އޭ ލެވެލް ނުވަތަ މަތީ ސާނަވީ އިމްތިހާނުގައި މިހާތަނަށް ރާއްޖޭގެ އެއްވެސް ދަރިވަރަކަށް ނުލިބޭ ވަރުގެ ކާމިޔާބީއެއް ސީއެޗްއެސްއީގެ ޝާއިން މުހައްމަދު ރިއްފަތު ހޯދައިފި އެވެ.

އޭ ލެވެލް އިމްތިހާނުގައި ޝާއިން ހަތަރު މާއްދާ ހެދިއިރު އޭގެ ތެރެއިން ތިން މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ، އަނެއް މާއްދާއިން މުޅި ދުނިޔެއިން ދެވަނަ ވަނީ ހޯދައިފަ އެވެ. ތިން މާއްދާ އިން އޭނާ ދުނިޔެ އިން އެއްވަނަ ހޯދީ އެތިން މާއްދާ އިން ވެސް ފުލް މާކްސް ހޯދައިގެންނެވެ. ދެވަނަ ހޯދި މާއްދާއިން ވެސް އެއްވަނަ ނުލިބުނީ އެންމެ މާކުހެއް މަދުވެގެން ނެވެ.

މެތްސްއާއި ފިޒިކްސް އަދި ފާދަރ މެތަމެޓިކްސް އިން މުޅި ދުނިޔެއިން އެއްވަނަ ހޯދީ ކޮންމެ ޔުނިޓަކުން ސައްތައިން ސައްތަ މާކްސް ހޯދައިގެންނެއެވެ. ކެމިސްޓްރީން ދުނިޔެއިން ދެވަނަ ލިބުނީ އެންމެ މާކުހެއް މަދުވެގެންނެވެ.

އޭގެ އިތުރުން އޭ ލެވެލްގެ ދިވެހި އިސްލާމުން ވެސް އޭނާ ވަނީ އޭ ސްޓާ ހޯދައިފަ އެވެ.

ޝާއިން ވަނީ ސީއެޗްއެސްސީގައި ޑެޕިއުޓީ ކެޕްޓަން ކަމާއި އަދި ޕްރިފެކްޓް ކަމުގެ މަގާމު ވެސް އަދާކޮށްފަ އެެވެ.

މީގެ ކުރިން އޯ ލެވެލް އިމްތިހާންގައި ވެސް ޝާއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޯ ލެވެލްގައި އަށް މާއްދާ ހަދައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި އޭނާ ވަނީ ޓޮޕް ޓެންގެ އެއްވަނަ ވެސް ހާސިލުކޮށްފަ އެވެ. އޯ ލެވެލްގައި އަމިއްލަ ގޮތުން އެކައުންޓިން އޭނާ ހެދިއިރު އެ މާއްދާއިން ވެސް އޭނާ އޭ ސްޓާ ހާސިލު ކުރި އެވެ.

އޭލެވެލްގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނުމުން އޭނާ އަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބޭނެއެވެ. އޭނާ ބޭނުންވަނީ ކޭމްބްރިޖު ޔުނިވަސިޓީން މަތީތައުލީމް ހާސިލްކުރަން ނަމަވެސް އެޔުނިވަސިޓީން ޖާގަ ލިބެނީ މާސްޓާސް އާއި ހަމައަށް ކޭމްބްރިޖުގައި ކިޔަވާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ލިބެނީ ފަސްޓް ޑިގްރީ އާއި ހަމައަށް ކިޔެވުމަށެވެ.

"ކޭމްބްރިޖަށް ދެވެން އަންނަނީ މާސްޓަރސްއަށް ކިޔެވޭނެ ކަމުގެ ޔަގީންކަން ލިބިގެން. އިތުރު ސްކޮލަރޝިޕެއް ނޫނީ ސްޓޫޑެންޓް ލޯނެއް ލިބިގެން" ޝާއިން "ދަރިވަރު" ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ. އޭނާގެ އުއްމީދަކީ އޭނާއަށް އެ ފުރުޞަތު ސަރުކާރުން ނޫނީ އަމިއްލަ ފަރާތަކުން ނަމަވެސް ހަމަޖައްސައި ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަބްދުލްމުހައިމިން ޙުސައިން

    މަރުޙަބާ ޝާއިން.

    99
    1
  2. ޖަމާލު

    ތިޔަ ދަރިވަރު ބޭރު ޔުނިވަސިޓީއިން ޑރ ކަން ކިޔަވައިގެން މި ގައުމަށް ހިދުމަތެއް ކުރަން އަންނާނެ ކަމަށް ހީކުރަން

    59
    2
  3. ނަޙުލާ

    ޤާސިމްބެ ތިކަން ކޮށްދީފާނެ ތޯއްޗެއް .

    42
    2
  4. ޜަސް

    މާޝާﷲ..
    އަހަރެމެންގެ ދަރިންނަކީ ޚުލްގުހެޔޮ ބަަސްއަހާ ކިޔެވުމަށްމޮޅު ހިތްއަލި ދީންވެރި ދަރިންތަކެއް ކަމުގައި ލައްވާނދޭވެ ..
    އާމީން

    113
  5. މިއަދު ލިބުނު އެންމެ އުފާވެރި ޚަބަރު

    މާ ޝާ ﷲ! މަރުޙަބާ ޝާއިން!

    87
    1
  6. މ

    މާޝާﷲ. ވ ވ ވ މޮޅު. ސީއެޗްއެސްއީގެ ކުރީގެ ދަރިވަރެއްގެ ހައިސިއްޔަތުން ބުނެލަން. ހަމަ ޔަގީނުންވެސް އިބުލައް ވުރެ މިގައުމުގެ ރައީސް ކަމަށްވެސް ޝާއިން މާ ރަނގަޅުވާނެ.

    13
    3
  7. އަހުމަދު

    މާ ޝާ ﷲ! މަރުޙަބާ ޝާއިން

  8. އަލިމުތް

    ތި މޮޅެތި ވަނަތަށް ހޯދުމުގެ މާ ބޮޑު ބޭނުމެއް ނެތް. މާދަންވެސް ރައްޔަތުން ވޯޓުލާ މަގާމަކަށް ކުރިމަތި ލާބަލަ. ރައްޔަތުން ހޮވާނީ ރަށުގަ ނުކިޔަވާ މަގުމަތީ އަވަގުރާނަ ގޮވާ ގިފިލި ބަލަން ދުވާ މީހާ! ސަރުކާރުން މަގާމެއް ލިބޭނީ ޕޯޑިއަމް ތަކަށް އަރާ މީހުންގެ އަބުރު ކަތިލާ ބާރަށް ހަޅޭއް ލަވާ މީހާ! އެކަމަކު ވެސް ތި ހޯދި ނަތީޖާއަށް މަރުހަބާ! ކޮންމެ އަހަރަކު އަހަރު ނިމޭ އިރު މި ކަހަލަ ހަބަރު ފެނޭ. އެކަމަކު އޭގެން ކުއްޖެއްގެ ގާބިލިއްޔަތު ދެއްކޭނެ މަގެއް މި ގައުމުގަ ނޯވޭ. ރައްޔަތުން ވެސް އެހެން...ސަރުކާރު ވެސް އެހެން. ކިޔެވުމަކީ މި ގައުމުގަ މިހާރު މާ މުހިންމު ކަމެއް ނޫން!

    12
  9. ދިވެހި

    ވަރައް އުފާވެރި ހަބަރެއް . މަރުހަބާ
    އުއްމީދު ކުރަނީ ފަނަރަ ވަރަކައް އަހަރު ފަހުން މިދިވެހި ފަސްގަޑުގައި އާސާފު ހަކަތައިގެ ނިޒާމެއް ގާއިމު ކުރެވި ދިވެހިންނައް ފަހި ދިރިއުޅުމަކައް މަގުފަހިވެގެން ދާނެ ކަމައް. އަސްކަރިއްޔާއައް ބޭނުންވާ އެންމެޒަމާނީ ސާމާނު މިދިވެހި ބިމުގައި ތައްޔާރު ކުރެވޭނެ ދުވަހެއް ފެނިގެން ދިއުމުގެ އުއްމީދުގެ ހުޅުކޮޅު
    ސަލާމް

  10. މާޝާﷲ!!ހެޔޮދުއާ އާ އިތުރު ކާމިޔާބަށް އެދެން

    މިހާ ރަގަޅު ނަތީޖާއެއް ހޯދަން ޝާއިން މަސައްކަތް ކުރިގޮތާ ވީ ޤުރުބާނީތަށް ކަޔާލަދީބަ ޕލޒ. ޢެހެން ކުދިންގެ މޯޓިވޭޝަންއަށް. ކިޔެވުން ގެންދިޔަގޮތާ ބޭނުންކުރި އުކުޅުތައް. ޢޭ* ހޯދަން ކުދިން ކުރަންޖެހޭ ކަންތަކާ މެޓީރިއަލްސް ތަކާ ވެބްސައިޓްސް ތަކާ ޓްރިކްސް. ޥަގުތު ކުދިން ޕލޒ ޑީޓެއިލްޑް އާރޓިކލް އެއް ގެނެސްދެއްވަބލަ ޝާއިންގެ.ވ އުއްމީދާއެކީ ކުރާ އާދޭހެއް.

  11. ދިވެހި މުސްކުޅިން

    ސާބަހޭ ޝާއިން . ތިޔައީ ފިސާރި ދަރިއެއް އުޖާލާ މުސްތަޤުބަލެއް ރިވެތި އަޚްލާޤެއް މަރުހަބާ ދަރިފުޅަށް