ލީޑަރެއްގެ އެންމެ މުހިއްމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މާފު ކުރުމާއެކު ކުރިމަގަށް ވިސްނާ އަނެކުންގެ މައްޗަށް ރަހުމު ކުރުމުގެ ގާބިލްކަން މީހާގެ ކިބައިގައި ހުރުން ކަމަށާއި ހާއްސަކޮށް ތިމާއާ ދެކޮށް ނޭއްގާނި އަމަލުތައް ހިންފައިވާ މީހުންނާއި މެދު ހިތްތިރި ކުރުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިއަދު އިމާމުގެ ހުކުރު ނަމާދު ކުރެއްވުމުގެ ކުރިން ދެއްވި ހުތުބާގައެވެ.

ޝާހިދު ދެއްވި ހުތުބާގައި ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް މައްކާގައި ދިރިއުޅުން ދަތިކޮށް އެކަލޭގެފާނު މައްކާއިން ބޭރު ކުރުމުން 400 އެތައް ކިލޯމީޓަރެއް ކަޑައްތުކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ކަމަށެވެ. "މަދީނާގެ ރަށްވެހިން އިންތިޒާރު ކުރަމުން ދިޔައީ އެކަލޭގެފާނު ވަޑައިގެން މަދީނާގެ ރަށްވެހިންނާއި މުހާތަބު ކުރައްވައި އެންމެ ފުރަތަމަ ވިދާޅުވާނެ ބަސްފުޅަކަށް. އެބައިމީހުން ހިތާއިހިތާއި ސުވާލު ކުރަމުން ދިޔައީ އެކަލޭގެފާނު ވިދާޅުވާނީ ބަދަލު ހިއްޕެވުމުގެ ވާހަކައެއްތޯ ނުވަތަ އެކަލޭގެފާނު އަމިއްލަ ވަޒަން ދޫކުރައްވައި ހިކުރަކުރެއްވުމަށް މަޖުބޫރުކުރެވި ވޭނާއި އަނިޔާއި ހިތްދަތިކަމުގެ ވާހަކަތޯ." ޝާހިދުގެ ހުތުބާގައި ވިދާޅުވިއެވެ.

މަދީނާގެ ރަށްވެހިންގެ ތެރޭގައި އެތަނަށް އެއްވެފައި ތިބި މީހުންނާއިއެކު އަބްދުﷲ އިބްނު ސަލާމް ހުންނެވި ކަން ފާހަގަ ކުރައްވާ އެކަލޭގެފާނު އަރިހުން ރިވާވެފައިވާ ހަދީސެއް ޝާހިދު ވިދާޅުވެ ދެއްވިއެވެ.

އެދުވަހު އެމީހުންނާއި މުހާތަބު ކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވި ކަމަށް މާތްﷲ ރުއްސުންލެއްވި އަބްދުﷲ އިބްނު ސަލާމް ރިވާކުރައްވާފައި ވަނީ "މީސްތަކުންގެ މެދުގައި ސުލްހަވެރިކަން ފަތުރާށެވެ. އެކަކު އަނެކަކަށް ކާބޯތަކެތި ހިއްސާކުރާށެވެ. މާތްﷲ އަށް ތަޤުވާވެރިވާށެވެ. އަދި އެހެން މީހުން ރޭގަނޑު ނިދާފައި ތިބޭއިރު ނަމާދު ޤާއިމު ކުރާށެވެ." ޝާހިދުގެ ހުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ނަމާދުގައި އިސްލާމީ ޤައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އެޤައުމުތަކުގެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި، އދގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ބައިވެރިވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 2023

    މިނޫނީ އަހަރެން ނުދެކެން ބޯނިވާނުކޮށް ހުކުރު ހުތުބާކީމީހެއް

    9
    1
  2. ހައްޖާ

    ބަލާލަދީފާނަންތޯ އެމަނިކުފާނު ކުރެއްވީ 4 ރަކުއަތްތޯ ނޫނީ 2 ރަކުއަތް ތޯ.

    7
    1
  3. ލޮލް

    ތިޚުތުބާ ކިޔާދީ މުސްލިމުންގެ އަދާވާތްތެރިންނަށް. މުސްލިމުން ކަލޭމެންކަހަލަ މުނާފިގުންގެ ބަސްއަހާއަހާ މިހާރު ތިބީ އެއްގޯސްވެފައި.

    13
    1
  4. ޑިޑޯ

    ކޮންމެ ހަދުވަހުން އެއްދުވަހު، ހުކުރު ދުވަސް އަންނާނެ، މުދިމަކަށްވެގެން ކޮންމެ ހުކުރުދުވަހަކު ޝާހިދުތަ ހުކުރުކުރަނީ!

    5
    1
  5. ހުއްދަ ކަމެއްތޯ؟

    އިމާމު ފަހަތުގައި ބުރުގާ ނާޅާ އަންހެން ކުއްޖެއް ނަމާދުކުރަން އިން ފޮޓޯ އެއް އެބަފެނޭ.
    އެއީ ކުޑަ ކުއޖެއްތޯ؟ އެހާ ކުޑަ ކުއްޖެއް ހެނެއް ހިއެއް ނުވޭ. އެވަރުގެ ކުއްޖަކު ހުންނަން ޖެހޭނީ ބުރުގާ އަޅައިގެން.
    އަނެއްކަމަކީ ކުޑަ އަންހެން ކުއްޖަކަށް ވިއަސް ސީދާ އިމާމް މީހާގެ ފަހަތަށް އެރިދާނެތޯ؟
    ކުޑަ ފިރިހެން ކުއްޖަކަސް އެކުއްޖާ އަށް އިމަމު މީހާގެ ފަހަތަށް އެރޭނީ ބޮޑެތި މީހުންގެ ތެރެއިން އިމާމް މީހާ ކުށެއްޖެހުމުން އެކުށްލައި ނުދެވޭމީހުން ތިބެފައި މެދަށް އަރާކުއްޖަކީ ކުށްލަލައިދެވޭ ކުއްޖަކަށް ވާނަމަ.

  6. ޕޮގުބާ

    މީދެން އިސްލާމްދީން ގަބޫލުކުރާ މީހެއްބާ ޚުތުބާކިޔާ މީހެއް ވަށްތަރެއްނުޖަހާ ތިމާގެ ބޮޑުކަން ދައްކުވައިދޭ ގޮތަކަށް މިހުރީ ދިވެހި ވަންތަކަމެއްނެތް