1. މަޝްހޫރު މަހުޖަނު އީލޮން މަސްކު ޓްވިޓާ ގަތުމުގެ ކުރިން ޓެސްލާ ކުންފުނިން 8.4 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލާފައިވާ ކަން ހާމަކޮށްފިއެވެ.

ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އީލޮން މޮސްކު ވަނީ އިލެކްޓްރިކް ކާރު ކުންފުނި "ޓެސްލާ" އިން 25 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައި ކަމަށް "އަލްޖަޒީރާ" އިން ވަނީ ރިޕޯޓުކޮށްފައެެވެ.

ޓްވިޓާ ގަތުމަށް ނިންމައި ބުރާސްފަތި ދުވަހު އީލޮން މަސްކު ކުރި ޓްވީޓެއްގައި ވަނީ ދެން ޓެސްލާއިން އިތުރު ހިއްސާއެއް ވިއްކެން ނެތް ކަމަށް ބުނެފައެވެ. ޓެސްލާގެ 15 އިންސައްތަ ހިއްސާ އަދިވެސް އޮންނަނީ އީލޮން މަސްކުގެ އަތުގައެވެ.

އޭނާ ޓްވިޓާ ގަންނަ ވާހަކަ އިއުލާން ކުރުމާއެކު ޓެސްލާގެ ހިއްސާގެ އަގު 20 އިންސައްތައަށް ދަށްވިއެވެ.

ފާއިތުވި ޑިސެމްބަރު މަހު ވެސް އޭނާ ވަނީ ޓެސްލާއިން 16 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައެވެ.

އީލޮން މަސްކް ޓުވިޓާ ގަތުމަށް ބިޑް ކޮށްފައިވަނީ 48 ބިލިއަން ޑޮލަރަށެވެ. އެއީ ހިއްސާއެއް 54.20 ޑޮލަރުގެ ނިސްބަތުންނެވެ.

އީލޮން މަސްކް ބުނާ ގޮތުގައި ކުންފުނި އެއްކޮށް ގަންނަން އޭނާ ނިންމި ސަބަބަކީ މިހާރު އޭނާ ކުރި އިންވެސްޓްމަންޓުން އަދި އޭނާ ބޭނުންވާ ބަދަލުތައް ޓްވިޓާ އަށް ގެނެވޭނެ ގޮތެއް ނެތުމުންނެވެ.