އަންނަ ސެޕްޓެމްބަރ މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު، 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2018 ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 04 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ 3 ވަނަ ފަންގިފިލާއަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2018 ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 04 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.
ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ އާއި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ހަމަވާން ޖެހޭނެއެވެ. އަދި ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ހުށަހަޅާ މީހެއްގައި ހުންނާންޖެހޭ ޝަރުޠުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުޠުތަކެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކީ އެއްވެސް އިރެއްގައި ބޭރުގެ ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ، ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ވެފައިވާން ޖެހޭނެއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓު ފަހުންނެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިންނެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްން ޑައުންލޯޑު ކުރެވޭނެއެވެ.
ދައުލަތުގެ ފައސާ ޙަލާލު ނޫން ގޮތުގައި އަމިއްލަ ގެއަށް ގެނައިކަމަށް އިއުތިރާފްވެފަ ތިބި މީހުންގެ ފޯމް ބަލައިނުގަތުން އެދެން. ދިވެހި ދައުލަތުގެ މާލިއްޔަތުން ބިލިއަނުން ވައްކަން ކުރެވުނު ވެރިކަމެއް ތަކުރާރު ކުރަން ދައުލަތުގެ މުއައްސަސާއަކުން ފުރުސަތު ދީގެން ނުވާނެ
ދައުލަތުގެ މުދަލުގައި ހުޅުޖަހައި ދީނަށާއި ރަސޫލާއައް މަލާމާތްކޮއް ދައުކަތުގެ ހަރަދުތައް ގަޥައިދާހިލާފައްކޮއް ބޯވާންނެ ބޮވެންޖެހޭނެ ކަމާއި މީހުން ނިދާފަތިއްބަ ވަގައްނަގައިގެން ގެންދިޔަކަމައް އިއުތިރާފުވި ވެރިކަމެއް ތަކުރާރުވުމައް ދައުލަތުގެ މުއައްސަސާތަކުން ފުރުސަތު ދީގެން ނުވާނެ
ޓެރެރިޒަމްގެ ދައުވާ ކޮއް ސާބިތުވެ ހުކުމްކޮށްފައިވާ އެއްވެސް މީހަކާއި، މީހުންގެ އަބުރު ކަތިލާ މީހުންގެ ފޯމުވެސް ބަލައި ނުގަތހުމައް ދަނނަވަން.
އޭ ރިޝީ މޮޔަ ނުގޮވާ!!އަމިއްލަ މަންފާޔައް ކުޑަ އަގަކައް ޤައުމު ވިއްކާލި އަދި އަމަލުން ވައުދު ނުފުއްދޭ ބައެއް ތި އެމްޑީޕީ ގަވތި ހުރީ.ރިޔާސީ ވައުދަކައް މި މީހުން މި ގޮވަނީ ސިޔާސީ ލީޑަރުން ދޫ ކޮއްލާނަމޭ.!!އެ ބައިގަނޑު އެ އުޅެނީ ގައުމު ތަރައްގީ ކުރަންބާ ނޫނީ ވަކި މީހެއްގެ މަންފާ އައް ބާ؟؟އަމާ ބުނީތީ ފަރައް ދާ އުސޫލުން ހޮވިފަ ތިބި ބައެއް އިދިކޮޅުގަ އެ ތިބީ...އެހެން ގޮތަކައ ބުނަނީނަމަ ޕަޕެޓުން ތަކެއް...ގާސިމް އައް ބުނެލަން އޮތީ ތިމާ ބުރަ މަސައްކަތުން ހެދި ޖޭޕީ މިއަދު އެއު ޅެނީ އެހެން ބައެއް ވެރި ކޮއްލައިގެން..ތިމާގެ އަމިއްލަ ޕާޓީގަ ތިމާގެ ބަހެއް ނުވިކެ...ކަން ކުރަމުން ދަނީ އެމްޑީޕީ މީހުން ބޭނުން ވާ ގޮތަކައް...ދުވަސް ކޮޅަކުން ޕާޓީގަ ހުރި ރައްޔިތުން ކޮޅުވެސް އިސާ ހިތަކު ގެއްލި ހިނގައި ދާނެ....ވަރައް ވާހަކަ!!!
އިސްލާމު ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމުދީނަށް ނިކަމެތިކޮންހިތާ، ރަށްރަށުގައި ބުދުބަހައްޓާ ގަނޑުވަރުތެރޭ ބަނގުރާ ގެންގުޅެ ފުލުހުންގައިގައި ތަޅާނެ ކުދިންކޮޅެއްހޯދި ސިވިލް ސާވަންޓުއްގެ މުސާރައިން ބައެއްފޭރިގަނެ މުޅިގައުމުގައި އަލިފާންރޯކޮށް އެތަށްގެއްލުމެއްދިން ބަޔަކަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ދީގެންނުވާނެ ހުރިހާ ރައްޔިތުންވެސް މިކަން ގަބޫލުކުރުން އެދެން....