10:57
ކަރަންޓު ކެނޑުމުން އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތަކަށް ބުރޫއަރައިފި.
Current Kendumun IGMH Ge Hidhumaiythakah Buroo Araifi https://t.co/k06ACydmO8
— Vaguthu Online (@VaguthuOnline) May 24, 2022
09:23
ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ ކަމަށް ސްޓެލްކޯ އިން ބުނެފި. ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި ކަމަށް. މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ދިމާވި އެންމެހާ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުނި.
09:22
މާލެއަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުން މުހިއްމު ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
Male' Ah Currantaai Fenuge Hidhumaiy Dhinumah Dhevana Faraatheh Othun Muhinmu - Mayor https://t.co/Iposqaq0l6
— Vaguthu Online (@VaguthuOnline) May 24, 2022
09:11
ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ މާލޭއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު އަންނަނީ ކަރަންޓުގެ ހިދުމަތް ދެމުން ކަމަށް. ފީޑަރުގައި 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ ކަމަށް. އަދި 8 ވަނަ ފީޑަރަށް ދިމާވެފައިވާ މައްސަލަ ދެނަގަނެވި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯގެ ޓްވީޓްގައި ބުނެފައިވޭ.
08:41
ޝަރީފް ވިދާޅުވީ ފީޑާ އަށެއްގެ ނުވަ ސަބްސްޓޭޝަން ހުންނާނެ ކަމަށް. އެ ތަންތަނަށް އެހެން ފީޑާއަކުން ކަރަންޓް ދެވޭތޯ ބަލަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި.
08:38
ޝަރީފް ވިދާޅުވީ އަށްވަނަ ފީޑާއަށް ކަރަންޓް ދެވޭނީ ސްޓެލްކޯގެ މެއިން ޕަވާ ހައުސް އިން ބީއެމްއެލް އެ ހުރި ހިސާބަށް އިތުރު ކޭބަލެއް އަޅައިގެން ކަމަށް. އެމަސައްކަތް މިހާރު ސްޓެލްކޯ އިން ކުރަމުން އެބަގެންދޭ.
ދިމާވި އާތު ފޯލްޓަކާ ގުޅިގެން ރޭ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކެނޑި ގަޑިއިރުތަކެއް ފަހުން މުޅި މާލެ އިން ކަރަންޓު ކެނޑިއްޖެ އެވެ.
ރޭ ފަތިހު 04:00 ކަންހާއިރުން ފެށިގެން މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި އޮތުމަށް ފަހު މިއަދު ހެނދުނު 07:00 ކަންހާއިރު މުޅި މާލެ އިން ކަރަންޓް ކެނޑުނެވެ. ނަމަވެސް މިހާރު ގިނަ ސަރަހައްދުތަކަށް ކަރަންޓް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ،
"ވީ އެންމެ އަވަހަކަށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ވެ އެވެ.
ރޭ ފަތިހު ދިމާވި އެ މައްސަލަ މިއަދުގެ ހެނދުނު ހައްލުކޮށް، ބޮޑު ބަޔަކަށް ކަރަންޓް އަލުން ދޭން ވެސް ފެށި އެވެ. އެކަމަކު، މީގެ އިރުކޮޅެއް ކުރިން މުޅި މާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑުނީ އެވެ. "ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި ވަގުތު މުޅި މާލެ އިން ވަނީ ކަރަންޓް ކެނޑިފައި،" ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް، އެ ކުންފުނިން މީޑިއާ އަށް ހާއްސަކޮށްފައިވާ ގްރޫޕްގައި ވިދާޅުވީ، ރޭ ފަތިހު ހަތަރެއް ޖެހިއިރު 8 "ފީޑާ ސްކިން" އަކުން ކަރަންޓް ދިޔަ ކަމަށާއި މައްސަލަ ދެނެގަންނަން ވަކިވަކިން ކޮންމެ ފީޑާއަކަށް ކަރަންޓް ދެމުން ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު މުޅި މާލެ އިން ކަރަންޓު ކެނޑުނީ 8 ވަނަ ފީޑަރު ޖެއްސުމުންނެވެ. "ފޯލްޓް އައިޑެންޓިފައި ކުރެވިއްޖެ. 8 ވަނަ ފީޑާ އިން ސްވިޗް ގިއާއެއްގެ މައްސަލަ ޖެހުނީ. މިހާރު ފީޑާތައް ޖައްސަމުން މިދަނީ. އަދި އެއް ސްވިޗް ގިއާއެއްގެ ކޭބަލް އެހެން ގިއާއަކާ ގުޅުމުގެ މަސައްކަތް ދަނީ ކުރަމުން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަށްވަނަ ފީޑާއަށް ކަރަންޓް ދެވޭނީ ސްޓެލްކޯގެ މެއިން ޕަވާ ހައުސް އިން ބީއެމްއެލް އެ ހުރި ހިސާބަށް އިތުރު ކޭބަލެއް އަޅައިގެން ކަމަށެވެ. އެމަސައްކަތް މިހާރު ސްޓެލްކޯ އިން ކުރަމުން އެބަގެންދެއެވެ.
ނަސީބަކުން ކުރީސަރުކާރޭ ނުބުނި
ސްޓެލްކޯ ވަރަށް ބޮޑަށް ފެއިލްވީތި. ކޮބައިތޯ ރިޑަންޑެންސީ؟؟ ކުރިން ވަރަށް ފޮނިކެނޑި ރިންގެއް ކޮޕްލީޓް ކުރީއޭ ކިޔާފަ. އަމީނީ މަގުވެސް ކޮނުނު އަދަދެއް ނޭންގެ. ފީޑަރކޭބަލެއްގެ މައްސަލަޖެހޭއިރަށް އާ ކޭބަލެއް އަޅައިގެން ކަރަންޓް ދެވެންޔާ ތިއީ މައްސަލައެއްނޫންތޯ؟ އަނެއްކާ މަގުކޮނެގެންތަ ކޭބަލް އަޅަންޖެހެނީ؟ ފޯލްޓް އިންތަން ހޯދާ ރިޕެއަރ ނުކުރެވޭތަ؟
މުއިއްޒުއަށް ބުނެލަން ކަރަންޓާ ފެނާ މާލެއަށް ދޭނެ 2ވަނަ ފަރާތެއް އޮތުން މުހިއްވިޔަސް އެކަން ކުރަން ހިތުއެޅި ސަރުކާރެއް ކޮބައިތޯ؟ ފެނާއި ކަރަންޓުގެ އަގު އެބަޔަކު ދޭނެ ކޮންމެ އަގަކަށް ދިނަސް ރައްޔިތުން ޖެހޭނީ ދިރިތިބެންނާ އޭގެ ބޭނުން ކުރަން.
ވަރައްދެރަ ތިވީގޮތުން މިމަހުގެބިލްވެސް ބޮޑުވީ