މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މާލޭ ސިޓީ ކައުންސިލާއި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލް އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެ ކުންފުންޏަކީ ރާއްޖޭގައި އަޅާ ފުރަތަމަ ފްލޯޓިންގް ސިޓީގެ މަސައްކަތްތައް ކުރިއަށްގެންދާ ކުންފުންޏެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢު އާއި ގުޅޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތްކުރުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓާރނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕްއެވެ.

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް ވެވިފައިވާ މި އެއްބަސްވުމާއި ގުޅިގެން މޭޔަރު ޑރ މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމަކަށް ވާނަމަ މިހާރުގެ ކައުންސިލުން އެކަމަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

މުއިއްޒު އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތަށް ހޯދައިދިނުންކަން މި އެމްއޯޔޫއިންވެސް ދޭހަވެގެންދާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތަށް ހޯދައިދިނުންކަން މި އެމްއޯޔޫއިންވެސް ދޭހަވެގެންދާކަމުގައެވެ.

އަދި ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި ވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުން ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ހައުސިންގ މިނިސްޓަރީ އިން ތިތަނައް ދަނޑިބާނާނެ

  2. ށުވޭސް

    ޢަނެއްކާ އަދުނެއް

  3. ރަތްޔިތު ދޭސީ އަހަންމަދު

    ‎މާލެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ހޯދަން އެއްބަސްވުމަކަށް! އަޅެފަހެ މީހަކު ހީހީ ހަލާކެއް ނުވާނެތަ މިއުޅެނީ އަގުހެޔޮކޮއް ބޯހިޔާވަހިކަން ހޯދާކައްނޫން ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް އަދި ހަމަހަމަކަން ލިބިދޭ ހައްގެއް ހޯދަން ރައްރަށުގަ ހިލޭގޯތި ލިބިފައި މާލޭގެ ރައްޔިތުން ގަންނަންޖެހޭ ޖެހުން ނިމުމަކައް ގެންނަންވީ އަނެއްކާވެސް ފުލެޓްގެ އަޅުވެތިކަމަކައް ތިޔައީ ރައްޔިތުންނައް ބޯހިޔަވަހިކަމުގެ ނަމުގައި ހިންގާ ވިޔާފާރިއެއް އެންމެން ދަންނަސިއްރެއް ރައްޔިތުމީހާ ކުއްޔައް އުޅެންވީމަ ދެކޮޅުނުޖެހިގެން ވޯޓްވިއްކާލާހިސާބައް ފަގީރް ކޮއްލުން މީމައުމޫނު މިސްރުންކިޔެވީތީ ފިރުއައުނުގެ ކިބައިންވާރުތަ ކޮއްފައި އޮތް ރައްޔިތުން އަޅުވެތިކުރުން ބޯހިޔާވަހިކަމުގެ ނަމުގައި

  4. ގުއިޒު

    މިސިޓީ ގައި އަޅަނީ 2 ޕިސްޓަނުގެ އިންޖީނެއް

  5. ޖޯކު

    މީގެ ތަފުސީލް ބޭނުން ކޮން ގޮތަކުންތޯ ކިހިނެއްތޯ މާލެރައްޔިތުންނަށް އަގުހެޔޮކޮއް ބޯހިޔާވަހިކަން ލިބެނޭ ....ނޫނީ މުއިޒް ތިނަގަނީ ފުލޯޓިން ޕުރޮޖެކުޓްގެ ކުރެޑިޓްތޯ ބަލަންބޭނުން .ހަމަހުރެލާފަ އެއްޗެއްގަ ސޮއިކޮއްފާ މިބުނަނީ އަގުހެޔޮކޮއްހިޔާވަހިކަން ލިބޭނޭ ...ތީ ވައްތަރީ ސުޓަންޓަކާ

  6. ޙުރަ

    އަނެއްކާވެސް ކޮތަރު ކޮށި އަޅާފަ ރާއްޖޭގަ އުޅޭ ހުރިހާ އެއްމެން ތޮއްޖައްސާ، ބޫ އެއުޅެނީ މާލޭ އުފަންރަތްޔަތުން ނަޢް ގޯތި ދޭންi