މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ޔޫނިއަނުން އިންތިޒާމްކޮށްގެން ބާއްވާ ހިނގާލުން އަމީނީ މަގުގައި ކުރިއަށް ގެންދެވޭ ގޮތަށް ފުލުހުން ހުއްދަ ދީފިއެވެ.

އެންމެ ފުރަތަމަ ޓްރޭޑް ޔޫނިއަނުން އިންތިޒާމުކުރީ ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށް މަޖީދީ މަގުން ހިނގާލުން ބާއްވާ ގޮތަށެވެ. ނަމަވެސް އެ ގޮތަށް ހުއްދަ ނުދިނުމަށް ފުލުހުން ވަނީ ނިންމައިފައެވެ.

މޭޑޭގެ ހިނގާލުން ބޭއްވުމަށް ޓްރޭޑް ޔޫނިއަނުން ފުލުހުންނާ ބައްދަލުކުރިއެވެ. މަޖީދީ މަގުގައި ހިނގާލުން ބޭއްވުމަށް އެދުމުން ފުލުހުން އެކަމަށް ހުއްދަދީފައި ނުވަނީ މިއީ ރަމަޟާން މަސް ކަމުން ހަވީރުގެ ވަގުތަކީ މަޖީދީ މަގު އެންމެ ބާރު ބޮޑު ވަގުތު ކަމުންނެވެ. މަޖީދީ މަގު ނޫން އެހެން ސަރަހައްދެއް ބޭނުން ކުރުމަށް ހުށަހެޅުމުން ޓްރޭޑް ޔޫނިއަނުން އެކަން ގަބޫލުކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އަމީނީ މަގުން މޭޑޭގެ ހިނގާލުން ބޭއްވުމަށް ހުއްދަ ދިން އިރު އެކަން ޓްރޭޑް ޔޫނިއަނުން ވަނީ ގަބޫލުކޮށްފައިވާ ކަމަށެވެ.

މިއަދުގެ ހިނގާލުން އޮތީ މިއަދު ހަވީރު 4:00 އިން ފެށިގެެން 6:00 އަށް ރަސްފަންނުން ފެށިގެން ކާނިވާ ސަރަހައްދާ ހަމައަށެެވެ. ހިނގާލުން ނިންމާލުމަށް ފަހު ރޯދަވީއްލުމެއްވެސް ވަނީ އިންތިޒާމްކޮށްފައެވެ.