ފުވައްމުލައް ސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ފެން ހިންދާ ނިޒާމްގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

‏އެމްޓީސީސީން ދިން މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ،

މިއީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު