ރާއްޖޭގެ ހުރިހާ ފިހާރަތަކުގައި ބިހުގެ މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ވިއްކަން ބެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެ އޮތޯރިޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.
އޭގެ ސބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުމާއި ކާތީކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެމްއެފްޑީއިން ބުނެފައި ވެއެވެ.
"ފިނި ކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއި އެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަށް. އަދި ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް. މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސްކުނި ވުމުގެ ފުރުސަތު އޮންނާނެ. ހަމަނުވިކަމުގައި ވިޔަސް ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާނަމަ ވިސް ކުނިވުމުގެ ފުރުސަތު ވެސް އޮންނާނެ." އެމްއެފްޑީ އިން ބުނެފައި ވެއެވެ.
އެހެންކަމުން ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރިހު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އެމްއެފްޑީ އިން ވަނީ އަންގާފަ އެވެ.
އެމްއެފްޑީއިން ވަނީ ބިސް ގަންނަ ފަރާތްކުން އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
އަންގާލީމަ ވާޖިބު އަދާވީތަ؟ އެކަން އެގޮތަށް ކުރޭތޯ ނުބަލާނެ. ދެން ތިކަމާ ނުކުންނަންޖެހޭނީވެސް ފުލުހުން. އެކަމު މިއުޅެނީ ފުލުހުންނަށް މެޑިކަލް ދޭތީވެ ދެފައި ކައިރިނުކުރެވިގެން.
އިއުލާން ކޮއްލާނީ އޭގަފަހުން ނުބަލާނެ ވިއްކަނީ ކޮންގޮތަކޮއްތޯވެސް މިކަމުގެ މިސާލު ސައި ހޮޓާތައް މިހާރުވެސް ގިނަދުވަސްވެ ހުންނައް މަހުން ހެދިކާ އަދި ރިހަހަދައަގެން ކާންދެނީ އެކަންތައްވެސް ނުބަލާ ތިއޮތޯރިޓީއަކުން ބިސްކަންތައްވެސް ވާނީ އެގޮތައް މުސާރަކޮލު ނަގައިގެންތިބޭނީ އިއުލާން ނެރެން!!!!
ކުރިންދުވަހު ގަން ބިސް ޓުރޭއިން 2 ބިސް ލިބުނީ އަތުގަ އޮތްވަރަށް.
މުޅިމާލޭގަ ކުނިބިސްވިއްކާއިރު ތިވަރުން ފުއްދާލީދޯ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ޢާއްމުކޮށް ލިބެނީ ހަލާކުވެފަ ހުންނަ ބިސް..މަދު ފަހަރަކު ރަނގަޅު ބިހެއް ލިބެނީ...މީ ވ ބޮޑު މައްސަލައެއް...ގިނަ ވިޔަފާރިވެރިންނަކަށް މައްސަލަޔަކަށް ނުވާނެ..
މިހާރު ހުންނަ ބިހުގައި ވަހެއް ނުހުރޭ..އޮލަ ކަމެއް ނުހުރޭ.. މީ ކިހިނެއް ވާ ކަމެއްތަ... ބިސް ތަޅާލީމާ ހީވަނީ ފީ ބިހެއް ހެން... މިކްސް ވެފަ ހުންނަނީ..އެކަމް އެއްވެއް ވަހެއް ނުދުވާ..ބިސް ވަސް ވެސް ނުހުރޭ..
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދައުރަކީ ކޮބައިތޯ؟ ހަމައެކަނި އިއުލާނު ނެރުންތޯ؟ ބޭރު ގައުމެއްނަމަ އާންމު ސިއްޙަތަށް ނުރައްކާކުރީތީ އެބައެއްގެ ހުއްދަ ބަޠިލުކޮށް ޖުރުމަނާކުރާނެ ހަނދާނުން ނުފިލާވަރުގެ އަދަދަކުން. އެކަން އެގޮތަށް ނުކުރަނީ އެފަދަ ކަންކަން ކުރަނީ ހުއްދަ ނުނަގާ ދިވެހިންނަށް ވުރެ ގަދަވެގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ ވިޔަފާރިތައް ވީމަތޯ؟ މީރާގެ ވެސް ކަމަކީ ގަވާއިދުން ހިންގާ ދިވެހިންގެ ވިޔަފާރިތައް ޖީއެސްޓީ ނުދައްކައިގެން ފަހާ ދުވެ ޖޫރިމަނާ ކުރުން. މިއީތޯ މިގައުމުގަ ދިވެހިންނަށް ހައްޤު މިންވަރަކީ.
ބިހުގެ މުއްދަތު ހަމަވާނީ ބިސް އެޅިޥަގުތުން ފެށިގެން ބިސް ކާންްބެޭނުންކުރި ވަގުތާ ހަމަޔަށް.. ހެހެހެ..
ބިސް އެއީ ކަސްޓަމްސް ތެރެއިން އެތެރެވާ މުދަލަކާމެދުވެސް ޝަށްކުވާހިސާބުގަ ކަންކަން ހުރި މިހާރު ... ޢޮންލައިންކޮ ހުރިހާ ކަމެެެއް (ނެޓުން ބިސް އެޅުން) (ނެޓުން ބިސް ނެރުން)(ނެޓުން ބިސް ތާރީހް ބެލުން( ބޮއެހަލާކު