ދުނިޔެއަށް އިގްތިސޯދީ ގޮތުން އައި އެންމެ ބޮޑު އެއް ތަދުމަޑުކަމުގައި ދިވެހީން ތިބީ "މަހަކު ދެ ފަހަރު އައިފޯނު ބަދަލު ކޮށްލަ ކޮށްލާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން އީސާ ވިދާޅުވީ ސަރުކާރު ހިންގަމުން އަންނަނީ ހިންގޭނެ އެންމެ ފުރިހަމައަށް ކަމަށާއި ގޯހެއް ނޫޅޭ ކަމަށެވެ. މިގޮތުން އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
"ސެންޓަރައިޓޭ އިގްތިސޯދޭ މަސްދަޅޭ ކިއުކަންބާއޭ އެ ކިޔުއްވަނީކީ އެއްވެސް ގޮތަކަށް އެ ކުންފުނިތައް އިތުރުވާތީ ކަންބޮޑުވާތީކީ ނޫން. ކަންބޮޑުވެލައްވާނަމަކާ ލާމަރުކަޒީ ގާނޫނުގައި 250 ކުންފުނި ހަދާކަށް އަޅުގަނޑުމެން ހަމަ ލޯމަރައިލައިގެން ފުރުސަތެއް ނުދެއްވާނެ،" ސަރުކާރަށް ފާޑުވިދާޅުވެ ބައެއް އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވަމުން އީސަ ވިދާޅުވިއެވެ.
އެމްޑީޕީން ވެރިކަން ކުރަނީ އަލަކަށް ނޫން ކަމަށާއި ވެރިކަމުގައި ކުންފުނި އުފައްދަނީ ވެސް އަލަށް ނޫންކަން ފާހަގަ ކުރައްވާ އީސަ މިއަދު ވިދާޅުވީ މައްސަލައަކީ ކުންފުނި ގިނަ ވުން ނޫން ކަަމަށާއި ދިމާވެގެން އުޅެނީ މާލޭގެ އެއް އަވަށު މީހުން ކެއްކި ބަތްތެލި އަނެއް އަވަށު މީހުންނަށް ގޯސްވުން ފަދަ ކަމެއް ކަމަށެވެ.
އަދި މިއީ ބަތްތެއްޔަށް ވީހެން ވެގެން އުޅޭ ކަމެއް ކަމަށާއި މި ސަރުކާރުން ކަމެއް ރަނގަޅަށް ކުރާތީ މޭ ކަރާތީ އުޅޭ ބަޔަކަށް ކުންފުނި ވެސް ގިނަ ވާނެ ކަމަށާއި ސަރުކާރުން އިގްތިސާދީ ކަންކަން ހިންގަމުންދާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ އޭނާ ވިދާޅުވިއެވެ.
"ނުލާހިކު ރަނގަޅު ސަރުކާރެއް. 100 އަހަރުތެރޭގައި އައި އެންމެ ބޮޑު ތަދުގައި އަޅުގަނޑުމެން މިތިބީ ހަމަ ސީދާ މަހަކު ދެ ފަހަރު އައިފޯނު ބަދަލު ކޮށްލަ ކޮށްލާ. ހިޔާލެއް ފިކުރެއް ނެތި. މިހެން ތިބެން އަޅުގަނޑުމެން މި އިގްތިސޯދު ހިފަހައްޓައިދިނީ ސަރުކާރުން،" އީސަ ވިދާޅުވިއެވެ.
ރިސޯޓެއްގެ ރޫމްބޯއީއަކަށް އުޅެފައިވާ މީހަކަށް ކޯއްޗެއްއެގޭނީ ދެފޯނޭ ފަޅޮލޭކިޔަނީ، ކަލޯ އީސަ ރައްޔިތުން އަސާސީ ބޭނުންތަކަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް ލުއިވެސް މިސަރުކާރަށްނުދެވުނެވެ. ކުރިކަމަކީ ލަސްކޮށްދިނީ އޭގެސަބަބުން އިންޓްރެސްޓް އިތުރުވެ ހަނާވީއެވެ. ދެފޯނާއި ދެއަބިން ގެންގުޅެނީކަލޯ އީސައެވެ.
ލަދެއްނުގަނޭ މި މަޖުލީސް މެމްބަރު... މީނަ މަޖުލީސް އިން ބޮޑު މުސާރަ ނަގާފަ އެހެން އުޅުނަސް ރައްޔިތުން ތަކެއް ވަރަށް ނިކަމެތި ހާލުގައި އުޅެން ޖެހުން
ޢަދި މިއުޅެނީ އެއްމެ އައިފޯނެއް ގަނެވޭވަރުވެސް ނުވެގެން. މަ ދިވެއްސަކަށް ނުވަނީތަ؟
އެއީ އޭނަ އުޅޭ ގޮތް ކަމަށް ތިވާނީ ހަހަ
ޖާހިލުން އުޅޭނީ މިހެން މީނަގެ މައްސަލައެއް ފުލުސް އޮފީހައްހުޝައެޅިފައިންތޯބަލާލަބަލަ ގެވެޝި މިރޯދަމަހުތެޅިބާލަނީ މީނުކުޅެދުންތެރި ކަންހުރި ސަރުކާރެއް ޕާޓީގެ ގިނަ އިސްމެންބަރުން ބުނަނީ ފޮޝިފަޅާ އުޅެނީއޯ ދިރުވާލަނީއޭ ދައަގަނޑު މެޝިންފަދަ ތަކެތި ވެންޓިލޭޓަރުތައް ރައްޔިތުން ތިބިހާލު އެގޭނީ ބެންކުތަކައް ބުރާންޗެއްތަމީ އޭގެ ތަނެއްގަ
އީސަ މަހުންމަހުން ފޯނުބައްލަވައިގެންނެވިނަމަވެސް ނިކަމެތިންތިބީ ވަރައްނިކަމެތިކޮށް ކުންފުނިތައްރަނގަޅައްހިނގާނަމަ ރައްޔިތުންނައް ހިއްސާވިއްކައިގެން ވިޔަފާރި ފުޅާކުރިކުންފުނިތަކުން ރައްޔިތުންނައް ހިއްސާގެފައިދާ ބަހާފަދޭންވީނު މިކަމުގައި ތިޔަމެމްބަރުން ތެދުވަންވީނު
މިކަލޭގެހާ ހަޔާތްކުޑައިންސާނެއް މަށެއްނުދެކެން.. ކިތަންމީހުންގެ ވަޒީފާގެއްލުނުކަން މީނައަށް އެނގޭބާ. މީނައަށްމަހަކު އެއްލައްކަރުފިޔާލިބޭތީ ބޮޑާވެފަ.
ރައްޔިތުންނަށް މަލާމާތް ކުރުން ޢިއްޒަތްތެރި މެމްބަރުން ހުއްޓާލަން ވެއްޖެ.
އަނގާއިގަ ދޫހެލެންޏާ ކޮންމެއެއްޗެއްވެސް ބުނެވިދާނެ
ދިވެހިން ތިބީ ކަލޭގެ ތިން މުދާގަނޑުގައި ބައްދަން މޮޔަވޭ
ކަލޭމެން ކޮންމެ މަަހަކު އައިފޯން 13 އެއް ގަނުނަސް އަދި އަހަރުމެން އަތުގަ ލާރިއެއް ނެތޭ!! ދެން ގަނެދޭންވީނު މަހަކު 80 ހާސް ޖެހޭ ވިއްޔާ
މިހާރު ދިވެހިންނަށް ވަނީ އިންކަމް ޓެކްސް ދައްކާ މީހުން އެކަނި. ދެން ތިބީ ފަގީރު ދެވަނަ ދަރަޖައިގެ ރައްވެހިން.
މަޖިލިހައް ވަނީމަކަ ތިމާހޮވި ދާއިރާގެ ރައްޔިތުންނައް ވެސް ޖެއްސުންކޮއް މަލާމާތްކުރާ ބަޔަކު މިނޫނިއްޔާ ނުތިބޭނެ. ކޮވިޑު ތެރޭގަ މަޖިލިސް ގިނަމެމްބަރުން އަނބިން ބަދަލުކުރީއޭ ބުނިނަމަ ތިއައްވުރެ ރީތިވާނެ..
ދިވެހިންގެ ދުއްވާ ސައިކަލު ގެންގުޅޭ ފޯނު އެންމެކުޑަމިނުން ނިދަންއަރާ އެނދުވެސް އެއީ ދަރަނި ނޫންތޯ؟
މިހިރަ ރޯނު އެދުރު ބުރާންޗާ ކަލެޔަށް މަހަކު 82 ހާސް އޭގެ އިތުރަށް ސަރުކާރުން ިލިއަން ރުފިޔާ ދިނަސް ކޮވިޑުތެރޭ ރައްޔިތުން ގޭގަ ބަންދުކޮށް އަތްދޮންނަށްމަޖުބޫރުކޮށް ދައުލަތުން ރައްޔިތުން ހަނާކުރީ ދައުލަތުން ރައްތިތުންގެ ތެރެއިން ވަކިބައެއް ފިޔަވައި ދިން ލޯލާރިއެއްވެސްނެތް ދަރާވިކިގެން މީހުން ގާތު ސަލާން ޖަހައިގެން ކުލިދައްކަންޖެހުނީ ބިލްތަކަށް ފައިސާ ނުދެއްކި 6 މަސްވީތަނުން ޚިދުމަތްތައް ކަނޑާލި ދެން ޖެހުނީ ސަލާންޖަހައިގެން ބިލްތަް ދައްކާން ގިނަ ބަޔަކު ކުލި ނުދެއްކިގެން ކުއްޔަށްއުޅުނު އެޕާޓުމަންޓުތައް ދީކޮށް ހިޖުރަކުރީ އެމްޑީޕީ ޖާހިލުން ދައުލަތުގެ ފައިސާ ތިޖޫރި އަތުގަ ޖެހުނީމާ މަހަކު 3 ފަހަރު އައިފޯނު ބަދަލުކުރިޔަސް ގިނަ ދިވެހި ރައްޔިތުން އުޅެމުންއައީ ވަރަށް ނިކަމެތި ހިތްދަތިހާލުގަ އަދިވެސް އެ އަޑިގަނޑުން އަރައިނުގަނެވިގެން މި އުޅެނީ ތިޔަކަހަލަ ޖާހިލުން މަޖިލީހަށް ވައްދައިގެން މުޅި ޤައުމު ހަލާޚުވެގެންމިދަނީ
އެމްޑިޕީ ވެރިކަން ކުރަނީ އަލަކަށް ނޫނޭ ބުނިއިރު ފުރަތަމަ ދައުރު ހަމަނުކުރެވުނުކަން ހަދާންނެތުނީތަ މިހިރަ ބޯދުޅަ މީހާއަށް މިދައުރުވެސް މިހަނާވަނީ އާމުރަތްޔިތުން ކަލޭމެން ނާ ކަލޭމެންގެ އާއިލާ މިޙުން މަހަކު ދޭކޮލު ފޯނުވެސް ތިބަދަލުކުރަނީ އެހެންވެ ތިހާ ރީތިކޮން ތިއެގުނީ މެމްބަރަކަށް ވުމުގެ ކުރިން ބައްތި ނޮކިޔާ އެއް ހިފައިގެން އުޅުނު މީހެއްތި މިހާރު ދެޖީބައް ދެފޯނު ލައިގެން ތިއުޅެނީ
ތިބުނާ މަސްވެރިޔަކީ މަހައްދިއުމުގެ ނަމުގަ އެތިކޮޅުގެނެސް ވިއްކައިދިންމީހުންތޯ؟ މިއަދު މޮޅުވާހަކަ ދައްކާއިރު އެފަދަ ހާލަތެއްގައިވެސް ކަލޭކަހަލަ މާލިއްޔަތުދަވައިލައިގެން ޖީބައްބަރުވި ރީނދޫދެތިންމީހަކު މިއަދު އުދުހުނަސް އެދުވަހުގެ ރިހުންނުފިލާ ކިތައް އާއިލާ އެބައުޅާކަން ކަލެޔައް އިންގޭތަ؟
ޢީސާ ބުނީ ރަންގަޅައް މުޅި ދުނިޔެ ބޮޑު ތަދުމަޑު ކަމެއްގަ ރާއްޖޭގެ އިކުތިސާދު ނުފުންޑި ގެންދެވުނީ ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުން
ކޮވިޑު ތެރޭ ދިވެހިން ތިބީ އަނބިންނަށް އަނިޔާކޮށްލަ ކޮށްލަ..؟؟
ބަޔަކު އަދި ވަޒީފާ ގެއްލުނަސް ލިބުނު މީހުން އުޅުނީ ހަމަ ތިހެން
އޭނަ ބުނީ އަޅުގަނޑުމެން މި ތިބީ މަހުގެ ދެކޮޅު އައިފޯން ބަދަލުކޮށްލަކޮށްލައޭ، އަޅުގަނޑުމެން ނިސްބަތް އެ ކުރީ ޢިއްޒަތްތެރި މެންބަރުންނަށޭ، އެބޭފުޅުންނަށް އެހެން އުޅުއްވޭނޭ. އަހަރެމެން ނިކަމެތިން އަނގަޔާ އަތާ ދިމާނުވިޔަސް. އެ ބޭފުޅާ އެ ވިދާޅުވީ ޖެއްސުމަށް ނަމަވެސް ތެދުފުޅެއް. އެހެން ނޫންތޯ؟
އީސަ އާއިލާގެ މީހުންތަ ކޮވިޑްގެ ތެރޭގަ އައި ފޯން ބަދަލު ކޮއްލަ ކޮއްލަތިބީ ރަށްޔިތުން ބަޑަށްޖެހޭއިރު ކޮސްވާހަކަ ދައްކަނީ މިރުސް ކިލޯއެއް 700 ރުފިޔާއަށް
މިހުރީ ރޯދައަށް
ފައިސާހުރި މުއްސަނދިން ތިކަން ތިގޮތަށް ނުކުރެޔެކޭނޫން. އެކަމަކު އާދައިގެ އާންމު ރައްޔިތުން ތިބީ ތިގޮތަކަށްނޫން. ރާއްޖޭގެ ގިނަ ބަޔަކަށް ވަޒީފާތައް ގެއްލުނު ބޮޑެތި ދަތިތައް ކުރިމަތިވި، ކުދި އެތައް ވިޔަފާރިއެއް ހުލިވި. މިހާލަތަށް ދިޔަ ކަމަކަށް ނިސްބަތްކޮށް މެމްބަރަކު ތިގޮތަށް މިސާލު ޖެހުމަކީ މަހަކު 80 ހާސް ރުފިޔާ ލިބޭ މެމްބަރުން ނިކަމެތި ރައްޔިތުންނާމެދު ގެންގުޅޭ ނުބައި ވިސްނުން ހާމަވާ ކަމެއް. އަބަދުވެސް ވާހަކަ ދައްކަންވާނީ މުޖުތަމަޢުގެ ޢާންމު ޙާލަތަށް ބަލައިގެން. މުއްސަނދިންނަށް ބަލައިގެނެއްނޫން. މިމީހުންގެ އެކަށޭނަ ތަޢުލީމީ ފެންވަރު ނެތުމުން މިމޭރުމުން ވާހަކަ ދައްކަނީ.
މީ ކުރިން ކައްކަން އުޅުނު ސޮރެއްބާ
ޢާންމު ރައްޔިތުންނަށް ނިސްބަތްކޮށް މިހާ ހުތުރުކޮށް ވާހަކަދައްކާ މެމްބަރުންވެސް މަޖިލިސްގައި އެބަތިބި. ކޮވިޑުތެރޭ މަޖިލީހަށް ނުނިކުމެ ދެއަހަރުވަންދެން ތިބެ މުސާރަ ނެގި މެމްބަރުން ތިބިކަން އަހަރުމެން ރައްޔިތުން ދެނެތިބިން. އަދި އެމީހުން ދިރިއުޅުނީ ރިސޯޓުގައިކަންވެސް ދެނެހުރީން. ކިތައް ރައްޔިތުންގެ ވަޒީފާތޯ ގެއްލުނީ؟ ކިތައް ޢާއިލާތޯ މާލޭގައި ނޫޅެވިގެން ރަށަށް ބަދަލުވީ؟ ކިތައް ޢާއިލާތޯ ހާލުގަޖެހުނީ؟ މެމްބަރުންނަކީ ރައްޔިތުން ތަމްސީލްކުރަން ތިބޭ ބަޔަކަށްވާއިރު މީން ކިތައް މެމްބަރުން އެމީހުންގެ ދާއިރާގެ ރައްޔިތުންނަށް ލިބުނު ނިކަމެތިކަން ދިރާސާކުރިތޯ؟ މިމެމްބަރު މި ވާހަކަ ދައްކަނީ މެމްބަރުގެ ދާއިރާގެ ރައްޔިތުންގެ ދިރާސާއެއް ހަދާފަ ނުކުތް ނަތީޖާގެ ވާހަކަބާ.
ކޮވިޑްތެރޭ ބޮއެގެން އަންހެނުންނަށް އަނިޔާ ކުރި މީހުންވެސް އުޅޭ
އީސަގޮތް އެނގޭނީ ރިސޯޓުގެ މުއަށްޒަފުންނަށް އީސަޔަކީ ވަރަށްވެފަ ހުންނަ އަމިއްލަ އެދުންބޮޑު މީހެއް މީނަ އަބަދުވެސް އެއިރެއްގަ ރާއްޖޭގެ ބާޒާރުގަ ހުންނަ އެންމެ މޮޅުފޯނު ގަނޭ ރަށްޔަތުންނަށް މަލާމާތް ކުރިޔަސް ކޮވިޑުހާލަތުގައި އައިފޯނު އެންމެގިނައިން ރާއްޖޭގަ ބަދަލުކުރީ އިސަ މީނަޔަށް އައިފޯނުގަންނަން ރައީސް ހެސްކިޔާފަ ފައިސާދިނީމަ ރައީސް ގޯނިފުލަށް ތިޔަކޮށްޕާލީ ރަށްޔަތުން އުޅުނު ވޭންދެނިވި ގޮތް ހަނދާންނެތުނީ އޭގެ ފަހުގަ.
ސީދާ އަހަރެމެންނަށް ކޮށްފައި އޮތް މަލާލަތެއް.ކަލޭ ދެކެން ހުރޭ ދިވެހިން އައިފޯން ބަދަލު ނުކުރިޔަސް މި ވެރިކަން ބަދަލުކުރާގޮތް.އިންޝާﷲ
މި އަޙުމަދު ޢީސާއަށް ދިވެހިން ތިބި ޙާލު ނޭގޭތިވެ، ހިތާމަ ކުރަމެވެ. މީނާ ވަޤުތުން އިސްތިޢުފާ ދެއްވާށެވެ. ރައްޔިތުންގެ ޙާލު ނޭގޭ މުނާފިޤަކު މަޖިލީހުގައި އިނުމުން މުޅި މަޖިލީސްވެސް ފާސިދު ވެގެންދާނެ.
ސީދާ އަހަރެމެންނަށް ކޮށްފައި އޮތް މަލާލަތެއް. މީނަ އަށް ފައިސާ ނެތުމާއި ދަތި ދިރިއުޅުމަކީ ކޮބާ ކަން އިނގޭ ވަރު ކުރަައްވާށި. ލަދު ހަޔާތް ވެސް ކުޑައީ އީސަ މެން. މި އޮށްފަދަ ރަމަޟާން މަހު ރައްޔިތުމީހާ އަނގައިން އަވަގުރާނަ ގޮއްވަން ނޫޅޭ ގޯޓް ، ޑޮންކީ، ޑޯގް
ދިވެހިން ގެ ތެރޭގަ އުޅޭ އަންބިން ނަށް އިހާނެތިކޮށް ހަދާ މީހުންވެސް އެއީ ހުރިހާ ދުވެހިންނެއް ނޫން ދުޯ
މަހަކު 80000 ނަގައިގެން ގައުމަށް ކޮން ކަމެއްތޯ ކޮއްދެވުނީ އަމިއްލަ ނަފުސައް ސުވާލުކޮއްލައްވާ؟
އިސްތިއުމާރީ ބާރުތައް