ރަހީނުކޮށް މަރާލާފައިވާ ކަމަށް މިސަރުކާރުން ބުނާ އަހުމަދު ރިޟްވާނަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކަކީ ވެރިކަން ހޯދުމަށް ޖެއްސި މަޅިއެއް ކަމަށް ރިޟްވާންގެ ބައްޕަ އަބްދުﷲ މޫސާ ބުނެފިއެވެ.

"ޗެނަލް13" އަށް ދިން އިންޓަވިއުއެއްގައި ރިޟްވާންގެ ބައްޕަ ބުނީ، ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރިޟްވާނަށް 7 ދުވަސް ތެރޭ އިންސާފު ހޯދައި ދޭނެ ކަމަށް ބުނި ކަމަށާއި ނަމަވެސް ރިޟްވާނާއި ބެހޭ އެއްވެސް ވާހަކައެއް މިހާރު ނުދައްކާ ކަމަށެވެ.

މޫސާ ބުނީ، ރައީސް ސޯލިހު އާއި ނަޝީދު ދެއްކެވި ވާހަކަތަކާއި އަދި އެބޭފުޅުން ފޮތި ހިފައިގެން ހިނގާލުމުގައި ބައިވެރިވީ އަމިއްލަ ބޭނުމެއް އޮވެގެން ކަމަށާއި އެކަމަކީ އޭނާ ގަބޫލު ކުރާ ގޮތުގައި ވެރިކަމަށް އައުމަށް ޖެއްސި މަޅިއެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އޭނާ (ރައީސް ސޯލިހް) ވެރިކަމަށް އަންނަން ދެއްކެވި ވާހަކައެކޭ އެއީ. އަޅުގަނޑުމެން ލައްވާ ފޮތިގަނޑު ދަމައި ހިނގައި ހެދީ. [ރިޟްވާން]އާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ނުދައްކަވާ އަޅުގަނޑު ކައިރީ. އަޅުގަނޑާ ދުވަހަކު ވެސް ބައްދަލު ނުކުރޭ. އެކަހަލަ ވާހަކައެއް އަންނި ވެސް ނުދައްކާ." މޫސާ ބުންޏެވެ.

މޫސާ ބުނީ، ރައީސް ނަޝީދަށް ވެސް އޭނާ ފޮނުވި ސިޓީގެ ޖަވާބު މިއަދާއި ހަމައަށް ވެސް ނުލިބޭ ކަމަށާއި އޭގެ ޖަވާބު ހޯދުމަށް މަޖިލިސް އިދާރާއަށް 20، 30 ފަހަރު ދިއުމުން ވެސް މީހަކާއި ބައްދަލުވާ ގޮތެއް ނުވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރަށް އޮތް ނުރުހުން ފާޅު ކުރަމުން މޫސާ ބުނީ، މިސަރުކާރުން ދެއްކި ދަޅަ ކަމަށާއި އެހެން ކަމުން މިހާރު ސަރުކާރަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށެވެ. އަދި މިސަރުކާރަށް ދެން ރިޟްވާނަށް އިންސާފު ހޯދައި ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަން ކުރެވޭނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީނަށް ކަމަށް މުސާ ބުންޏެވެ.

ރިޟްވާންގެ މައްސަލަ ވެސް ހިމެނޭހެން މަރުގެ އިތުރު މައްސަލަތައް ބަލަން ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. ނަމަވެސް އެކޮމިޝަނަށް އަދި މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްޗޭ

    އަދިކިރިޔާ އެގުނީ؟

    21
    1
  2. ހހ

    ބަލަ އެމްޑީޕީ ފޯރިއަރުވާލާފަ ، ނިކަމެތި ރައްޔިތުމީހާގެ ހިތްއަތުލަންވެގެން ރައްޔިތުން ނިކަމެތިވެފައިވާ ދިމާތަށް ހޯދައިގެން އެވާހަކަ ދައްކަނީ މިއަދަކުނޫން ، ވިސްނާލިމީހަކަށް ވިއްޔާ ފެންނާނެ އެމީހުންގެ ދައުރު ، އެއީ އަބަދުވެސް މަކަރުވެރިން ގެންގުޅޭ އުކުޅުތަކެއް ، މިއަދު މުސްލިމް އެތައް ޤައުމެއް ފަޤީރުވެފައިތައް ހުޅަނގުގެ ޤައުމުތަކަށް ފެނި އެކަމުގެ ފައިދާ އެދަނީ އެމިހުންވެސް ނަގަމުން ، އެކަމަކު ﷲ ގެ ވަހީ ބަސްފުޅުގައި ވާފަދައިން " ވިސްނާ ބަޔަކަށް އިބްރަތެއް ވާކަން ކަށަވަރެވެ. ް

  3. މަބޭ

    އެހެންވެޔޭބުނަނީ ޕޮލިޓިކްސް އިސް އަ ޑޭޓީގޭމް އެކޭ

  4. މަކަރު

    ނަސީބެއްނު މިހާ ފަހުންވެސް ވިސްނުނު ކަން
    ނޭނގޭ އެއްނު ތިކަމެއް ކުރި ބަޔަކު ތިބީ މިސަރުކާރުގެ ތެރޭގައި ނޫން ކަމެއް ވެސް.
    އެއެއްވެސް އެއްގޮތަކަށްވެސް އެނގޭނޭ ގޮތެއް ނެތް

  5. ގަލަން

    އެކަން ރިލްވާނުގެ ދައްތަ ގަބޫލް ނުކުރޭ ރިލްވާން ދައްތަ ބުނާގޮތުން ދޭހަވަނީ ޗެނަލް 13 ރިލްވާން ބައްޕަ ވަގައް ނަގައިގެން އިންޓަވިއް ނެގިހެން ދޮގެއްތޯ!

    10
  6. އަބްދޫ

    ރިޒްވާނު ވަގަށް ނެގި މީހުން ރިޒްވާނަށްވީ ކިހިނެޔް ކިޔާ ފޮތިގަނޑެއްނެރެ ކެމްޕޭނު ކުރީމަ ވީގޮތް އެގޭނޭތަ؟