ތައުލީމީ ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އާ އޮނިގަނޑު މެއި މަހުގެ އެއްވަނަ ދުވަހު ހާމަކުރާނެ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް "ވަގުތަށް" ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކޮށް އައު އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ޕޭ ކޮމިޝަނާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. އެ އޮނިގަނޑަށް ސިވިލް ސާވެންޓުން އަހުލުވެރި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިހް ވިދާޅުވީ އައު އޮނިގަނޑު އަންނަ މަހުގެ އެއްވަނަ ދުވަހު ނެރެ އެއަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށާ އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އަންނަ މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށެވެ.

އެބަދަލާ އެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަކިން ހާއްސަކޮށް ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ އެއް ދާއިރާ އަކީ ތައުލީމީ ދާއިރާ އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 2.3 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޮލުގާ ރިއްސާ

    ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ ކޮންފަދަ ބޮޑު އިތުރު ބުރަތަކާ އެސޮރުމެންނާ ހަވާލުކުރަންތިޔަ އުޅެނީ؟ ޓީޗަރުންނަށް ޖައްސާ ބަލާ ވަރަށް ބޮޑު މިހާރުވެސް... މުސާރަ ބޮޑުވުމަށް އެދެން.. އެކަމަކު ތިއޮނިގަނޑުގަ އެމީހުންނަށްވެސް ލުއިގޮތަކަށް ހުރިހާ ކަމެއްވެސް ކަނޑައަޅައި ދިނުމަށް ގޮވާލަން

  2. މައިޝާ

    މިހާރުވެސް އިދާރީ މުވައްޒަފަކަށް ލިބޭ ވަރުގެ ދެގުނައަށްވުރެ ބޮޑުއެއްޗެއް ޓީޗަރުންނަށްދޭ އެހެންކަމަށްވާނަމަ ޓީޗަރަކަށް 19000 ރ ލިބޭއިރު އިދާރީ މުވައްޒަފަކަށް ލިބެންޖެހޭނީ 7000 ރ އެއްނޫން. ދަރިއަކުނެތް ޓީޗަރަކަށް 19000 ރ ލިބޭއިރު 4 ، 5 ދަރިންތިބޭ އިދާރީ މުވައްޒަފުންނަށް 7000 ރ އިން ޒަރޫރީ ބޭނުންތަށް ފުއްދޭނެތޯ. ޚަރަދުކުރަނީ ހަމަ ރައްޔިތުންގެ ޓެކުސް ފައިސާއިން.

    1
    1
  3. ޢާޟޯހު

    މުސާރަޔަށް ގެންނަން އުޅޭ ބަދަލާއި ގުޅޭ ގޮތުން އަތޮޅުތެރޭގެ ސްކޫލުތަކުގެ ޓީޗަރުން ނާއި އެއްވެސް އެއްޗެއް ހިއްސާކޮށްފައިި ނުވާ ކަން ފާހަގަ ކުރެވެއެވެ. އަޑުއިވޭގޮތުން މާސްޓަރ ހަދާ ފައި ތިބި މީހުންނަށްވެސް ،މާސްޓަރ ގެ މުސާރަ ލިބޭނީ 6 އަހަރުން ފަހުން ނެވެ

  4. Anonymous

    ބޮޑުކުރަންޏާ ބޮޑުކުރަންވީ ކިޔަވައިދޭ އެންމެންގެ މުސާރަ. ވަކި ބަޔެއްގެ މުސާރަ ބޮޑުކުރުމަކީ އިންޞާފެއްނޫން. ތިހެން ކަންކުރީމާ އެއްބަޔެއްގެ ވޯޓު ނުލިބޭނެ.

  5. ނަޒީ

    މިނިމަމްވޭޖް ކަނޑައެޅިގޮތަށް ނުވެއްޖެއްޔާ ވެދާނެ!

  6. މި ތިބެނީ ވާނުވާގައި

    ޑިގްރި ހަދާފައި ތިބޭ ޓީޗަރުންގެ މިހާރުގެ އަސީސީ މުސާރައަކީ 12628އެއް ނޫން އޮޅުވައިލިިއަސް މިވަރު ތަންކޮޅެއް ބޮޑު ދޯ!ޑިގްރި ހަދާފައި ތިބޭ ޓީޗަރުންގެ މިހާރުގެ އަސީސީ މުސާރައަކީ 8440 މިހާރު މާސްޓަރ ހަދާފައިތިބޭ ޓީޗަރުންގެ މުސާރަވެސް 12ހާހަކަށް ނާރާ. މިހާރު މާސްޓަރ ހަދާފައިތިބޭ ޓީޗަރުންގެ އަސާސީ މުސާރައަކީ 9910ރ މިކިޔާއެއްޗެއް އެއްގޮތަކަށްވެސް ދިމާވޭތަ؟

  7. މި ތިބެނީ ވާނުވާގައި

    ޑިގްރި ހަދާފައި ތިބޭ ޓީޗަރުންގެ މިހާރުގެ އަސީސީ މުސާރައަކީ 12628އެއް ނޫން އޮޅުވައިލިިއަސް މިވަރު ތަންކޮޅެއް ބޮޑު ދޯ!ޑިގްރި ހަދާފައި ތިބޭ ޓީޗަރުންގެ މިހާރުގެ އަސީސީ މުސާރައަކީ 8440 މިހާރު މާސްޓަރ ހަދާފައިތިބޭ ޓީޗަރުންގެ މުސާރަވެސް 12ހާހަކަށް ނާރާ. މިހާރު މާސްޓަރ ހަދާފައިތިބޭ ޓީޗަރުންގެ އަސާސީ މުސާރައަކީ 9910ރ

  8. މި ތިބެނީ ވާނުވާގައި

    ޑިގްރި ހަދާފައި ތިބޭ ޓީޗަރުންގެ މިހާރުގެ އަސީސީ މުސާރައަކީ 8440 މިހާރު މާސްޓަރ ހަދާފައިތިބޭ ޓީޗަރުންގެ މުސާރަވެސް 12ހާހަކަށް ނާރާ. މިހާރު މާސްޓަރ ހަދާފައިތިބޭ ޓީޗަރުންގެ އަސާސީ މުސާރައަކީ 9910ރ

  9. މުހައިމިން

    އަންނަ މަހުގެ އެއްވަނަ ދުވަސްވެސް ދާނެ. އަންނަ މަސް ކިޔާލަ ކިޔާލަ ތިބޭ.

  10. ޚުލާ

    ޕްރައިމަރީ ޓީޗަރުން ދާންވީ ފަރަށްތޯ؟