މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުންފުނީގެ މަސްލަހަތުވެރިންނާއެކު ހިޔާލު ބަދަލުކޮށް،
މަޝްވަރާކުރުމުގެ ފޯރަމެއް ރޭ ބާއްވައިފި އެވެ.

"ސްޓޭކް ހޯލްޑާ ފޯރަމް"ގެ ނަމުގައި މަސްލަހަވެރިންނާ އެމްޕީއެލްގެ އިސްވެރިން ބައްދަލުކުރެއްވީ، ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި އޮތް އެމްޕީއެލްގެ "ޑިޖިޓަލައިޒޭޝަން" ކެމްޕޭން ލޯންޗްކުރުމުގެ އިވެންޓަށް ފަހުގަ އެވެ.

އެ ފޯރަމްގައި، އެމްޕީއެލްގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި، އިމްޕޯޓަރުން އަދި ޝިޕިންގ އެޖެންޓުން ބައިވެރިވެފައި ވެއެވެ.

އެ ފޯރަމްގައި ބައިވެރިވި މަސްލަހަތުވެރިން ވަނީ އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކުރި ކަމަށާއި އެމްޕީއެލްގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބައެއް ހިޔާލުތައް ވެސް ދީފައެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމުގައި، މަސްލަހަތުވެރިންގެ ފަރާތުން ލިބޭ ހިޔާލާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ، މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ ފަރާތުން އެ ފޯރަމްގައި މަސްހަލަތުވެރިންނަށް މައުލޫމާތު ދިން ޕެނަލްގައި، ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރުވތޮލްހަތު ސައީދާއި ޗީފް އިންފޮމޭޝަން އޮފިސަރު އާދަމް ޝިފާން އަދި ޗީފް ރިސްކް އޮފި. ޑރ އިބްރާހިމް ޒާހިރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޕީއެލްއިން ބުނެ އެވެ.