ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި މަސައްކަތްކޮށްގެން ވަޒީފާތަކުން ވަކިކުރާ ދިވެހި ކޮންމެ ރައްޔިތަކަށް ވަޒީފާ ޕީޕީއެމް ގެ ވެރިކަމެއްގައި އަނބުރާ އިއާދަކޮށްދޭނޭ ކަމުގެ ޔަގީންކަން ދީފިއެވެ.

ޕީޕީއެމް އިން މިގޮތަށް ބުނެފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަށް ބުނެ އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިޝް ސަަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

ޕީޕީއެމް އިން ބުނީ، އެ ގަރާރަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައީސަށް ރިޔާސީ ގަރާރު ނެރުމަށް ބާރުދީފައިވާ ތިން ހާލަތުން ކުރެ ހާލަތަކަށް ފެތޭ އެއްޗެއް ނޫން ކަމަށެވެ.

އަދި އެ ބާތިލު ގަރާރާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުގައްޔާއި ސިވިލް ސާރވިސް ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުންނަށް ބިރުދައްކާ، ވަޒީފާއިން ސަސްޕެންޑްކޮށް އަދި ވަޒީފާއިން ވަކި ކުރަމުން ގެންދިއުމަކީ މިކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މުސްލިމުންނަށް ދުއްތުރާތަކާއި އަނިޔާ ކުރަމުން ގެންދާ އިންޑިއާ ސަރުކާރުގެ އެންގުމަށް، ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތަށް ހުރަސް އަޅާ ދީނީ އިލްމުވެރިންނަށް ބިރު ދައްކަމުން ގެންދާ ގެންދިއުމަކީ އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"މިއީ ވަރަށް ބޮޑު ނުރައްކަލެއްގެ ފެށުމެއްކަމަށް ދެކެން. ދިވެހި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ، އިންޑިއާއެކު ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދިއުން. އަދި ދިވެހި ރައްޔިތުން ހިންގާ އިންޑިއާ އައުޓްގެ ޙަރަކާތްތަކާއި ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅު ތަކުގައި ޤާނޫނީ އެއްވެސް ބުރަދަނެއް ނުހުންނާނެކަންވެސް ފާހަގަ ކުރަން"، ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރެއްވުމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓުމަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ ކަންކަމަށް ހުރަސް ނޭޅުމަށް ރައީސް ސޯލިހަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 2023ޔާން

    #ޔާމިން 2023 އިންޝާﷲ..އާމީން

    6
    3
  2. އުތުރުން

    އިންޑި އާ އަ އުޓް ހަރަކާތަކީ ޚިޔާލުފާޅުކުރުގެ މިނިވަން
    ކަމުގެ ތެރެ އިން ކުރި އަށް ގެންދާ ހަރަކާތަކަށް ވާ އިރު
    އެކަމުގަ އި ބަ އިވެރިވާފަރާތް ވަޒީފ ާއިން ވަކުރުމާ އއި ބިރު
    ދެ އްކުންފަދަ ކަންކަމަކީ ގޮށްމުށު ވެރިކަމުގެ ސިފައ އެކެވެ.

    7
    3
  3. ޢިބުރަތް

    ތި ވާހަކައަށް ހެއްލޭނެ މީހަކު މިގައުމުގަ ހުންނާނެ ހެނެއް ހީއެއްނުވޭ. ކަލޭމެން ވަކިކުރި މީހުނަނަށް ވަޒީފާ ދޭނެ ކަމަށް މި ސަރުކާ އަންނަން އުޅުނުއިރު ހިނަނަވަރު އިބުރާހިމް ވެސް ބުނި. ވަޒީފާ ދިނީ އޭނާ ޕާޓާ ގެ ކުދިން ކޮޅަކަށް. ކަލޭމެން އޭނާ އަށްވުރެ މާ ވގ.މާ ނުބައިކަން އެންމެންވެސް ދަނޭ. ސަރުކާރު ހިއްސާވާ ކުންފުނި ތަކުގަ ވަޒީފާ އަދާކުރާ މީހުންނަކީ ކޮންމެ ސަރުކާރަކުން ބޭނުން ގޮތެއް ހަދަން ތިބި ބައެއްކަންވެސް ނުދަންނަ މީހަކު މިގައުމުގަ ނުހުންނާނެ.

    6
    6
  4. ނުނން

    އަދުރެމެޓިސް ތިކަހަލަ ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑީ ؟؟

    4
    2
  5. Anonymous

    ޔާމީނުގެ ވެރިކަމުގައި ވަޒީފާއިން ވަކިކުރި މީހުންނަށް މިސަރުކާރުން ވަޒީފާއެއް ނުދެއެވެ. މި ސަރުކާރުން ވަޒީފާއިން ވަކިކުރާ އެންމެނަށް ޕީޕީއެމުން ވަޒީފާ ދެންޏާ ޕީޕީއެމަށް ސަޕޯޓުކުރާ މީހުން ގިނަވާނެއެވެ. ކޮންމެ ސަރުކާރެއް ވެއްޓެނީ ވަޒީފާއިން ވަކިކުރާ މީހުން ގިނަވެ އެމީހުންނާއި އެމީހުންގެ ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ބަދުދުޢާގެ ސަބަބުންނެވެ. ސުވާލަކީ، ޔާމީނުއަށް އަލުން މިރާއްޖޭގެ ވެރިކަމަށް އާދެވޭނެ ފޯމިއުލާއެއް އެބައޮތް ހެއްޔެވެ؟

    4
    1
  6. އަލްޖިބްރާ

    އަގަމަތީގައި މަލަން އެޅީތަ ؟ ދައްކާނެ ދޮގު ވާހަކައެއް ނެތީތަ ؟ ކޮންމެ އަގައެއް ތެޅިއަސް ދެން މިރާއްޖޭގެ ވެރިކަން ތިޔަ ބައިގަޑަކަށް ނުލިބޭނެ !

    8
    8
  7. ގަލަން

    ހުސްދޮގު ތާކުންތާކު ނުޖެހޭވާހަކަ ނުދައްކާ މިސަރުން ކަޑާލާމީހުންނައް ޕޕ ވެރިކަމެއްގަ ނުދޭނެ ވަޒީފާއެއް ހުސްދޮގު………