ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާލީ ބަޔާން އެ އޮފީހުގެ ވެބްސައިޓުން ފެންނަން ނެތްކަން އާއްމުންގެ ސަމާލުކަމަށް އައިސް އެކަން މީޑިއާގައި ރިޕޯޓް ކުރިތާ ދެދުވަސް ފަހުން ރައީސް އޮފީހުގެ ވެބްސައިޓްގައި އަލީ ޒާހިރުގެ މާލީ ބަޔާން އާއްމުކޮށްފިއެވެ.

އަލީ ޒާހިރުގެ މާލީ ބަޔާނުން ފެންނަން އޮންނަ ގޮތުގައި ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި މުސާރައިގެ އިތުރުން އެއްވެސް އާއްމުދަނީއެއް އަލީ ޒާހިރަކަށް ނުލިބެއެވެ. ހަމަސް ދުވަހުން އޭނާ އަށް މުސާރައިގެ ގޮތުގައި -/431669.93 ރުފިޔާ ލިބިފައި ވެއެވެ.

އަލީ ޒާހިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ވަޒީރުން ފެންވަރުގައެވެ. އެހެންކަމުން ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ލިބޭ ވަރުގެ މުސާރައެއް އޭނާ އަށް ވެސް ލިބޭނެއެވެ.

އަލީ ޒާހިރުގެ މާލީ ބަޔާނުން ފެންނަން ހުރި އެހެން މައުލޫމާތައް ބަލާއިރު ސައިކަލެއް ފިޔަވައި އޭނާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ.

ބޭންކްތަކުގައި ހުރި އަލީ ޒާހިރުގެ އާމްދަނީއަށް ބަލާއިރު ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ -/3500 ރުފިޔާ އެބަހުއްޓެވެ. އިސްލާމިކް ބޭންކްގައި -/97000 ރުފިޔާ ހުރިއިރު ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކައުންޓެއްގައި 1400 ޑޮލަރު އެބަހުއްޓެވެ.

އަލީ ޒާހިރުގެ ނަމުގައި ވެސް އަދި އޭނާގެ އަނބިމީހާގެ ނަމުގައި ވެސް އެއްވެސް ލޯނެއް ނެތް ކަމަށް މާލީ ބަޔާނުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން ތައްޔާރު ކުރައްވަނީ އެބޭފުޅުން އަމިއްލައަށެވެ. އެހެންކަމުން މާލީ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އަލީ ކަލެއައް ދެން އޮތީ 1 އަހަރު

    19
    1
  2. ފުއާދު

    ކަށަވަރު ކުރެވޭނެ ބެންކަށް

    12
  3. އެކަމަކުދޯ

    އަލީޒާހިރައް އެހީހޯދަން ފަންޑު ފޮއްޓެއްބަބައްޓަން ފެނޭ

    17
  4. ާައަހުމަދު

    އަޑުތަށް އިވޭގޮތުގަ ޔޫކޭން ގެއެއް ގަނެގެން އަނބިދަރީން ޔޫކޭއަށް ބަދަލުކުރަންށޯއުޅެނީ އެއީ ތެދެއްބާ؟

    18
    • އަިޮލ

      ވާނީ ތެދަކަށް، ގައުމު ފުނޑާލާފަ ފިލާނެ ތަނެއް ހޯދަން ޖެހޭނެ، އެހެން މީހުން ވެސް ހަދަނީ އެހެން..

  5. Anonymous

    މެލޭސިޔާ ބޭންކުގައި ހުރި އަަދަދު އަލީ ގާތު އަހާބަލަ

    19
  6. ލޯބިވާ ވަޠަން

    ތި މީހުން ނެރޭ މާލީ ބަޔާނަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ފޮގު ތަކެއް

  7. Anonymous

    ހެހެހެހެ..މާލީ ބަޔާނުން ފެންނަން އޮތީ ބިކާރީއެއްގެ ގޮތުގަ. އެކަމަކު ދުވަސްކޮޅަކުން ބޮޑެތި ބިޒްނަސްތަކާ އަގުބޮޑެތި މުދާތައް ފެންނަން ފަށާނެ. ވަރަހަ ވެދުން

  8. ކޮލި

    5 އަހަރު ނިމިގެންދިޔައިރު ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މާލީ ބަޔާން އާއްމުކުރެވުނުތަ ؟؟؟؟

    5
    1
  9. ކިޔުންތެރިއެއް

    އަދަދުތަށް ދިމައެއްނުވޭނު ލޮލް.

  10. ޝައްފަ

    ހޫނ އިބޫ ގެ ކަނާ އަތް ދޯ ؟