ޓީޗަރުންގެ މުސާރައަށް މި މަހުން ފެށިގެން ގެންނަ ބަދަލާއެކު، ގިނަ ޓީޗަރުންނަށް މުސާރައިގެ ގޮތުގައި 20،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަން ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ސަރުކާރުން ހާމަކުރި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަލާއިރު، އަލަށް ކަނޑައެޅި ޓީޗަރުންގެ މުސާރަ އާއި ގިންތިތައް ފަސް ކެޓަގަރީއަކަށް ވަނީ ބަހާލައިފައެވެ. އެގޮތުން ރޭންކް ތިނެއް، ހަތަރެއް، އަދި ފަހެއްގައި ހިމެނޭ ޓީޗަރުންގެ މުސާރަ ހުރީ 20،000ރ. އާއި 25،000ރ. އާ ދެމެދު ބޮޑުކޮށްފައެވެ.

ރާއްޖޭގައި ތިބި ދިވެހި 6،185 ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާ އެކުގައި ރޭންކް އެކެއްގެ ޓީޗަރުންނަށް 13،266ރ. ވަނީ ހަމަޖައްސައިފައެވެ. ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 10،889ރ.އެވެ.

ރޭންކް ދޭއްގެ ޓީޗަރުންނަށް 19،467ރ. ހަމަޖެއްސި އިރު، ކުރިން މި ރޭންކްގެ ޓީޗަރުންނަށް ލިބެނީ 13.008ރ.އެވެ. ރޭންކް ތިނެއްގެ ޓީޗަރުންނަށް 20،895ރ. އަށް ހަމަޖެއްސި އިރު، މީގެކުރިން މި ރޭންކްގެ ޓީޗަރަކަށް ލިބެނީ 15،135ރ.އެވެ.

ރޭންކް ހަތަރެއްގެ ޓީޗަރުންނަށް ހަމަޖައްސައިފައި ވަނީ 23،277ރ. އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ މި ރޭންކްގެ ޓީޗަރުން އަދި ނެތް ކަމަށެވެ.

ރޭންކް ފަހެއްގެ ޓީޗަރުން ވެސް މި ވަގުތު ނެތް އިރު، އެ ރޭންކްގެ ޓީޗަރުންގެ މުސާރައެއްގެ ގޮތުގައި ހަމަޖެއްސީ މަހަކު، 25،958ރ.އެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު ލީޑިން ޓީޗަރުންނަށް ކުރިން ދެމުން އައި 1000ރ. ގެ އެލަވަންސް 2000ރ. އަށް ވެސް ވަނީ ބޮޑުކޮށްފައެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު ޖުމްލަ 419 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް ދައުލަތުގެ ބަޖެޓުން އަަހަރަކު 488 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ޓީޗަރުންގެ މުސާރަ ގިންތިކުރުމުގައި ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ލެވެލްއަށް ވެސް ރިއާޔަތްކޮށްފައިވެއެވެ.

އެގޮތުން ޑިގްރީ ލެެވެލްގެ ޓީޗަރުންނަށް މިހާރު ލިބެމުންދާ 12،000ރ. ގެ މުސާރައިގެ ބަދަލުގައި 19،467ރ. ގެ އެލަވަންސްއެއް ލިބޭނެއެވެ. އޭގެ އިތުރުން މާސްޓާސް ލެވެލްގެ ޓީޗަރުންނަށް މިހާރު ލިބެމުންދާ 15،633ރ. މުސާރައިގެ ބަދަލުގައި 20،895ރ. މުސާރައެއް ލިބޭނެއެވެ. ނަމަވެސް ޑިޕްލޮމާ ލެވެލްގެ ޓީޗަރުންގެ މުސާރައަށް އަންނާނެ ކުރިއެރުމެއް ހާމަ އެއް ނުކުރެއެވެ.

ޓީޗަރުންނާއެކު އެޑިއުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޑިގްރީ ލެެވެލްގެ ޑިވޮލޮޕްމަންޓް އޮފިސަރުންނަށް ކުރިން ލިބެމުން އައި 14،000ރ. ގެ މުސާރައިގެ ބަދަލުގައި 21،000ރ. ގެ މުސާރައެއް ދެން ލިބޭނެއެވެ. އަދި މާސްޓާސް ލެވެލްގެ ޑިވޮލޮޕްމަންޓް އޮފިސަރުންނަށް ކުރިން ލިބެމުން އައި 17،000ރ.ގެ މުސާރައިގެ ބަދަލުގައި 25،065ރ. ގެ މުސާރައެއް ލިބޭނެއެވެ.

ޓީޗަރުންގެ އާ އޮނިގަނޑު މިއަދު އެކުލަވާލާފައިވާއިރު ރޭންކުތައް ބަހާލީ ހާސިލް ކޮށްފައިވާ ތައުލީމަށް ރިޔާއަތްކޮށްފަވެ. އެގޮތުން ރޭންކް އެކަކީ ޑިޕްލޮމާ ހާސިލް ކޮށްފައިވާ ޓީޗަރުންނެވެ. އަިދ ރޭންކް ދޭކަކީ ޑިގްރީ ހާސިލް ކޮށްފައިވާ ޓީޗަރުންނެވެ. އަިދ ރޭންކް ތިނަކީ މާސްޓާސް ހާސިލް ކޮށްފައިވާ ޓީޗަރުންނެވެ. އޭގެ އިތުރަށް ހުރި ރޭންކްތަކަކީ ތައުލީމީގޮތުން އިތުރަށް ކުރިއެރުން ހޯދާފައިވާ ޓީޗަރުންނަށް ހާއްސަކޮށްފައިވާ ރޭންކްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ބަސީރާ

    ސިވިލސަރވިސް މުވަޒަފުން ކުރަނި މަސައްކަތެއް ނޫންތަ. ޞ

    56
    11
    • ޅަދު

      ރިސޯޓް ވެއިޓރުން ވެސް ...މުސާރަ، ސާވިސް ޗާޖް ، ޓިޕްސް އެކޮށް ... 35000 ގެޔަށް ގެންދޭ.... މާސްޓާސް ހަދާފަ ޓީޗަރުންގެ މުސާރަ 20000ރ. އަށް ބޮޑުކޮށްފި ބުނީމަ ލަދު ކޮބާ؟؟؟

      18
      26
      • ނިކް

        ގަމާރުވެ ހަދަދަވެރި ވެ ފިތުނަ ފަތުރަންވެސް ހައްދެއް އޮންނަންވާނެ ތީ ފުކެއް ބޮޑުވަރު…ދުނިޔޭގެ އެއްވެސް ތަނެއްގަ ޕްރައިވެޓް ސެކްޓަރއާ ހާއްސަކޮށް ސަރވިސް އިންޑަސްޓްރީގެ މުސާރަތަކާ ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްވަރެއް ނުވޭނެ.. ރިސޯޓު މުވައްޒަފުންގެ މުސާރައަކީ ސަރުކާރުން ދޭ އެއްޗެއް ނޫން.. އަދި ޓިޕްސްއަކީ ރިސޯޓު އޯނަރުންދޭ އެއްޗެއްވެސް ނޫން.. ލަދު ގަންނަންވީ ތަރައްޤީއޭ ބާނީ ޑޯރާއޭ ކިޔާފަ މަތިހަށި ނަގައިފަ އުޅުނު ބައިގަނޑަށް 5 އަހަރު ނިމުނު އިރު މިވަރުވެސް ނުވީމަ.. ދެން އަސަޑުވެ ރާޑިވީމަ ކިޔޭ ނުކިޔޭ ނޭގި މޮޅު ވާހަކަ ދައްކަން ނުހަދާ ހިމޭންވޭ…

        2
        4
    • ޙުސުގުެ

      ސިވިލްގެ އެހެން މުވައްޒަފުން މަހަަށްދާންވީ..އަހުރުމެން މމީ ބާކީބައެއް

  2. އާޝޯހު

    ދޮގު ނަހަދާ

    19
    3
  3. ޓީޗަރު

    ނާސަރީ ބޭބީނާސަރީ ކިޔަވައިދޭ ޓީޗަރުންމީ ޓީޗަރުންނެއް ނޫންތަ؟؟ މި މީހުންގެ މުސާރަ ބޮޑު ނުވާން 🙄ހ
    ހަމައެކަނި އެލްކޭޖީ ޔޫކޭޖީ އިން ފެށިގެން މުސާރަ ބޮޑުކޮށްދޭން

    35
    6
    • ލީމް

      ލެވަލް އަށް ފިޓުވަންޏާ ވާނެ… ނާސަރީ ބޭބީ ކޭޖޯ ކިޔާ ވީދޭނެކަނެއް ނެތް ރާޑި ނުވެ ހަޖަމުކޮށްލާ..

      1
      4
  4. ޓީޗަރު

    ނާސަރީ ބޭބީނާސަރީ ކިޔަވައިދޭ ޓީޗަރުންމީ ޓީޗަރުންނެއްނޫންތަ އަޅެ. މި މީހުންގެ މުސާރަ ބޮޑު ނުވާން

    36
    7
  5. ލިލީ

    ކޮބާ އަހަރެމެންގެ ހައްގުތައް

    32
    5
  6. ކިނބޫ

    ޤައިމު އައިސްތު ބުނި އިދާރީމީހުންވެސް ހިމެނެޔޭ، ކޮންތާކު މިޖެހުނީ

    33
    6
  7. ޝިފްލާ

    އިކޮނޮމިކްސް ޓީޗަރަށް އިންގޭން ތި ބޮޑު ކުރި މުސާރައިގަ އެއްވެސް ވެލިއު އެއް ނެތް ކަން، އިންފްލޭޝަން މައްޗައް ގޮސް އޮތް ތަނެއް ގެ 20000ރ އަކީ 2000ރ ކަމަށް ބަލާ. ފިހާރަ އަށް ގޮސް ކުޑަ ޕާނެއް 100ރ އަށް ގަންނަން ޖެހޭ ހިސާބުގަ އިގްތިސާދު އޮތީ. ލަންކާ ގަ ކުޑަ ފެން ފުޅި އެއް ލިބެނީ 43ރޕ އަށް 100 ޑޮލަރ މާރު ކޮއްލީ މަ ބޮޑުން ފައިސާ ބޮނޑި އެއް ލިބޭނެ އެކަމު އެއިން ގަނެވޭނީ 2އިރު ގެ ކޮއްތު! ސިޔާސީ ބޭނުމަށް ވެރިން މިއަދު ރައްޔިތުން ބޮަލަށް މަޅި ތައް މަހާ! ތި ފައިސާ އަކީ ބޭނުން ވަރަކަށް ސަރުކާރުން ޕްރިންޓް ކުރާ އެއްޗެއް، ދިވެހި ފައިސާ ގެ އެއްވެސް އަގެއް ނެތް، ހޭ އަރާ މީސްތަކުންނޭ! އިންޑިާގެ މަކަރު ވެރި މަޅި ތަށް މީ!!

    56
    11
  8. ލިލީ

    ސިވިލސަރވިސް މުވަޒަފުން ގެ ވޯޓެއް ނުލިބޭނެ

    55
    6
  9. ޔޘ

    މިރާޖޭގަ ދެންތިބޭނީ ހުސްޓީޗަރުން ކުދިންނައްކިޔަވާ ދޭނެއެވަރައް

    20
    1
  10. ވީވާ

    ތިލާރި ކޮޅު އަތުލަން ވިޔަފާރި ވެރިން ކަޅި އަޅަން ފަށައިފި

    30
    4
  11. ލޯބީގެ ޙުކުމް

    ރަށެއްގެ ކޯޓުގެ ގާޒީއަކަށް ލިބޭނީ މަހަކު 24،000 ރުފިޔާގެ މުސާރައެއް އޯޓީ ނޫލިބޭ. މީވެސް އިންސާފު؟

    19
    2
    • ޖާބިރު

      ބަލަ ގާޒީންނަށް ލިބެޔޭ ރިޝްވަތު އެލަވަންސް. އެ ނިކަން ބޮޑު ވާނޭ.

      27
      5
  12. ޢަލީ

    ތި ކަމުގައި އަޅުގަނޑުގެ ޚިޔާލު.

    ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން އުފާކުރަމެވެ. ނަމަވެސް ސްކޫލް ބަންދަށް އެ މީހުންނަށް ބަންދީފަ އަދި ސިވިލް ސަރވިސް މުވައްޒަފުނަށް ވެސް ލިބޭ ހުރިހާ ޗުއްޓީ އެއް ދިނުން ރަނގަޅެއް ނޫނެވެ. އެހެން ވެއްޖެނަމަ އިދާރީ މުވައްޒަފު ވެސް ސްކޫލު ބަންދަށް ޗުއްޓީ އަށް ފޮނުވާށެވެ.

    މުސާރައިގެ ފަރަގު ނައްތާލަދޭށެވެ. އިދާރީ މުވައްޒަފުންނަކީ ވެސް ބުރަ މަސައްކަތްތައް ކުރާ ބައެކެވެ.

    36
    4
    • މައި

      ސްކޫލު ބަންދުގެ އިތުރުން އިދާރީ މުވައްޒަފުންނަށްދޭ ހުރިހާ ޗުއްޓީ ލިބެޔޭ ބުނީމަ ގޯސް. އެހެން އެންމެންނަށް ލިބޭ އަހަރީ ޗުއްޓީގެ 30 ދުވަހަކީ ޓީޗަރުންނަށް އެކަޑެމިކް އިޔަރ ނިމިގެން ނޫނީ ޓަރމް ނިމިގެން އެލިބޭ 6 ހަފްތާ އަކީ. ޓީޗަރުންނަކަށް ނޯވޭ އަހަރުގެ ކޮންމެ ހިސާބެއްގަ ޗުއްޓީ ނެގުމުގެ މިނިވަންކަމެއް. މިޑް ޓަރމް ބްރޭކުގަ ކަމެއް އޮތިއްޔާ އަންގައިފިއްޔާ ނުކުންނަން ޖެހޭނެއޭ ބުނެފަ އޮންނަނީ. އެކަޑެމިކް ކަލެންޑަރުން މިޑް ޓަރމް ބަންދު ނުލާ ޓާރމް ބަނދުތަކަށް 2022 ގަ އިނީ ބަރާބަރު 30 ދުވަސް. ކިޔަވަދޭން ކުޑަދުވަސްކޮޅަކު ނަމަވެސް އުޅެލީމަ އެނގޭނީ ކިހާ އެގްސޯޓްވާ ވަޒީފާއެއްކަން އެއީ. އިތުރަށް ބަންދެއް ލިބުނަސް އެހަމަ ހައްޤު.

    • އައްޔާ

      އަޅުގަނޑުގެ ޚިޔާލު!
      ތި ބޭފުޅާ ޢަމަލީކޮށް ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެނޭ! އޭރުން އެމީހުން އުޅެންޖެހޭ ހާލު އެނގޭނީ. ހަފްތާއެއްގެ ތެރޭގައި ތި ބޭފުޅާ މޮޔަނުވިއްޔާ ކިތަންމެހައިވެސް ރަގަޅު!

      2
      1
  13. އިންތި

    ދެން އަހަރެމެން މީ ކިކުރާ ބައެެއް މިގައުމުގާ

    17
    4
  14. އަޝްރަފު

    އަހަންނަކީ ޓީޗަރެއް. ބައެއް ކޮމެންޓްތައް ކިޔާލީމަ ވަރަށް ދެރަވެއްޖެ. ބައެއް މީހުންގެ ސިޔާސީ ފިކުރު ހުންނަގޮތުން ކިތަންމެ ރަގަޅު ބަދަލެއް ޓީޗަރުންނަށް ލިބުނަސް އެކަމާ އުފާނުކުރާތަން. ވިސްނަވާ. ކިހާ ދުވަހެއްތޯ ކިތައް ރިޔާސީ ދައުރުތޯ ނިމިގެންދިޔައީ ޓީޗަރުންގެ އަގު ވަޒަންނުކޮށް. މިއަދު ހަގީގަތުގައިވެސް ވަރަށް އުފާވެއްޖެ. އަޅުގަނޑުގެ އާއިލާއަށް އަދި ހާއްސަކޮށް ދަރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް މިއީ. ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް ސޯލިހްއަށް.

    23
    36
    • ކަޅޯބެ

      ތީ ސިޔާސީ ރަންޑިޔެއް އިނގިލައްވަތޯ ގައުމުގެ ހާލަތު ލިބޭ މުސާރަކޮޅަށް ލިބޭ ވަޒީފާ މަގާމައަށް ގައުމުގެ މިނިވަންކަން އިޑިޔާގެ އަޅުވެތިކަމށް ދުއްވާލާފަ ސަނާތި ކިޔަނީ މި މަގާމު އޮވެގެން ތިލާރިވެސް ލިބޭނެ ގައުމުގެމިވަންކަމާ އިސްލާދިން މިތާ ހަމަޖެހިގެން އުޅެވޭނެ ކަމަށްވަންޏާ ތިކަހަލަގެ ދުނިޔެއަށް ހޭބަލިވާމިހުން ގިނަވާވަރަކަށް މީހުން މަގުފުރެދިގެންދާނެ މާދަމާ ސްކޫލް މުގައްރަރުގަ އޮންނާނެ އިންޑިޔާގެ ބުއްދާ އާބެހޭ މާދާއެއް މަޖުބޫރު މާދާއެއް ގެ ގޮތުގަ ކަލޭ ކިޔަވާދި ކުދިންނަށް އަށް އެއަށް ވުރެ ބޮޑުމުސާރަ އިންޑިޔާ އެންބަސީންދޭނެ ހޭބަލި ނުވެ ހުރެބަލަ ގައުމު އޮޔާދުއްވާލަފަ އިންޑިޔާގެ އުނގައްވެޓިފަ އޮތްތަން ފެނެލޭތަ

      25
      6
      • ހައްޤުބަސް

        ހަޤީޤީ ސިޔާސީ ރަންޑިނަކީ ތިޔައީ… އިންޑިއާއޭ ޗައިނާ އެމެރިކާއޭ ރަޝީޔާއޭ ވީދި ވީދި ކޮންމެވެސް ސިޔާސީ ހައްޕަޅިއެއްގެ ސިކުނޑިން ފެންވަރައިގެން ތެޅި ތެޅި ތިއްބާ ތިޔަ މީސް މީހުންގެ ހާތަށް މަލަކުލްމަޢުތު އަންނާނީވެސް.. ތިޔަ އިސްލާހެއް ނުވާނެ.. އަހަރެމެންނަށް ހެޔޮ ގޮތްވީމަ އެ ނިމުނީ ވެރިކަމުގަ ހުރީ ކާކުތޯ ކޮންޕާޓީއެއް ތޯ ލޯނުދެނީ އިންޑިއާއިންތޯ މުހިންމެއް ނޫން.. އިސްލާމް ދީން ނެތެނިއްޔޭ ޤައުމު ވިއްކިއްޔޭ ކިޔާ ހަޅޭ ބަޔަކު ހަޅޭ ފަޅޭ ޖަހާތާ 50 އަހަރުވެއްޖެ ތިޔައީ އާލަވައެއް ނޫން

        1
        3
      • Anonymous

        ކަޅުބޯ ތާކުން ތާކު ނުޖެހޭ ވާހަކަ ނުދައްކާ! އޭނަ އެ ދައްކަނީ އޭނަ ޝުކުރު ވެރި ވާހަކަ ދޯ. ސިޔާސީ ކަމަކާ ބެހޭ ވާހަކައެއް ނޫން!
        އެހެން މީހުންނަށް ލިބޭ އެއްޗެއް ފެނިފަ ހަސަދަވެރި ވަންޏާ މީހުންގެ އަނގަތައް ބަންދެއް ނުކުރެވޭނެ ދޯ. ކޮން އިންޑިޔާ އެއް؟ ބުދަކާ ބެހޭ މުގައްރަރެއް އޭނަ މި ގައުމުގެ ކުދިންނަށް ކިޔަވައެއް ނުދޭ. ކައެ ހަމައިގަ ހުރެ ކިޔާ އެއްޗެހިތަ؟
        ޑޯންޓް ބީ ޖެލަސް އޮފް އަދާ ޕީޕަލްސް ސަކްސެސް

    • ބެލެނިވެރިއެއް

      ޓީޗަރުންގެ މުސާރަ ބޮޑުވީތީ ހަމަގައިމުވެސް އަޅުގަނޑު ވަރަށް އުފާކުރަމެވެ. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ތިޔަ ލޮބުވެތި ޓީޗަރުން ކޮށްދެއްވާ ބުރަ މަސައްކަތްތަކަށް ހިތުގެއަޑިން ޝުކުރު އަދާކުރަމެވެ. ހުރިހާ ޓީޗަރުންނަށާއި ޓީޗަރުންގެ ލޮބުވެތި ޢާއިލާތަކަށް އުފާވެރި ދުވަސްތަކެއް ﷲ މިންވަރު ކުރައްވާށި! އާމީން

      5
      1
  15. ޢަލީ

    ސިފައިންނާ ފުލުހުންގެ ވޯޓުވެސް ނުލިބޭނެ ވަރަށް ސަލާމް.

    31
    6
  16. އުނބުޖާޑި

    ކޮންމެ ދައުރެއްގެ މުސާރަ ބޮޑުކުރަނަނީ %50 ން %60 އަށް އެޑިޔުކޭޝަން ތެރޭގައުޅޭ ޓެކްނިކަލް ބަޔަކަށާއި ޓީޗަރުންގެ ވަކި ގިންތިއަކަށް ޓާގެޓްކޮށްގެން. ޢެމީހުންގެ މުސާރަ 25 ހާހުންދިނީމަ އުޅެނީ ސޮޔާސީ ކަންކަމުގަ. ޓަނުގެ އެޑިޔުކޭޝަން އިދާރީ މުވައްޒަފުން ގުދާރުބިނދެނީ ހަނާވަނީ. މިވެރިން ކުރާކަމެއް ހަރާން. އަމިއްލަ ވިޔަފާރީގަ މަހުޖަނުންގޮތުގަ ތެޅިބާލަނީ. ސާބަހޭ. ތިޔަށްކިޔާނީ ކޮމިއުނިސްޓް ސިޔާސީ ޖަރީމާއޭ.

    21
    2
  17. ހަސަން

    2023 ސޯލިހު ހޮވޭތޯ ޖަހާ މަކަރެއް ތީ. ހަމަ ތިތައް ވެސް ވާނީ ބެޔަސް ނުބެޔަސް 10000 ހައް ވީ ވަރު. ލުދޭނަން ވޯޓެއް.

    20
    3
  18. ޟަރު

    މިއީ ސަރުކާރުން ގެނައި ނުރަގަޅު ބަދަލެއް

    24
    4
  19. ހައްގުމިންވަރު

    ސިވިލްސަރވިސް ވަޒީފާތަކުގައި އޮފީސްތަކުގައި އިދާރީ މަަަސައްކަތްކުރާ މީހުންނަކީ އަޅުން.؟ ކޮޅުންކޮޅަށް 7500 ހަމަވަނީ ކިރިޔާ. ބާޒާރުގެ އަގު ހުރިގޮތުން މީހަމަ އެއްވެސް އެއްޗެއްނޫން. މަސައްކަތު މީހުންނަށް 8000 ރުފިޔާއަށްވުރެ ބޮޑު އެއްޗެއްލިބޭ. ހަމަޔާ އިންސާފަކީ މީ؟

    21
  20. އަލީ ބުނީ

    ރޭންކް 6ގެ ޓީޗަރަކައް 50،000ރ ހަމަޖެއްސިނަމަ. ދޭކައްނުޖެހޭނެ އެރޭންކް ޓީޗަރުންވެސް ނޫޅޭނެ އެކަމަކު ނޫސްތަކުގަޖަހާލާ ޕޯޑިއަމްތަކުގަގޮވާލަން ކިހާސަޅިވާނެ.

    15
  21. ރަން ރީނދޫ

    ޓީޗަރުން ގެ ފޮޓޯ ޖަހައިގެން ވެރިކަމަށް އައިސް، ދައުރު ނިމޭން އަހަރަކަށް ވީމަ،ޓީޗަރުންނަށް ވީ ވަޢުދު މިފުއްދަނީ.ސޯލިހު މިއީ މަކަރުވެރި ހިޔަޅެއް.އެވެސް ރައްޔިތުންގެ ތާއީދެއް ނެތްކަން އެނގި ،އަންނަ ދައުރަށް ޖައްސާ ކެމްޕޭން ސްޓަންޓް.

    20
    • Anonymous

      3 އަހަރު ކޮވިޑް އަށް ކަނޑާލީމަ، މިސަރުކާރު ކަންކަން ކުރަމުންދާގޮތް އާންމުންނަށް ވަރަށް ސަޅި. ނުވެދާނެ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ މީހުންނަށް. ލޮލް

  22. ލުލު

    އަހަރެމެން މުސާރަ ބޮޑު ނުކޮއްފިއްޔާ ވޯޓެއް ނުލާނަނ

    19
  23. Anonymous

    މީގެ ސަބަބުން އަނެއްކާވެސް ތަކެތީގެ އަގު އުފުލޭނީ

    21
  24. މިރުސް

    ހަމަ އެއްގޮތެއްވެސް ނުއޮންނާނެ، އިހަށް ދުވަހު މަސައްކަތު މީހުންނާއި، ރިސޯޓުތަކުގެ މިނިވަން ވޭޖުން ޢަމްދަނީ އިތުރުވީ. މަސައްކަތު މީހަކަށް 2000 ވަރު ލިބުނު އިތުރަށް ރައްޔިތުންނަށް އެއްޗެއް ދީފައި އޮތީއްޔާ އޮތީ އެމްޑީޕީ ސަރުކާރުގަ

    5
    20
  25. ޑެޑުއހފޯސް

    ޢިންޑިޔާ އަޑީގަ އޮވެގެން ކައިރި ޤައުމުތައް ގަންނަނީ ޑޮލަރު މަޅިއާ ލޯނު ދަރަނި ޖައްސާފަ ދަރަނި ދޭންޖެހެނީ ޑޮލަރުން އެކަމު ރިސޯޓު ކުލި ކުޑަކޮށް އަދި އެވެސް ދައްކަންޖެހެނީ ރުފިޔާއިން. މިހާރު ލަންކާ، ބޫޓާން، ނޭޕާލް އިންޑިޔާއިން ގަނެފި އެތަނުގެ ވެރިބްނަށް ލާރިގަނޑެއް ދީފަ. ދެން މުސަރަހައްދު އެންމެ އަގުބޮޑު ޤައުމު ރާއްޖެ މިހާރު ވަނީ ގަނެފި ރާއްޖޭގެ ހަރާންކޯރު ވަގުންނަށް ޚިޔާނާތްތެރިންނަށް ލާރިގަނޑެއް ދީފަ.

    15
    • ކަމަނަ

      ނުކިޔަވާ ތިބި މަޖިލިސް މެންބަރުންނަށް 800000 ރ ކިޔަވާގެންތިބިމީހުންނަށް ތީ ކޯޗެއް

  26. ދޮހިކަރު

    ހެޔޮ އެއްގޮތްވެސް ނޯންނާނެ. އެކަކަށް އެއްޗެއް ލިބިއްޖެޔާ އަނެއް ބަޔަކު ހިންހަމައެއް ނުޖެހޭނެ.

    1
    1
  27. ޙަަަހަ

    ބަލަ ޓީޗަރުން މުސާރަ ބޮޑުކުރުމަކުން ބެލެނިވެރިންގެ ޖީބަށް ވަކި ލުޔެއްނުވެޔޭ ، ޖެހެނީ ހަމަ ބޮޑުޚަރަދުކޮށްގެން ޓިއުޝަންތަކަށް ފޮނުވަން ، ކީއްތަވާނި ދަރިވަރުންނަށް ޓިއުޝަން ފީ އެއް ދައުލަތުން ދިނިއްޔާ

  28. ރެފްރީ

    މުސާރަބޮޑުކުރީމަ އިންޑިއާއައުޓޭމެން މުޒާހަރާނުކުރޭބާ ؟

    7
    2
  29. އިދްރީސް

    މުޅި ދައުލަތުގެ ހުރިހާ ފައިސާ އެއް ޓީޗަރުންނަށް ހިބަ ކޮށް ދިން ނަމަވެސް ހީނުވޭ ރައީސް ސޯލިހް 2023 އަށް ހޮވޭނޭ ހެން.

  30. މުހަންމަދު

    ނުކިޔަވާތިބެ، ސިޔާސީ މަގާމުގަތިބޭ މީހުންނަސް 50000 ރުފިޔާ އާއި 80000 ރުފިޔާ.....

  31. ހެލްތް

    ތި ހެލްތް މީހުންނަން ބޮޑު ކޮއްބަލަ..ކިހާ ދެރަވެއްޖެ ކަމެއް ދެންމީ....

    2
    1
  32. ސެންޗޯ

    ބުރުގާނާޅާ މިނިސްޓަރ ހުރީމަ ހާދަ ފަޅޭ

    2
    1
  33. ވިސްނާ

    ހުރިހާ މީހުންވެސް ބޮޑުމުސާރަ ބޭނުންވާނެތާއެވެ އެހެން
    ނަމަވެސް މުސާރަތަކާ ކުޅުމުގެ ކުރިން ދައުލަތުގެ ދަރަނި
    ނަމްބަރުތައްވެސް ބަލަން ޖެއެވެ މިހާރުވެސް އިންތިހާދަރަޖާގެ ބޮޑު ދަނި ދައުލަތުގެ ބޮލުގައި އޮތްއިރު
    އެކަމަށް މުޚާތަބު ނުކޮށް އިތުރު ބުރައެއް ދައުލަތަށް
    ދިއްކޮށްލުމަކީ ބުއްދިވެރި ގޮތެއްނޫނެވެ
    އަވައް ޓެރި ލަންކާއަށް ކުރިމަތިވެފައިވާ ދަތިހާލަކީ އަޅުގަނޑު
    މެންނަށް އޮތް ފިލާވަޅެކެވެ އަދި އިންޒާރެއްވެސް މެއެވެ
    މާލީ އިދާރާތަކުން ރާއްޖޭގެ ދަރަންޏާމެދު ކަންބޮޑުވާއިރު
    ސަރުކާރުން އެކަން ސީރިއަސްކޮށް ނުނެގުމަކީ ވަރަށްބޮޑު
    މައްސަލައެކެވެ ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ހަނގުރާމަ
    ތައް ކުރަމުންދާއިރު އަދި ރާއްޖޭގެ އާމްދަނީ މުޅިންހެން ޓްވަރިޒަމަށް ބިނާވެފައިވާއިރު ދަރަނި ދެއްކުން އެންމެ އިސް
    ކަމަކަށް ހަދަންޖެހެއެވެ އެހެންނޫންނަމަ ނުރައްކާތެރި
    ހާލަތެއް ރާއްޖެއަށް މެދުވެރިވުން ގާތެވެ!

    2
    1
  34. ފަލާޙް

    ރޭންކު 2 ގެ މުސާރަ ހަޤީޤަތާ ޚިލާފަށް ލިޔެފަ ތިއޮތީ