެހޭ އިސްކަން ނުދިނުމުން ހިތާމަކުރަން. އެކުދިން ރާއްޖެ ގެންނަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ." ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޣައްސާން ވިދާޅުވިއެވެ.

ބޮޑު ހަނގުރާމައިގެ ފުރަތަމަ ބޮންތައް ގޮއްވާލާފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު ފަހެއްގެ ފަހުންނެވެ. އޭގެ މިނެޓުތަކެއް ކުރިން ޕުޓިން ވަނީ ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އަމުރު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.

ޔޫކްރޭނުން ބުނީ ރަޝިއާ ސިފައިންގެ ފައުޖުތައް އެއްގަމު މަގުން ޔޫކްރޭނަށް އަރައިގެންފައި ވަނީ ދެ ސަރަހައްދަކުން ކަމަށެވެ. ޔޫކްރޭނަށް ރަޝިއާ ސިފައިން އަރައިގެންފައި ވަނީ ޔޫކްރޭންގެ އުތުރުން ޗެރިނީވް ސަރަހައްދުންނާއި ޔޫކްރޭންގެ އިރުމަތިން ލުހަންސްކް އާއި ޚަރްކީވް ސަރަހައްދުން ކަމަށްވެއެވެ.

ރަޝިއާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން މި ފެށީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ދެ ޖުމްހޫރިއްޔާއެއް ކަމަށްވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމަށް ފަހުއެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ވައިގެ މަގުން ހަމަލާތައް ދޭން ފެށުމާ އެކު، އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުއްލި ބައްދަލުވުމެއް ފަށާފައެވެ. ޔޫކްރޭނަށް އެއްގަމު މަގުން އަރައިގަތުމުގެ ކުރިން ރަޝިއާ ސިފައިން ވަނީ ޔޫކްރޭންގެ ބޯޑަރު ކައިރީ އޮންނަ ސިޓީތަކަށް ހާއްސަކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ރަޝިއާ އިން އަންނަނީ ޔޫކްރޭންގެ ހުރިހާ ސަރަހައްދަކަށް ހަމަލާތައް ދެމުންނެވެ. ހަމަލާތައް އަމާޒު ކުރަމުން ދަނީ ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ ދިފާއުތަކަށް ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ދިހަ ހިސާބަޔަކަށް ބޮން އަޅައި ހަމަލާތައް ދެމުންދާއިރު ރަޝިޔާއިން ބުނަމުންދަނީ އެގައުމުން އެއްވެސް ހަމަލާއެއް ނުދޭކަމަށެވެ. ބޭރުގެ ގިނަ މީޑިޔާތަކުން ހަނގުރާމައިގެ ހަބަރުތައް ވަގުތުން ގެނެސްދޭއިރު ޔޫކްރެއިންގެ ބޮޑެތި އެއާޕޯޓުތަކަށްވެސް ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަދޫ

    މިހާރުނޭ ދިވެހިންނަށް ހަތިޔާރުދީފަ ހަނގުރާމައަށް ނުނެރޭކަމެއްވެސް

    5
    1
  2. ޢުނގޫފާރޭ

    ބޭފުޅާވެސްތީ ވަރަށް ޖާހާމަންސަބު ބޮޑު ބޭފުޅެއް އަޅެ އެކުދިން ގެނެއިނަމަ

    3
    3
  3. Anonymous

    ދެންވެސް އިބުރަތަކަށް ބަލަމާ. ގަޅި ވާހަކަ ނުދައްކާ.

    ޔޫކްރޭންގެ ސަބަބުން މިހިސާބަށް ދިޔައީ. ރަޝިޔާގެ ފައިބުޑަށް ނޭޓޯ ގެނެވިފަ ނުން ތިއޮތީ.

    ސަރަހައްދީ އިމަކީ ރަޝިޔާއަށް އާކަމެއްނޫން. މިކަން 2014 ވަނަ އަހަރު ހަމަ މިގޮތަށް ހިނގި.

    ޕޕމ ބޮޓުންތައް ފަޔަށް ހިނިއަރައިގެން ނޫޅެ ރަޝިއާ އަހުޓް ޖަހާލައިގެން މަގުމަތީ ތިބެބަލަ.

    3
    3
  4. ހޭބަލި

    ހަމަ ރަނގަޅަށްވެސް ހޭބަލިވަނީ…ވަގުގެ ވެރިކަން ނިމުނުފަހުން…..

    4
    4
  5. ހ

    ޕޕމ ޕްރޮފެސަރ އަދުރެމެޓިކްސް ނުބުނޭ ހަނގުރާމައެއް ފަށަންއުޅޭ ކަމަކަށް.

    އެހެންވީމަކަމަށް ވެދާނެ.

    2
    2
  6. ޡއްމު

    އިންޑިއާ އައުޓް.
    ޝާހިދު އައުޓް

    5
    2
  7. އުންބެ

    ސޯލިހަކަށް އެކަމެއްނުވާނެ އިންޑިއާއިން މުސްލިމްދިވެހި ކުދިން ގެންނާކަށް ފައިސާއެއް ނުދޭނެ އެމްބަސީއިން ވެރިކަންކޮށްދެނީވެސް މުސްލިމުކުދިންނަށް ހެޔޮކޮށްނުހިތާގޮތަށް.

    4
    2
  8. ޙުސައިނުބެ

    ހާރިޖީ ވަޒީރަށް އެވަޒީރުކަމުގެ ޒިންމާ އުފުލިފައިވާނަމަ އެކުދިން މިހާރު ތިބޭނީ ރާއްޖޭގައި ބަލަ ބަލަމޭ ކިޔާލަކިޔާލަ ތިބީ ދެން އެހެންމީހުންގެ ބޮލުގައި ކަންކަން އަޅުވާނެކަމެއްނެތް

    2
    1