ހއ. ހޯރަފުށީގައި އިންޓާނޭޝަނަލް ޕްރީ ސްކޫލްގެ އެޅުމަށް ބިންގާ އަޅައިފި އެވެ.

މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމެވެ.

އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްރާހް އާއި، އެމްޓީސީސީގެ ޗީފް
އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ޕްރީ ސްކޫލްގެ މަޝްރޫއަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ޕްރީ ސްކޫލްގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާނެ ކަމަށާއި އެ ހިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ރާއްޖޭގެ މުސްތަގުބަލް ކަމުގައިވާ ޅަ ދަރިންގެ އިލްމާއި ހިލްމު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އަޅުގަނޑުމެންގެ ސަގާފަތުގައި ހިމެނޭކަމެ." އެމްޓީސީސީން ބުނެ އެވެ.

އެ މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާއީ ޒިންމާ އަދާކޮށްދީފައިވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީނާތު

    ބޭކާރު ކަމެއް. ޢެލްކޭޖީ އިން ފެށިގެން ކިޔަވަދެނީ ސަރުކާރު ސްކޫލްގަ. ދެން ތިތާ ކިޔަވާނި ނާސަރީ އަދި ބޭބީ ނާސަރީގެ މަދު ކުދިން ކޮޅެއް. ފެންވަރުގެ ޓިއުޝަން ސެންޓަރެއް ހެދި ނަމަ މާ ބޭނުންތެރި ވީސް

  2. އަބްދޫ

    އިންޓަރނެސަނަލް މިކިޔަނީ މީހުނަށް އޮޅުވާލުމަށްތ؟ ޒަމާނީ މިކިޔަނީވެސް އޮޅުވާލުމަށް ދޮއްތޮ. އެހެންތަންތަން ނުދެކޭމީހުނަށް ޒަމާނި އާއި އިންތަރނެސަނަލް ކީމަ ހީވާނީ ތަރިއެއް މެދު އުދަށް އެރީހެން . މިހާރު ހެދިފަ ހުރި ވަސިލަތްތައް ސިއްހީނިޒާމް ތައުލީމީ ނިޒާމް އަދިރަސް ތަކުގާހުރި ނިޒާމްތައް ޒަމަނީ ނުކުރެވޭ އިރު ޕްރިސްކޫލް އިންތަރނެސަނަލް ކުރެވޭނީ ކިހިނެތް.