އެމްޑީޕީއާ ވެރިކަން ހަވާލުކޮށްފިނަމަ ރާއްޖެ ވެއްޓޭނީ ބޮޑު އަނދަވަޅަކަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ހދ. ނޮޅިވަރަމްއަށް ރައީސް ޔާމީން އާއެކު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރ ތޯރިގް ވިދާޅުވީ ކަންކަން ކޮށްދޭނަމޭ ބުނާ ވެރިއެއްގެ ފަހަތުގައި ތިބުމުގެ ބަދަލުގައި ކަންކަން ކޮއްދޭ ވެރިއެެއްގެ ފަހަތުގައި ރައްޔިތުން ތިބެން ޖެހޭ ކަމަށެވެ.
"އިދިކޮޅު އެމްޑީޕީ އާއި ރާއްޖޭގެ ވެރިކަން ހަވާލުކޮށްފިއްޔާ ރާއްޖެ ވެއްޓޭނީ ބޮޑު އަނދަވަޅަކަށް. އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓް އަދި ރަނިންގް މޭޓް އަކީ އެއްވެސް ވަރަކަށް ހިންގުމުގެ ދާއިރާގައި ތަޖުރިބާ ނެތް ބޭފުޅުން" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
ރާއްޖޭގެ ބޮލުގައި އެޅުވި ބިޔަ ބޮޑު ދަރަނިން ރާއްޖެ ސަލާމަތް ކުރެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވެ މިނިސްޓަރ ތޯރިގް ވަނީ ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީ ގެންނަވަމުން ކަމަށް ވިދާޅުވެފައެވެ.
"ތައުލީމީ ނިޒާމުގައި މާލެ އާއި ރާއްޖެތެރެ ރައީސް ޔާމީން ތަފާތު ނުކުރައްވާ. ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް ނަރުދަމާގެ މަސައްކަތް ދަނީ ކުރެވެމުން " މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓްލާން ދާއިރު ވަރަށް ވިސްނާފައި ވޯޓް ލާން ޖެހޭ ކަމަށާއި ނޮޅިވަރަމުގެ ރައްޔިތުންވެސް ތިބީ ރައީސް ޔާމީން އާއި އެކުގައި ކަމަށް އުންމީދު ކުރާ ކަމަށް ވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް ނޮޅިވަރަމްގެ 75 އިންސައްތަ ރައީސް ޔާމީން އަށް ލިބޭނެ. އިރާދަ ކުރެއްވިޔާ މި މަސައްކަތް ހުއްޓާލާނީ މިއަހަރު ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވާފައި " މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.
ތިއީ ޝައްކެއްވެސް އޮތްކަމެއްނޫން! އެކަން މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަނީ ލޮލުންދެކެފަ! އެމްޑީޕީމީހުންވެސް އެކަންކަށަވަރުކުރޭ! އަނެއްކާވެސް ހަމަ އެކަން ރިޕީޓްކުރަން މީހުންގެބޮލަށް ސަވާރުވަމުން އެދުވެނަގަނީ! ގައުމުވިސްނާ! ވިސްނާ!
ޝައްކެތް އޮތް ކަމެއްނޫން ގައުމު އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ވެރިކަން ލިބިއްޖެނަމަ ހުވާކުރާ ދުވަހު ރައްޔަތުން ނިކުމެ ވައްޓާލަން ތައްޔާރުވާންޖެހޭނެ.
ރައްޔިތުން 2008 ގަ ކަންވީގޮތް ބައްލަވާލައްވާ ގައުމު ބަގުރޫޓް ވަނިކޮށް އިސްތިއުފާދީފަ ފިލީ ބަގުރޫޓް ވާ ވާހަކަ ބުނަނީ މަށެއްނޫން ދުނިޔޭގެ މާލީ އިދާރާ އައި އެމް އެފް އިން. ވީމާ އެމްޑީޕީ އާ ގައުމު ހަވާލު ނުކުރޭ އާދޭސް ކުރަން.