ހުޅުމާލޭގައި ޕާކިންގ ބިލްޑިންގއެއް ގާއިމު ކުރުމަށް ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް އާއި އެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދަމާސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސާލިހެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދުއެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ބިލްޑިންގައި ސައިކަލު އަދި ކާރު ޕާކް ކުރެވޭނެ ކަަމަށް އެޗްޑީސީން ބުނެއެވެ.

އަދި މި ބިލްޑިންގ ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްއާއި ދިމާލުން ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގައި ކަމަަށްވެސް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮއްޔާ

    އެޗްޑީސީ އަކީ ވަކި ދައުލަތެއް //

  2. ކޮރަލް

    ކަޓް ކުންފުންޔެކެވެ.

  3. އަލީ

    ހީލަތްތެރިން ހިސޯރުކޮށްފައިވާ ކުންފުންޏެއް އެޗްޑީސީ އަކީ.

  4. Anonymous

    ހުޅުމާލެއަކީ ވެސް ވިޔަފާރިވެރިން މޮޑެން ގެންގުޅޭ ފުށްގަޑެއް، އެތަން މޮޑެނީ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް ވެންމަސް ވެމަށް ކާންދޭ ގޮތަށް ސިޔާސީ ވަފާތެރި ކެހިވެރިންނާއި ވެސް ގުޅިގެން !