ޅ.ހިންނަވަރު ބަނދަރުގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް އެމްޓީސީސީން ދީފިއެވެ.

އެމްޓީސީސީން ބުނީ ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

ހިންނަވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ.

އަދި 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި އެ މަޝްރޫއަކީ 99.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.