އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ޤަރާރު ޤާނޫނު އަސާސީ އާއި ހިލާފު ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާޔާ ޙަވާލާ ދިނުމަކުން ބާޠިލް ޤަރާރެއް ޞައްޙަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ. ޑރ.އަހްމަދު ވިދާޅުވީ ރައީސް ސޯލިހް ނެރުއްވި ޤަރާރަކީ މުޠުލަޤު ސިފައެއްގައި ޤާނޫނުއަސާސީއާ ޚިލާފު ޤަރާރެއް ކަމަށެވެ.

"ތިޔަ ޤަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަޙައްދެއްގައި ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން." ޑރ.އަހްމަދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ގަރާރަކުން ހަނިކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް މިރޭ ވަނީ ވިދާޅުވެފައެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް ނެރުއްވާ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަން ނޫން ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާތީ ޤަރާރެއް ނެރުއްވީ ކަމަށް ރައީސްގެ ޤަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒޫ މް

    ޕޮތް! އެއްކަލަ ރޯނު އެދުރު

    1
    6
  2. ހުސެން

    ޑރ. ވިދާލުނުވިޔަސް އިބުރާހިމް ސާލިހު އަކީވެސް އަދި ގާނޫނީހަމަތަކުން ބަލާކަމަށް ވަންޏާ ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އެއްނޫން،. ފައިސަލްނަސީމް ރައީސުލް ޖުމުހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުވިފަހުން އިސްތިއުފާއެއްނުދެެއްވާ ނޫނީ އަނބުރާ ރައީސް ކަން ހަވާލުނުކުރައްވާ. މުޅިން ވެސް ގާނޫނާ ޙިލާފު ކަންތަށް ކުރައްވަނީ !!! ފޮށާބޭލެނެީ !!

  3. އަލީ

    މިއީ ވަކި ގައުމަކާ ދެކޮޅަކަށް ނޫން. މިއީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ބެހެއްޓުމާ ދެކޮޅަށް ކުރާ ކެންޕޭނެއް. އިންޑިޔާ ގެ ރިޝްވަތު ހިފުމުގެ ސަބަބުން މިވަތުގު މިތަނުގައި ތިބީ އިންޑިޔާ ސިފައިން.

  4. ޑރ

    ތިޔަ ޤަރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ އެއްވެސް ސަރަޙައްދެއްގައި ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން." ޑރ.އަހްމަދު އިނގިލައްވާތޯ ރާޖޭގެ ގާނޫން ހިނގާ އެއްވެސް ސަަހށްދެއް މިހާރު ނެތެއްނު އިންޑިޔާ އެމްބަސީން މިގައުމު ހިނގަނީ އެމީހުން އަމުރު ނެރެނީ އެހެންވީމަ އެކަންޖެހެނީ ތަންފީޒް ކުރާކށްނު

  5. ާއަބޫ

    ގައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުރެ އެއްކަމެއްގަ ދެފަހަރު ދެގޮތަށް ލިޔެ އޭގައި ސޮއިކުރުމަކީވެސް ދެފުށް ކެހެރި ކަމާ، މުނާފިގު ކަމާ، އަދުލުވެރިކަން ނެތުމާ، މަގާމުގެ ކުފޫ ހަމަނުވާކަމާ، އަމިއްލަ މަސްލަހަތު އިސްކުރާކަން ދަލީލުކޮށްދޭ ކަންކަން. އަދި މަގާމު ގެއްލުމުން ސިޔާސީ ވަކި ފިކުރެއްގެ ދިފާއުގައި، ގައުމުގައި ހިނގާ ހުރިހާ ސިޔާސީ ކަންކަމުގައި ވަކިވިސްނުމަކުން ވަކާލާތު ކުރުމަކީ ކުރިން މިބުނި އެންމެހައި ކަންމަށް ދަލީލުކޮށްދޭ އަދި ތިމާގެ އުރައްޕެއް ނެތްކަން ސާބިތުކޮށްދޭ ކަމެއް.

  6. އަބްދޫ

    ރައީސުލް ޖުމަހޫރިއްޔައަށް ގަރާރުނެރެވެނީ 115 ގެ އަލިފުން ހަގުރާމަޔާ ސުލްހައަށް.ވީމާ މިގަރާރު ބެލެވެނި ދިވެހިރައްޔިތުންނާދެކޮލަށް ހަގުރާމަ އިއުލާންކުރިކަމަށް. ގާނޫނުއަސާސީގަ ބުނަނީ ފަނޑިޔާރުންއަމަލުކުރަންވާނީ ގާނޫނުއަސަސިއަށާއި ގާނޫނަށް ކަމުގާ.މިހެން އޮއްވާ ގާނޫނުގަވެސް ގަނޫނުއަސަސީގަ ވެސް ފަނޑިޔާރުންއަމަލުކުރަންޖެހޭ ގޮތަށް ނެތް ކަމެއްގާ ކޯޓުން ނެެރުނު އަމުރުވެގެންދަނީ ގައިރުގާނޫނީއަމުރަކަށް ގާނޫނުއަސާސީ ބުނާގޮތުންއެ އަމުރަށް އެއްވެސް ފަރާތަކުން އަމަލުކުރާކަށް ލާޒިމެއްނުވާނެ.

  7. ސާބަސް

    މި ކުރީގެ ޖަޖުން ދެން މިއަދު ކޯޗެއް ތިޔަވިދާޅުވަނީ ވޯޓް އޮޅުލި މައްސަލައަށްވީގޮތް ހާމަ ކުރަންވީނޫ ތީމުގޭގައި ތިބި ކޯޓުތަކުގެ ޖަޖުންނަށް އެގޭނެ ވޯޓަށްވީގޮތް ދެން މިއަދު ކޯއްޗެއް ދޮގު ދޮގު ވަގު ވަގު މިވާނީ މިޔަށް މިވަރު ނޭގޭބަޔަކު ދެން ކޯޗެއް ކައްޗަށް ފުރަތަމަވެސް މިވެރިކަމުގެ ބިންގާ އެޅީ ތިޔަ ފަނޑިޔާރުންގެ އެހީތެރިކަމާއެކު ޗެންކޯޗެއް ވޯޓަށް ވީގޮތް ހާމަވެގެން ނޫނީ މިޤައުމު ސަލާމަތުގެ އައްސޭރިޔަކަށް ނުގެންދެވޭނެ ޔަޤީން ވޯޓަށް ވީގޮތް ފުރަތަމަ އެގެން ޖެހޭ.

  8. ބޮންޑާ

    މިހާރުގެ .... މުއުތަސިމް އަދުނާނު އެހުންނަވަނީ ލަދުފުޅުން ދެން ކުރާނެ ކަމެއްނޭގިފައި