ދިވެހިރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ މަންޒަރު އެބަފެންނަ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޤްތިޞާދު ނުބެލެހެއްޓިއްޖެނަމަ އުޅެންޖެހޭނީ ސަލާން ޖަހަން ނާށިގަނޑު ހިފައިގެން ކަމަށެވެ.

ޑރ.ވަހީދު ވަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސްވަމުންދާ ކަމުގެ ނިޝާންތައް ފާހަގަކުރައްވާފައެވެ. މިގޮތުން، ސަރުކާރާއި އެމްއެމްއޭ އާއި ދެމެދު އޮތް ހިޔާލު ތަފާތުވުންތަކާއި، އިޤްތިސާދުގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުވުމާއި، އިތުރުވަމުން އަންނަ ދަރަންޏާއި، ރޭވުންތެރިކަމެއް ނެތި މުސާރަތައް ބޮޑު ކުރުމާއި، ބޭރުގެ އިންވެސްޓްމެންޓުތައް މަދުވުމާއި ޑޮލަރުގެ ދަތިކަން ފާހަގަކުރެއްވިއެވެ.

ސަރުކާރާއި އެމްއެމްއޭ އާއި ދެމެދު އޮތް ހިޔާލު ތަފާތުވުންތަކާއި، އިޤްތިޞާދުގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރު އިތުރުވުމާއި، އިތުރުވަމުން އަންނަ ދަރަންޏާއި، ރޭވުންތެރިކަމެއް ނެތި މުސާރަތައް ބޮޑު ކުރުމާއި، ބޭރުގެ އިންވެސްޓްމެންޓުތައް މަދުވުމާއި ޑޮލަރުގެ ދަތިކަމަކީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު ގޯސްވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.

ރައީސް ސޯލިހް ޓެގް ކުރައްވާ ރައީސް ވަހީދު އެދިވަޑައިގެންނެވީ ސްރީލަންކާއަށް ދިމާވި ހާލަތު އިބުރަތް ހާސިލް ކުރުމަށެވެ.

ރިސޯޓްތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ކުރުމުން ގާތްގަނޑަކަށް 590 މިލިއަން ރުފިޔާ އަހަރަކު ގެއްލޭނެއެވެ. އަދި މިމަހު ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތައް ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުން ދައުލަތުން އިތުރަށް ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ހޭދަ ކުރަން ޖެހޭނެއެވެ. އެހެންކަމުން މިހާރު ދައުލަތައް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ބަޖެޓުން ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ގެއްލޭނެއެވެ. އެއީ މިހާރު ވެސް އާމްދަނީއަށް ވުރެ ހަރަދު ބޮޑުވެފައިވާ ރާއްޖޭގެ ބަޖެޓަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފުރަތަމަ ޤައުމު

    އަދި އެއަށްވުރެ ބޮޑަށް ޤައުމުގެ އެސް.އެމް.އީ ފިޔަފާރިތަށް ބޭރުމީހުންގެ މުޅިކޮންޓްރޯލްގެ ދަށުގައޮތީ، ބޭރުގެ ކުންފުނިތަކުން އެއް.އެމް.އީގެ ތެރޭގަ ވަކިހިއްޕާލާ ރާއްޖެވަންނަންޖެހޭ ފައިސާ އެޑައިވާޓް ކޮށްލަނީ ސީދާ އެމީހުންގެ ޤައުމަށް ޓެކްސް ނުދައްކަންވެގެން. އަދި މަދު މީހަކުފިޔަވާ ދިވެއްސަކު ވަޒީފާގަވެސް އުޅެނީ މުޅިންވެސް ބޭރުމީން އެތަންތާގަ. މިއީ ޤައުމީ ބޮޑުމައްސަލައެއް. ކޮލެޕްސް ވާއިރު އެއްވެސް ކޮންޓުރޯލެއް ދިވެހިންގެ އަތަކު ނޯންނާނެ.

  2. Anonymous

    ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވަހީދު ކަމް އެންޑް ވަހީދު ގޯ. މިހާރުވެސް ވަހީދަކީ ފެނި ގެއްލިވާ ބޭޅެއް

    4
    2
  3. ޖުއްބާ

    އޭ، ކެނެރީގޭ ޙާޖީ ނަޝީދު. ކަޔޭ އަންނަންވީނު ވާހިދު ސާރ ކައިރިޔައް ޓިއުޝަނަ ނަގަން.

    3
    2
  4. ޖާބެ

    100 ގެ ވާހަކަޔެއް

  5. ހަސަން

    ކުކުޅެއް ރޯމަސް ކާންއުޅުނީމަ ވާނެގޮތް މިވަނީ

  6. ބާބީ ވަހީދް

    މިދެން ކާކު؟ ޕުލީސް ޔޫޓޭކް ސިރީ ސިރީ ރަވީޝަންކަރް އެންޑް ސެލްވޯމް މޭކް ގުޑް ރިޕޯޓް، ގިފްޓް އައިޕެޑް، އަހަރުން ހަނދާން އެބަހުރި

    1
    6
  7. ބޮޑޭ

    ކޮބާ އެންމެ ޕަރސެންޓެއް ވެސް އިތުރުވާ ވަރު ވެއްޖެތޯ؟

  8. ސސ

    ބޮޑެތިހާ ރިޓެޔާމެންޓް ނެގީމާ އިޤުތިސާދު ވަޅުޖެހޭނެ !

  9. ކާލި

    ސިޔާސީ ޕާޓީ ތަކަށް މިދޭ ބޭކާރު ފައިސާ ދިނުންވެސް ހުއްޓާލަން ޖެހޭ، ފައިސާނެތި ކޮންމެހެން ސިޔާސީ ހަރަކާތެއް ހިންގާނެކަމެއްނެތް ، ސިޔާސީ ހަރަކާތަކީ އަސްލުގައި ބޭކާރު އެއްޗެއް އެއީ ހިޔާލު ފާޅު ކުރުމާއި ޝުޢޫރު ފާޅުކޮށް މުޒާހަރާކުރުން އެކަން ކުރެވިދާނެ ސިޔާސީ ޕާޓީ ނެތަސް !

  10. ޖުހާ

    ވެރިކަމުގެ ލަޒަތު ލިބުނުއިރު ޤައުމު އޮތީ ދަރަނި މަތިމައްޗަ

  11. ޔަހު

    އިނާޔަތު ފައިސާ ތިވަރަށް ނަގަންޏާ އިގުތިސާދު ހުންނާނީ ބައިދަނޑިޔަށް ތިރިވެފަކަން އެންމެނަށް ވެސް އެނގޭ