ސެންޓާ ފޯ ހަޔާ ސެކެންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އިން ދަރިވަރުންނަށް "ލަންޗް ބްރޭކް" ނުދޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެ ސްކޫލުން ދޮގުކޮށްފިއެވެ.

ސީއެޗްއެސްސީގައި ލަންޗް ބްރޭކް ނުދޭކަމަށް ބުނެ އަޑުތައް އެންމެ ބޮޑަށް ގަދަވީ މެލޭޝިއާއިން ސެޓިފައިޑްވެގެން އުޅޭ މަޝްހޫރު ޑައިޓީޝަން އާސިޔާ އަބްދުއް ރަހީމް އެފަދަ ވާހަކަތަކެއް ދެއްކެވުމުންނެވެ.

އާސިޔާ ވިދާޅުވެފައިވާ ގޮތުގައި ސީއެޗްއެސްސީގެ ދަރިވަރުންނަށް ލަންޗް ބްރޭކް ނުލިބޭތީ ވަރަށް ދެރަވާ ކަމަށާއި ކުދިންނަށް ލަންޗް ބްރޭކް ނުލިބޭނަނަމަ ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާތައް ނުލިބި ބޮޑެތި ބަލިތަކަށް މަގުފަހިވެދާނެ ކަމަށެވެ.

ނަމަވެސް ސީއެޗްއެސްސީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ "ވަގުތު"އަށް ވިދާޅުވީ އާސިޔާގެ ވާހަކަތަކުގައި ހަގީގަތެއްް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ކޮންމެ ސެޝަނެއްގައި ދަރިވަރުންނަށް ކެއުމަށް 15 މިނެޓްގެ ބްރޭކްއެއް ދޭ ކަމަށެވެ. އަދި އޭގެ އިތުރުން ނަމާދަށް ވެސް ވަކި ބްރޭކެއް ދޭ ކަމަށް ވިދާޅުވިއެވެ.

"ކުދިން ހަމަ ބަތް ގެނެސްގެންވެސް ކައި. ދެން އަނެއްކާ ކެންޓީނުން ވެސް ހަމަ ރަނގަޅު ކެއުން ހުންނާނެ. ޖަންކް ފުޑްސްއެއް ނޫން ހުންނާނީ" ސޮފޫރާ ވިދާޅުވިއެވެ.

ސޮފޫރާ ވިދާޅުވީ އެ ސްކޫލުގައި މިހާރު ކިޔަވައިދިނުން ރާވާފައި ވަނީ ވީހާ ވެސް އަވަހަށް ދަރިވަރުން ސްކޫލުން ނިންމާ ޓިއުޝަންތަކަށް ވެސް ދެވޭ ގޮތަށް ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަންނެއްގޮލާ

    އަޅުގަނދަކީ ސީއެޗްއެސްއީއިން މީގެ 3 އަހަރު ކުރިން ގުރެޖުވޭޓުވި މީހެއް. މިއީދަރިވަރުން ކިޔަވަން ހެޔޮވާވަރުގެ ވެއްޓެއް ނޫން.ބުރޭކެއް ލިބޭ 30 މިނެޓުގެ އެގަޑީ ބޭރަކައް ނުދެވޭކާކައް.ގަޑިޖެހެންދެން ހުނަން ޖެހެނީ ކުޑަ ކުޑަ ޗެފެތޒިރިޔާ އެއްތެރޭ ކިޔުގަ.އަޅުގަންޑު ކުލާސް ރޫމު ހުނަނީ އަމީނިއޔާ އިންވެގެން ހުންނަ އިމާރާތު ލައިބުރަރީ ތެރޭ.އެތަނައް އިރުގެ އަލިކަމެއް ނުވަންނާނެ ދެން އެ ހޮހަޅައިގަ މުޅިދުވަހު ހުނަން ޖެހެނީ ވަރައް ފޫހި މާހައުލެއް ކިޔަވާހިއް ކެނދިގެން ދިޔަ އެތަނައް ދިޔުމުން.

    2
    1
  2. Anonymous

    ސީއެޗްއެސްސީ އަށް ދިޔައަސް ހުރިހާ ކުދިން ޓިއުޝަން ނަގަން ޖެހޭ ! އެތަނުން ކުދިންނަށް އެއްޗެއް ކިޔައި ނުދެނީތޯ ހުރިހާ ކުދިން ޓިއުޝަން ނަގަންޖެހެނީ !

    3
    1
  3. އަޙުމަދު

    ދަރިވަރުންނަށް ކެއުމަށް 15 މިނެޓްގެ ބްރޭކްއެއް ދޭ ކަމަށެވެ. އަދި އޭގެ އިތުރުން ނަމާދަށް ވެސް ވަކި ބްރޭކެއް ދޭ ކަމަށް ވިދާޅުވިއެވެ.
    ކަނޑައެޅިގެން ދޮގެއް. ހަމައެކަނި ދެނީ ނަމާދުކުރުމަށާ ކެއުމައް މުޅިއެކު ޖުމްލަ 15 މިނެޓް. ކިހިނެއް ނަމާދުކޮށްފަ ކައިހަދާނީ އެއްމެ 15 މިނެޓްތެރޭގައި. ހެނދުނު 10 ގައި ދާކުދިން ނިމެނީ މެންދުރުފަހު 3.30 ގައި. އެކުދިންނަކަށް މެންދުރު ކެއުމަކަށް ވަގުތެއް ނުލިބޭ.

  4. މަނިކެ

    އަޅެދޯ، ކޮންކަހަލަ ޑައިޓީޝަނެއްތަމި، ލަންޗް ބްރޭކް ނުދީގެން ކުދިންނަށް ބޭނުންވާކާނާ މަދުވެ ނުރައްކާތެރި ބަލިތަކާ ކުރިމަތިވާނެ ގޮތެއް ބުނެދީބަލާ ފުރަތަމަ. ވެދާނެ މެލޭ އިން ކިޔެވީމާ ވާގޮތެއް ކަމަށްވެސް. ސީ.އެޗް.އެސް.އީ ގެ ކުދިން ސްކޫލްފައި ހޭދަ ކުރާނީ ގިނަވެގެން 3 ނުވަތަ 4 ގަޑިއިރު ބާކީ ވަގުތު ހޭދަކުރާނީ އެކުދިން ގޭގައި، ގިނަ ކުދިން ގޭގައި ހަދާ ކާއެއްޗެހި ކާނެ އަދި ނުވާތާކަށް އޯޑަރ ކޮށްގެން ގެނެސްގެންވެސް ކާނެ،، ދިވެހިން ގޭގައި ކައްކާ އެއްޗެހި ކެޔުމަށް ފަހު ހަޖަމްވާން ވަރަަށް އިރު ނަގާނެ. މިގޮތުން ގޭގައި ނޯމަލް މީލް އެއް (ބަތް، ރިހަ، ފްރައި ފުޑް، ކުކުޅު، މަސް) ބޭނުން ކޮށްފިއްޔާ އެ ހަޖަމްވާން 8 ގަޑިއިރު ބޭނުން ވާނެ، ލައިޓް މީލެއް ( ބްރެޑް، ރޮށި، ބޭކަރީ ޕްރޮޑަކްޓްސް، މެވާއާއި ތަރުކާރީ، ޗިޕްސް) ނަގާފިއްޔާ ހަޖަމް ވާން 6 ގަޑި އިރު ނަގާނެ. ދިވެހިން ހަދާ ކާއެއްޗެހީގައި ކަަރބޯހައިޑްރޭޓްސް، ފެޓްސް، ޕްރޮޓީންސް، ވިޓަމިންސް، އަދި މިނަރަލްސް އެކުލެވިގެންވޭ. ޢެހެން ވީމާ މިކުދިން މަލްނަރިޝްވެ އެކިއެކި ބަލިތައްޖެހި ހެދި ބޮޑުވުމުގައި އެއްވެސް މައްސަލައެއް ދިމާވެދާނެ ގޮތެއް ބުނެދީބަލާ. ސްކޫލްގައި ހޭދަކުރާ އިރު ޤަވައިދުން ލަންޗް ބްރޭކް ދޭ އަދި ކެންޓީނަށް ގޮސް ގިނަކުދިން ކާވެސް ހަދާ، އެކުދިން ލަންޗް ބްރޭކް ނުނެގިޔަސް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ، ކެރެންޏާ ދިރާސާއެއް ކޮށްބަލާ. ކަމާބެހޭ ދާއިރާއިން މައުލޫމާތު ނޭގިހުރެ ވާހަކަ ދެއްކުމަކީ ކަނެއްގެ އަތަށް ކަނޑިއެއް ދިނުމަށްވުރެވެސް މާނުރައްކާތެރި ކަމެއް.

    2
    2
  5. މަނިކު

    ސީއެޗްއެސްސީ ގެ ބަޖެޓަށް ވާގޮތެއްވެސް ނޭގެ.ގިނަ ކަންކަމުގަ ބެލެނިވެރިން އަތުން ލާރި ނަގަނީ. ބައެއް މުއައްޒަފުންނަށްވެސް ތަފާތުކުރުންގެންގުޅޭކަމަށްވަނީ.ތަނުގެ ހުރިހާ މުއައްޒަފުން ބައިވެރި ކުރާކަހަލަ ކަންކަމުން ވަކި ބަޔަކު ބައިވެރި ނުކޮށް އެކަމު ބޯ ގިނަކުރަން ބޭނުންވާ ކަންކަމަށާ ލާރި ނަގާ ކަންކަމަށް ބާކީ ކުރި މުވައްޒަފުންލާ.އަދިވެސް ތަނުގަ އެޓެންޑަންސް މާކު ކުރަން ލޮގް ފޮތުގަ ސޮަައެކުރަނީ އެވެސް ވަކި ބަޔަކަށް މަކަރު ހަދަން ފަސޭހަޔަކަށް..ތިތަންތީ މެނޭޖްމަންޓް ބަދަލުކުރަންވެފަ އޮތްތަނެއް

    2
    1