ރާއްޖޭގެ ދާހިލީ ކަމަކާ އެއްވެސް އިރަކު ބެހިފައި ނުވާނެ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވެއްޖެއެވެ.

ސަފީރު އެގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގިނަ ވާހަކަތަކެއް ދައްކަވާފައި ވަނިކޮށެވެ.

ނަޝީދު ވަނީ ޗައިނާއިން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ "ދަރަނީގެ ދަންތުރައެއްގައި" ޖެއްސުަމަށް ފަހު ސިޔާސީ އަދި އިގްތިސާދީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ ސަރުކާރާ ގުޅުން ބަދަހިކޮށް ހިންގި ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށެވެ.

"ޗައިނާ އިން ބޭނުން ވަނީ އޮޓޮކްރަޓިކް ވެރިކަމެއް އުފައްދައި ރާއްޖޭގައި އޮތް ޑިމޮކްރަސީ ފޮހެލަން. އަދި ހުދުމުހުތާރު ވެރިކަމެއް އުފައްދައި އެމީހުން ބޭނުންވާ ކަމެއް ކުރަން. ރާއްޖޭގެ ދަރަނީގެ ތެރެއިން %70 އަކީ ޗައިނާ އަށް ދައްކަން ޖެހިފައިވާ ދަރިނި. މިއީ ޗައިނާއަށް ސިޔާސީ ގޮތުންނާއި އިގްތިސާދީގޮތުން ރާއްޖެއަށް ނުފޫޒު ހިންގަން ދެވިފައި އޮތް ބާރެއް" ނަޝީދު ވިދާޅުވިއެވެ

ރާއްޖެ ބޮޑަށް ދަރަނިވެރި ކުރުވުމަށް ޗައިނާއިން މަޝްރޫތައް އަގުބޮޑުކުރާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަފީރު ވިދާޅުވީ، ޗައިނާއަކީ އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާނެ ގައުމެއް ނޫންކަމަށެވެ. އަދި އަބަދުވެސް ރާއްޖެއިން ނިންމާ ނިންމުންތަކަށް އިހްތިރާމްކުރާ ކަމަށާއި، ދުވަހަކު ވެސް އެއްވެސް ކަމަކަށް ރާއްޖެއަށް "ޕްރެޝަރު"ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ޗައިނާ އިން ދުވަހަކު ވެސް ރާއްޖެއަށް އެހީވުމުގައި އަމިއްލަ މަސްލަހަތު އިސްކޮށްފައެއް ނުވާނެ. ރާއްޖެ-ޗައިނާ ގުޅުމުގައި ތިން ވަނަ ފަރާތަކަށް ޓާގެޓެއް ނުކުރޭ، ނުވެސް ކުރާނެ. ހަމައެކަނި އެދެނީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން،" ސަފީރު ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝިޔަމް ސަރަން ދެއްވި ލެކްޗަރެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވަނީ ޗައިނާގެ "ބޮލުގައި" ބޮޑެތި ތުހުމަތުތަކެއް އަޅުވައިފައެވެ. އެގޮތުން ޗައިނާ އިން އުޅެނީ ރާއްޖެ އަށް "ހުދުމުހުތާރު ވެރިކަމެއް" ގެނައުމަށް ކަމަށް ވެސް ތުހުމަތު ކުރައްވާފައިވެއެވެ.

އަދި ޗައިނާގެ މަގްސަދަކީ ރާއްޖޭގެ "ބިންތައް ފޭރިގަތުމާއި"، "ދަރަނި ދަންތުރައެއްގައި" ރާއްޖެ ޖެއްސުން ކަމަށް ވެސް ނަޝީދު ވަނީ ސިފަ ކުރައްވައިފައެވެ. އެކަމަކު، ޗައިނާގެ މަގްސަދުތައް ހާސިލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމުގެ ޔަގީން ކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ަސދަސދ

    މިހާރު އިންޑިއާއިން ކުރަނީ ކޮންކަމެއް.
    އައްޑޫގައި އެޖަހަނީ ކޮންސަކަރާތެއް.
    ތިއީ ބޮޑު ފެއިލިއަރއެއް. އިންޑިއާ އާއި މިރާއްޖެ ގުޅޭނީ ދިވެހި ރައްޔިތުންނާއި އިންޑިއާ ގުޅިގެން . ހަމައެކަނި ބުއްޅާބޭއަށް ނުވަތަ ޕާޓީ ކުދިންނާއި ގުޅިގެން ކުރާނެ ކަމެއއްނޯންނާނެ.
    ދިވެހިން ދިގު ކިއުތަކުގައި އަވީގައިލައި އިރުއިރުކޮޅާ ވިސާ ދިނުމުގައި ގެންގުޅުނު ކަންކަމީ ހަނދާނުން ނޮފޮހެވޭނެ ކަންކަން.

  2. ސަލާމް

    އިންޑިއާއިން އަނިޔާދިނީ ސީދާ ރައްޔިތުމީހާއަށް.
    ވިސާހިފަހައްޓައި އަވީގައި ދިވެހިން ތެޅުވީ އެމީހުން

    އިލެކްޝަންސް ކަމިޝަނަށް އިންޑިއާ ސަފީރު ގޮސްވަނީ ކީޢްކުރަންތޯ އަހާބަލަ ؟
    އިންޑިއާ ނަރުހަކު ދިވެހި ފުލުހުންނަށް އޯޑަރ ކުރި ވާހަކަ އަހާބަލަ ؟

    ތިއީ ޖމރ އިން ހައިޖެކް ކޮށްފައިވާ ބައެއް. އެމީހުންނަށް އެއަރޕޯޓް ނުައަގުގައި ވިއްކީ ކަލޭމެން. އެމީހުން އެތިބީ ކަލޭމެން ބޯކޮޅުބަލަ ބަލައި.

  3. މަބޭ

    ޗައިނާ ސަފީރު ތިޔަވިދާޅުވީ ރަންގަޅަން ނަމަވެސް އިންޑިޔާއިން ރާއްޖޭގެހުރިހާކަމަކާވެސް ބެހޭ
    ޢެމީހުންނުރުހޭގޮތަކައް ކަމެއްކޮއްފިނަމަ މިގައުމު ހިފަންވެސް ފާޅުގަގިވާކަމީ ފެނިފަހުރި ކަންކަން

    10
  4. ޢަހޫ

    ޢެހެން އެއްގޮތަކަށްވެސް ނުކުރާނެ. ޥައްކަން ކޮއްފަވެސް ޑޮލަރު މާރުކޮއްލީކަ މަށްބުނެ ނިއް މާލަން ބޭނުން ވާމ މީހުންވެސް ހަ މަ ތިހެން.

    2
    1
  5. ވަތަނީ

    ނަސީދުގެ ތިންއަހަރުގެ ވެރިކަމަ މަކީ ރާއްޖެއަށް ކުރި މަތިވި
    ބޮޑު މުސީބާތެކެވެ ޒަ މާނުއްސުރެ ރާއްޖެ ގެންގުޅެ މުން އައި
    ދޭދޭ ގުޅުން އިންޑިއާ ކޮޅަށް ބަރުކޮށް ރާއްޖޭގެ ދާޚިލީ
    ކަންކަ މާއި ދައުލަތުގެ ހުރިހާ ސިއްރުތައް އިންޑިއާ އަށް
    ވިއްކާލިއެވެ މިކަންކަން ތަހްގީގު ކުރެވި އޭނާގެ މައްޗަށް
    ގައު މަށް ޣައްދާރުވު މުގެ ޝަރީއަތް ހިންގު މަށް ޕޕ މ
    ސަރުކާރަށް ގޮވާލަ މެވެ.

  6. Anonymous

    އަންނިގެ އަނގަ ހައްދު ޖަހަންވީ އެއިރުން މައިތިރިވެދާނެ

    14
    • ޢަހޫތަ

      ޥަގުކަލޭގެ ވެސް އަނގަހައްދު ޖަހަންވީ.

  7. ޑައެލޯގް

    ހުދުމުހުތާރު ވެރިކަމަކީ އަންނި ތިގެންނަންއުޅޭ ބަރުލަމާނީ ވެރިކަމެވެ. އެއީ އިންޑިޔާއަށް އަގުމުވިއްކަންކުރާ ވެރިކަމެކެވެ. އަދި ބަރުލަމާނީގައި ރައްޔިތުންގެ ވޯޓަކުންނޫން ރައީސްހޮވަނީވެސް އަދި ރައްޔިތުންވެސް އެއޮތީ ނޫނެކޭބުނެފައެވެ، ވީއިރު ހުދުމުހުތާރަކީ ކާކުތޯއެވެ.

  8. ކޮވިޑް

    ދިވެހިން ނަށް އަދި ވެސް ތި ކިޔާ ނަޝީދު ދަސް ނުވަނީ ތޯ؟ ބަލަ ނަޝީދު ބަޔަކު ކަމެއް ކޮށްފިޔޭ ކިޔާ ވާހަކަ ދައްކަން ފަށާފިތަ.100% . އެއީ ނުވާ، އަދި ނުކުރާ ކަމެއް.