ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ހުށަހެޅި މައްސަލައަށް ގޮތެއް ނިންމާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތެލުގެ އަގަށް އައި ބަދަލާއި އެކީ ޓެކްސީ ޑްރައިވަރުން ވަނީ ދަތުރުތަކުގެ އަގު ބޮޑު ކޮށްދިނުމަށް އެދިފައެވެ. އަދި އެ ބަދަލު ނުގެނެސްފިނަމަ މިއަދުން ފެށިގެން ދަތުރުތައް ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް ޑްރައިވަރުން ވަނީ ދީފައެވެ.

ޓެކްސީ ޑްރައިވަރުން ވަނީ އެކަމާއި މެދު ގޮތެއް ނިންމުމަށް މިއަދު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއާއި ހަމައަށް ސަރުކާރަށް މުހުލަތެއްދީ، ރަސްމީ ގަޑި ނިމުނުއިރު ވެސް ހައްލެއް ގެނެސްދީފައި ނުވާތީ ދަތުރުތައް ހުއްޓާލައި މުޒާހަރާ ކުރަން ފަށާފައެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ނުކުމެފައިވާ ދަނޑިވަޅެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހުށަހެޅި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިނިސްޓްރީން ގޮތެއް ނިންމާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި ޓެކްސީގެ އަގުތައް ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން މީގެ ކުރިން ނިންމި ނަމަވެސް އެކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްބާރުލުމެއް ޓެކްސީ ޑްރައިވަރުންނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އަގުބޮޑުކޮށް ދަތުރު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޔަގީން

    އަގުބޮޑުކޮއްގެން ނުވާނެހަލެއް ބޮޑުވުމަށްފަހު ކުޑައެއް ނުވޭ

    31
    2
    • ކޮސްބެ

      ޕިކަޕަށް ރަންއަޅާފަ ޓެކްސީއަށް ފެން އެޅަންޏާ ދުވަހަކުވެސް ޙައްލެއްނުވާނެ..

      10
  2. މަރީ

    މީޓަރު ހަރު ކުރަންވީ. އޭރުން ހަމަހަމަ ވާނީ. މިއީ މުޅި ދުނިޔޭގަވެސް އެކަން ކުރާ ގޮތް.

    37
    2
  3. އަޙުމަދު ނަސީމް ބިން ޒާހިރު

    އަޅުގަނޑު މާދަން ދަތުރެއް އެބަ އޮތް . އިހަށް ހުއްޓާ ނުލާތި ޕްލީސް.

    8
    6
  4. ނިއު ޓެސްސީ

    ތެޔޮ އަގު ހެޔޮވެއްޖެ އޭ ކިހިނެތް ޓެކްސީ ޑްރައިވަރުން މި އުޅެނީ؟

    7
    5
  5. ޗަކަ މަރީނާ

    މި ކަމަނާ ދެއްކުރާނެ ކަމަކީ ފިރި މީހާއަށް ހުއްދަ ދޭނީ ޑެކްސީ ކުރަން

    12
    1
  6. ކާފަ

    ނަހުލާގެ ސައިޒްވުން ކިޔާ ފިލްމުގެ ފަހު ތަޅާލުންގަޑު

    11
    1
  7. ބަބޫ

    އެމީހުން ކާންބޯން ކުރާ މަސައްކަތް ނުކެރޭނެ ދަތުރު ނުކޮށް ތިބޭކަށް. އަންހެން މިނިސްޓަރެއް ހުރީމަ ހިތު ހުރިހާގޮތެއް ހަދާލަނީ

    9
    10
  8. މަލިކު ބުރޯ

    ދަތުރު ހުއްޓާލައިގެން ތިބޭ ވަގުތަށް އިދިކޮޅު ކޯލިޝަނާއި އެމް،ޑީ،ޕީ ކެނެރީ ފެކްޝަނުން ޓެކްސީ ޑްރައިވަރުންނަށް ފައިސާ ދޭގޮތަށް ސަރުކާރަށް ޕްރެޝަރ ކުރަން ކުރުވާ ކަމެއް ކަމަށް އަޑު ފެތުރެން ފަށައިފި . މިނިސްޓަރ ނަހުލާ މިކަމުގައި ސާބިތުވެ ހުންނަވާތި..

    10
    4
  9. ބުއްޅަބޭ

    ތެޔޮ އަގުހެޔޮކޮށްފި މިހާ ރު.

  10. Anonymous

    މިހާރު މާލޭގައި ޓެކްސީ ކުރާ ޑްރައިވަރުން ޓެކްސީ ކުރުން ހުއްޓާލާ އަދި ހަޅުތާލު ކުރާއިރު މާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރު ކުރަން އެމެން އެބަނަގައޭ ދިވެއްސެއްގެ އަތުން 150 ރުފިޔާ ބޭރު ގެސްޓަކު އަރައިފިނަމަ 200 ޑޮލަރު ނަގައޭ މީސީދާ ޓެކްސީ ޑްރައިވަރުން ކުރާ ބޮޑު ވައްކަމެކޭ މާލޭގައި ޓެކްސީ ކުރާ ގިނަ ޓެކްސީ ޑްރައިވަރުން ނަކީ އެއީ ޓެކްސީ ކޮށްގެން މަލްޓީ މިލިއަން ޑޮލަރު ހޯދަން އުޅޭ ބައެކޭ ދެން މާލޭގައި ޓެކްސީ ކުރަން އެއްވެސް ސެންޓަރަކަށް ހުއްދަ ދީގެން ނުވާނެއޭ ދީފިނަމަ ދެން ޓެކްސީ ތަކުގެ ބިއްލޫރި އެއް ނުހުރުމަކީ ވެސް އެކަށީގެންވާ ކަމެކޭ....