ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާގައި، ދައުލަތުން މަޢުމޫނާ ދެކޮޅަށް ހުށަހެޅި ބައެއް ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައިވަނީ މަޢުމޫނުގެ މައްޗަށް ދައުލަތުން އުފުލި މިދައުވާގެ ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހެޅި ހުށަހެޅުންތަކަށް ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުޅަހެޅުންތަކުގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ތިން ހުށަހެޅުމެކެވެ. ފުރަތަމަ ހުށަހެޅުމަކީ ހެކިބަސްދޭ މީހާއަށް ހިމާޔަތް ލިބިދެވޭގޮތަށް ހެކިބަސް ނެގުމަށް ހުށަހެޅި ހުށަހެޅުމެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އެގޮތަށް ހުށަހެޅީ ސިއްރު ހެކިންގެ މަޢުލޫމާތު ދައުވާލިބޭ ފަރާތަށް ލިބިއްޖެނަމަ ހެކިވެރިންގެ ސިއްރުކަން ގެއްލިދާނެތީއާއި، ސިއްރު ހެކިންގެ މަޢުލޫމާތު ހާމަވެއްޖެނަމަ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށެވެ. އެހެންކަމުން ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ދައުވާ ލިބޭ ފަރާތާ އެއްހާޒިރު ނުވާނެހެން އެހެން މާލަމެއްގައި، އަޑު ބަދަލުކޮށްގެން ނަގައިދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިލެއްވިއެވެ.

ދައުލަތުގެ މި ހުށަހެޅުމަށް ރައްދު ދެއްވަމުން މަޢުމޫންގެ ވަކީލުން ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން ހެކިބަސް ނަގާނަމަ ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށާއި، ސިއްރުން ހެކިބަސް ނެގޭނެ އިޖުރާއަތެއް ޤާނޫނުގައި ނެތް ކަމަށެވެ. ސިއްރުން ހެކިބަސް ނެގުމާ ދެކޮޅަށް ކުރީގެ ރައީސް މަޢުމޫން މިއަދުގެ ޝަރީއަތުގައި ވިދާޅުވީ، ސިއްރުން ހެކިބަސް ނެގުމަކީ ދޮގު ހެކިބަސް ދިނުމަށް ފުރުޞަތު ހުޅުވާލެވިގެންދާ ކަމެއް ކަމަށާއި، ސިއްރުން ހެކިބަސް ނެގުމަކީ ޤާނޫނީ ގޮތުންވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން، ހެކިބަސް ނަގަންޖެހޭނީ ޝަރުއީ ކޯޓުގައި ދެ ހަސްމުންގެ ހާޒިރުގައި، އިސްލާމީ ޝަރީއަތުގައި ނޯންނާނެ ސިއްރު ހެކިބަހެއް، އެއީ ދޮގު ހެކިބަސ ދިނުމަށް ހުޅުވާލެވޭ ފުރުޞަތެއް، ސިއްރު ހެކިބަހުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދޭ، އަޅުގަނޑު މިހާރުވެސް މިހުރީ އެގޮތަށް ގެއްލުން ލިބިފައި" މަޢުމޫން ޢަބްދުލްޤައްޔޫމް މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް މަޢުމޫނާއި އެމަނިކުފާނުގެ ވަކީލުންނަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތާ ޚިލާފު ކަމެއް ނޫން ކަމަށާއި، ސިއްރުން ހެކިބަސް ނަގަނީ ހެކިވެރިންނަށް ލިބިދާނެ ޖިސްމާނީ ނުވަތަ އިޤްތިޞާދީ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އަދި މިއީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ތަކުރާރުކޮށް އިންކާރުކޮށް މަޢުމޫންގެ ވަކީލު ވިދާޅުވީ، ދައުލަތުން ވިދާޅުވި ނަމަވެސް ޤާނޫނީ އިޖުރާއަތެއް ނެތި ސިއްރުން ހެކިބަސް ނެގޭނެ ހަމައެއް ނޯންނާނެ ކަމަށާއި، ސިއްރުން ހެކިބަސް ނަގައިފިނަމަ މަޢުމޫންގެ ހައްޤުތަކެއް ގެއްލިގެންދާނެ ކަމަށެވެ. ހުދު މަޢުމޫންވެސް ވިދާޅުވީ، ސިއްރުން ހެކިބަސް ނެގުމަކީ ދައުވާ ލިބޭ ފަރާތުގެ ހައްޤުތަކަށް ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ދައުލަތުގެ މި ހުށަހެޅުމަށް ދައުލަތުގެ އަދި މަޢުމޫންގެ ވަކީލުން ބަހުސް ކުރުމަށް ފުރުޞަތު އެރުވުމަށްފަހު، ގާޒީ ހައިލަމް މި ހުށަހެޅުން ބަލައިގަތުމަށް ނިންމަމުން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 147 ވަނަ މާއްދާގައި ހެކިބަސް ނެގުމުގައި އިސްތިސްނާ ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށާއި، ސިއްރުން ހެކިބަސް ނެގޭނެ ކަމަށެވެ. ހައިލަމް ވިދާޅުވީ، ސިއްރުން ހެކިބަސް ނެގުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް ބަލައިގެންފައިވާ ކަމެއް ކަމަށެވެ.

ދައުލަތުން ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 2 ވަނަ ނަންބަރުގެ ދަށުން ހެކި ރައްކާތެރިކޮށްދިނުމުގެ ދާއިމީ އަމުރެއް ނެރެދިނުމަށާއި، މި މައްސަލައިގައި ދައުވާޅިބޭ އެހެން ފަރާތްތަކުގެ ތަހްޤީގު ބަޔާންތައް ދައުވާ ލިބޭ ފަރާތަށް ލިބިނުދިނުމަށެވެ. ނަމަވެސް މި ހުށަހެޅުމުގެ ފަހު ބައި (ދައުވާޅިބޭ އެހެން ފަރާތްތަކުގެ ތަހްޤީގު ބަޔާންތައް ދައުވާ ލިބޭ ފަރާތަށް ލިބިނުދިނުމަށް) އުނި ކުރުމަށް ފަހުން ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުގެ ދެވަނަ ހުށަހެޅުންވެސް ގާޒީ ބަލައިގަންނަން ނިންމެވިއިރު، ދައުލަތުން ހުށަހެޅި ތިންވަނަ ހުށަހެޅުން ދައުލަތުން ވަނީ އަނބުރާ ގެންނަވާފައެވެ. ހެކި ރައްކާ ކުރުމުގެ އަމުރުގެ ދަށުން ދިފާއަށް އެއްގޮތަކަށްވެސް ހާމަ ނުކޮށް ސިއްރު ކުރުމަށް ނިންމާފައިވަނީ ޕޮލިސް އިންޓެލިޖެންސް ރިޕޯޓާއި، ޕޮލިސް ސީން އޮފް ކްރައިމް އޮފިޝަރސް ރިޕޯޓުގެ އިތުރުން ބައެއް ވީޑިއީތަކުގެ ސްނެޕް ޝޮޓްތަކެވެ. ނަމަވެސް ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް ޝަރީއަތުގެ މަޖިލީހުގައ ދިފާއަށް ދެއްކުމަށް ދައުލަތުން އިންކާރެއް ނުކުރައްވައެވެ.

މިއަދުގެ އަޑުއެހުމަށް ތާވަލު ކުރެވިފައިވާ ކަންކަން ނިމުނީ ކަމަށް ގާޒީ އިޢުލާން ކުރެއްވުމުން މަޢުމޫނުގެ ވަކީލު މުޙައްމަދު ފައިސްލ ވިދާޅުވީ، މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީންސުރެ މިއަދާ ހަމައަށްވެސް މަޢުމޫން ބަންދުގައި ހުންނެވުމުން ބަންދާމެދު ގޮތެއް ނިންމަވައިދެއްވުން އެދޭ ކަމަށެވެ. ފައިސަލްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ގާޒީ ހައިލަމް ވިދާޅުވީ، މިއަދުގެ ޝަރީއަތުގެ ވަގުތު ކަނޑައެޅިފައިވާ ގޮތުން ބަންދު މަޖިލިސް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ޝަރީއަތުން ގޮތް ކަނޑައަޅުއްވާފައިވާތީ، ބެލެވޭ ގޮތުގައި ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ މަޢުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތް ނިނެމެވުމެވެ.

މަޢުމޫންގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވަނީ، ދިގު މުއްދަތަކަށް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، އެކި ފަހަރު މަތިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވަކި ގޮތަކަށް ޝަރުއީ ހުކުމްތައް ނެރުމަށް މަސައްކަތް ކުރައްވާފައިވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއް ކަމަށްވާ އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދަށް ރިޝްވަތު ދީފައިވާ ކަމަށް އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކެއް ފެބުރުއަރީގެ އަމުރު ނެރެއްވާފައިވާ ކަމަށް ބުނެއެވެ.

މި ކުށް މަޢުމޫނުގެ މައްޗަށް ސާބިތުވެއްޖެނަމަ، މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއިރު، މަޢުމޫން މިހާރު ގެންދަވަނީ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަހުމަދު

    ކަލޭމެން އެފަކީރު ދޫކޮށްލާކަށްނުވޭތަ؟ ހަންޓޯޓާވެފަވިޔައެހުރީ.....

  2. ސިއްރާ

    ކީއްކުރަން ކުރާކަމެއް ، ހަމަ މައުމޫނު އުމުރަށް ޖަލަށޭ ކިޔާފަ ޖަލައްލީމަ ނިމުނީ ، ދިވެހިންނަށް އެގޭ ސެޕްޓެމްބަރ 23 އަންނަންދެންކަން ތިޔަހެން ހެދޭނި ، އޭގެ ފަހުން ޔާމިނާއި އައުވާނުންކަން ތިޔަ ޖަލަށް ވަންނަށް ޖެހޭނި

  3. ރަޝްފާ

    ދެރަވޭ ، ވަރަށް ދެރަވޭ މައުމޫނުގެ ޙާލަތާމެދު! އެހެނަސް މައުމޫނު އެ އުފުއްލަވަނީ މައުމޫނު ހިންގެވި ބޮޑު ޖަރީމާގެ ހިތިނަތީޖާ! ރީދޫޕޯޑިޔަމަށް އަރުއްވާ ސަރުކާރާދެކޮޅަށް ފާޅުގައި ނުކުމެ ، ސަރުކާރުވައްޓާލުމަށް ގޮވާލާ އެކަމަށް ހިތްވަރުދެއްވާ އެތަކެއްފަހަރަކު ގޮވާލިއިރު މައުމޫނަށްވެސް އެގިވަޑައިގަންނަވާނެ އެ ކުރެވެނީ ކުށެއްކަމާ އެކަމުގެ ނަތީޖާ ޤާނޫނުއަސާސީގެތެރެއިން ބައްދަލުކުރާނޭކަން! މައުމޫނުލައްވާ މކޮސްތައް ހައްދަން ކުރިމަތީ ސަފުތަކުގައި ހެވިދިލިފަތިބި މީހުންވެސް މައުމޫނަށް އެގިވަޑައިގަންނަވާނެ! އެމީހުން މައުމޫނަށް ވިސްނައިދިނީ ރައީސް ޔާމީނަށް ، މައުމޫނަށް ކަމެއްކުރަން ކެރިނުލައްވަނޭކަމަށް! އެހެނަސް ޔާމީނަކީ ވަކިމީހަކަށް ބެލުމެއްނެތި ޤާނޫނު ހިންގަވާ ވެރިެއްކަން މައުމޫނަށްވެސް އެގިވަޑައިގަންނަވާނެ!

    • ގަމާރުމޯލްޑިވިއަން

      ހިޓްލަރާ ދެކޮޅަށް ނުކުށް މީހުނާ ވެސް ގާނޫނުބތަ އަރާ ހަމަ ކުރީ.ގަމާރު ވިޔަސް ފުކެއް ބޯދުވަރު

  4. ނަންްްްްް

    ހާދަ އަނިޔާވެރިކަމެއް ވެސް ރާއްޖޭން ފެނިގެން އެބަދެޔޭ. އެކަމުގެ ޒިންމާ މިބޭ ވެސް ނަގަންޖެހޭނެ

  5. ނަން

    މަހީކުރީ ވަޖްޕާއީ ކަމަށް، އިސްތަށކޮޅެއްހެން ހީވަނީ ފަހަތުން

  6. އަހުމަދު

    މިގައުމުގާ މުޅިންއޮތީ ސިއްރުހެކި،

    އިންޓެލިޖެންޓު، ސިއްރުކަންތައް އަދި ފުރާޅުން

    ޓިނުނެގުމާއި ކުއްލިހާލަތު މީއީއެންމެން ދަންނަ

    ބޮޑުސިއްރެއް......!!!!!!! "ށުކުރިއްޔާ ޔާމިން"

  7. ނާޑުވާ

    ހަނދާންވަނީ ދޮންހިޔަލައާ ރަދުން ކުރި ކައިވެނި. ނުކިޔާ ރަނަކަށް ނުދޭ ވައްޔަކަށް އަނބި ހިބަކޮށްދީފިން. ނެފެންނަ ހެއްކަކަށް ނުފެންނަ ރިޕޯރޓަކަށް ހުކުން ކޮށްފިން.

  8. އައްކު

    ބެއްޔާތީ އަހުރެންގެ 30 އަހަރުގައި ނުހަނު އިޚްތިރާމް ކުރެވުނު ބޭފުޅެއް. ބެއްޔާ އަހުރެން ދެކުނު ގޮތަށް، އުސްތާޒެއް ގޮތުގައި ހުރިނަމަ އެއިޚްތިރާމް ދެމިއޮތީސް. މިދުނިޔޭގެ ވެރިކަމާއި އާރާއި ބާރު މިއީ ވަގުތީ އެއްޗެއްކަން ބެއްޔާގެ އިލްމީއަލީގައި ބެއްޔާއަށް ނޭގުނުކަމުން ހިތާމަކުރަން.. މާތް ﷲ ބެއްޔާއަށް ހެޔޮވިސްނުން ދެއްވައި ފާފަތައް ފުއްސަވާފާދޭއެވެ،

    • ޝިޔާމް

      ބެއްޔާއޭ ކިޔާފައި ތިޔަމަލާމާތްކުރަނީ ތިބޭފުޅާއަށް އެދުވަސް ނާންނާނެކަމަށް ހީކޮއްތަ؟

  9. މަގޭ

    ދެލޯ ފުޅާ އެއީ ފަކީރެއްނޫން ބޮޑު މުއްސަންޖެއް! ނިކަމެތިން، އެއްޗެއް ދަންނަ މީހަކު މުސްކުޅިވި ދުވަހު އެފާޑަކަށް ނޫޅޭނެ ދޯ! " ތިމާޔަށް ތިމާ އޮޅުނީމަ ދެންވާނެ ހައެތި އެހަރަގެންވަނީ"