ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އަލީ ސަމީރު އިސްތިއުފާ ދެއްވައިފިއެވެ.

އަލީ ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ކަން ވަނީ ކަށަވަރުވެފައެވެ. އެކަމަކު، އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ.

ހައިކޯޓުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިހާބު ކުރައްވާފައިވާ އަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވައި، ހުވާ ކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާއަކީ ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޒީކަމާއި، މަދަނީކޯޓުގެ އިސް ޤާޒީކަމާއި، ސިވިލްކޯޓުގެ އިސް ޤާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދެބޯގެރި

    ތިޔައީ ވަރަށް އުފާވރި ހަބަރެއް ހައިކޯޓުގެ ޝަރިޢަތްތައް ހިތު ހުރިގޮތަަށް ނިންމަމުންދާ މީހުންގެތެރެއިން އެކަކުތީ

    6
    1
  2. ސަނާޙް

    ޢަލީ ޕީ ވަކި ގޮތަކަށް ޙުކުމް ނެރެން ބުނާތީ މަޖުބޫރުވެގެންނޯ އިސްތިއުފާ ދިނީ

    2
    1
  3. މަރިޔަމް މޫސާ

    ހިސާން ނުވަތަ އަލިޕީ ބުނާ ގޮތަކަށް އަމުރު ނުނެރޭ ނަމަ ނުވަތަ ހުކުމް ނުކުރާނަމަ، ޖެހޭނީ އިސްތިއުފާ ދޭން. އިންސާފަކަށް ވާނީ އެވެރިން ބުނާ ގޮތް.