ޕީޕީއެމް/ޕީއެެންސީ ހިމެނޭ އިދިކޮޅު އިއްތިހާދުން "އިންޑިއާ އައުޓް" ކެެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރ ކުރި ނޫސްވެރިންނަށް ބިރު ދެއްކި މައްސަލަ ބެލުމަށް ނޫސްވެެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމުއިއްޔާ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާއެއް ކަވަރ ކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހަކު ބިރުދައްކާ ފުރައްސާރަކުރި މައްސަލަ ނޫސްވެރިން ވަނީ އެކި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މި މައްސަލަ އާއި ގުޅިގެން އައިއެފްޖޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި މައްސަލަ ވަނީ އެ ޖަމިއްޔާއާއި، އެ ޖަމިއްޔާ އާއި ގުޅިފައިވާ މޯލްޑިވްސް ޖާނަލިސްޓް އެެސޯސިއޭޝަން (އެމްޖޭއޭ)ގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އައިއެފްޖޭއިން ވަނީ މި މައްސަލަ ބެލުމަށާއި، އިހުމާލުވެެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

އައިއެފްޖޭގެ ބަޔާނުގައި ވެސް ބުނެފައި ވަނީ 'ސޯލިހް' ނަމަކަށް ކިޔާ ފުލުހަކު ވަނީ މޭ 18 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް ބިރުދައްކާ ފުރައްސާރަކޮށްފައެވެ.

"މި ދާއިރާގައި ނޫސްވެރިންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިވާ ކަމެއް. ނޫސްވެރިންނަށް ހަމަލާދީފާނެ ކަމުގެ އަދި އަނިޔާއެއް ދީފާނެ ކަމުގެ ބިރެއް ނެތި ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދޭން ޖެހޭ. މި މައްސަލަ ތަހުގީގުކޮށް ކުށްވެރިން ހައްޔަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އައިއެފްޖޭއިން ދިވެހި ސަރުކާރަށް އިލްތިމާސްކުރަން." އައިއެފްޖޭއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގެ އިތުރުން ވެސް މުޒާހަރާ ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް ފުލުހުން ބިރު ދެއްކުމުގެ މައްސަލަތައް އަންނަނީ ފާހަގަ ކުރެވެމުންނެވެ. އަދި މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރާ ވަކިވަކި ނޫސްވެރިންގެ ފޮޓޯ ފުލުހުން ނަގަމުން ގެންދާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ތީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީސް ކަހަލަ ތަނެއްދޯ!

    9
    4
  2. އބ

    ވަކި ވަކި ނޫސްވެރިންގެ ފޮޓޯ ނަގާތީ އަސަރު ކުރޭދޯ އެބަ؟ ވަކި ވަކި ފުލުހުންގެ ފޮޓޯ ނަގައި އަގުވައްޓާލާ އިންޒާދު ދޭއިރު އެއީ ޕްރޮފެޝަނަލް ޖަރނަލިޒަމް؟ ނޫސްވެރިން އުޅެނީ މުޒާހަރާގެ ބައިވެރިންނާއެކު، މުޒާހަރާ ކުރުމުގަ.

    12
    42
  3. ރައްޔިތުމީހާ

    މިހާރު މިއޮތް ސަރުކާރުން އެމައްސަލަ ބެލިއަކަ ނުދޭނެ

    42
    1
  4. ޖާބެ

    ޤާނުނީ ހަމަތަކުގަ ފުލުހުންގެ ވާޖިބުއަދާކުރަން އަލުން މިފަދަ ފުލުހުން ތަމްރަިނައް ފޮނުވުން މުހިއްމު… ރައްޔިތުންގެ ޙިދުމަތް ރައްޔިތުން ފާސްކޮށަފަ ވާ ޤާނުނުތަކައް ތަބާނުވާނަމަ އަބަދަކު ހާލަތެއް އެއްގޮތަކައް ނޯންނާނެ.. މިއީ ތާރީިޙު ހެކިދޭ ކަންކަން

    31
    1
  5. ސަތުނާ

    ޢެއްމެ މަިހެއްގެ ގޯސް އަމަލަކުން ކިތައްމެ ބޮޑުކަމެއްވެސް ހިނގާފާނެ…

    28
  6. ބޭރުމީހާ

    މިގައުމުގަ ކަންތައް ހިނގަމުން މިދަނީ ވަރަށް ފާޅުކަން ބޮޑުމިންރަށް، އިންޑިއާ އިން އަންގާގޮތަށެވެ.
    ޔާމީނު އަށް ބިރުދައްކަން އޭނާ އުޅޭ ގޭދޮށަށް، ފައިސާދީގެން ބައިގަނޑެއް ފޮނުވީވެސް މިގައުމުގަ ތިބި އިންޑިއާ ގެ ވެރިންނެވެ. މިގައުމުމިއޮތީ އިންޑިއާގެ އަތްދަށުވެ ތާށިވެފައެވެ.
    ކަން މިހެން އޮތްއިރު ނޫސްވެރިންނަކަށް ވެސް އެހެންބަޔަކަށްވެސް އިންޑިއާ ނުރުހޭ ގޮތަކަށް މިގައުމުގަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ކޮންމެ ޖަމުޢިއްޔާ އަކުން ކޮންމެ ބަޔާނެއް ނެރުނަސް ތިޔަބުނާ ފުލުހަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ.

    25
    1
  7. Polihekoa

    Goi dhoonukurieh ge vahtharu gandu thi foohi ganduge moonumathinves jahaa. Thee MDP muzaaharaathakuga ulhey magumathy soreh

    16
  8. ކޭ

    ބެކް މަސާޖް

    6
    2
  9. އިސްމާއިލް

    މީކޮންރަށުގެ ބީތާއެއްތޯބަލަންވާނެ މީނައަށްވާނެ މުޖާހަރާހުއްޓުވުމުގެ އެވޯޑެއްދޭން

    18
    2
    • ޚޮކް

      ޙަހަހަހަހަހަހާ!!!

  10. ކިސް

    މީނަ ދިވެއްސެއްތޯ ވެސް އަދިބަލަން އެބަޖެހޭ..ބޮޑައްވައްތަރީ އެހެން ގައުމެއްގެ ޕޮލިހަކާ..ވަރައްތަފާތު

    19
    2
  11. އެންޑީއެހަމީދު

    ގޮވާ ތަނަކުން ގޮވިއަކަސް އަހަރެމެން ކަންކުރާނީ އަހަރެމެންނަށް ފެންނަގޮތަކަށް.

    12
    10
  12. ކީކުރާނީ

    ތިޔަމައްސަލައެއް ނުބެލޭނެ މީ ކަރަޕުސަން އެންމެ ބޮޑުގައުމް ގެ ލިސްޓަށް އަރާފަ އޮތްތަނެއް

  13. ބޭރުމިހުން

    ތީ އިންޑިޔާ ފޮލިހެއް

  14. މުހައްމަދު އަހްމަދު

    މި ސަރުކާރު ވެރިކަމަށް އައީ، ތިޔަކަލަ އެތައް ކަމެެއް ނުކުރުމުގެއެތައް ވަޢުދުތަކާއެކު. އެކަމަކު ކުރީ ފަހަރު ވެސް މި ފަހަރު ވެސް ތިހަދަނީ ހަމައެކައްޗެއް. އެފަހަރު ނަޝީދު، މިފަހަރު ޞާލިޙް.

  15. ޙެހެ

    ނޫސްވެެެރިން އާއްމު ރައްޔިތުންގެ އަބުރު ކަރިލާ މައްސަލަ ބަލަން ކޮންބައެއްބާ ގޮވާލާނީ؟؟؟ މިކޮމެންޓް ޖަހަން ކެރޭނެޔަ؟؟؟

  16. ކަރަމް

    2321 ސޯލިހަށް ބުނެލަން އޮތީ ދެންވެސް ވެރިން ބުނާހާގޮތަށް "ޔެސް ސާރ" ކިޔާފަ އަމިއްލަ ވިސްނުން ބޭނުން ނުކޮށް އޮޅު ކުއްތާއެއްހެން އުޅުނީމަ ހުރި ދެރަކަމުން އިބުރަތް ލިބިގަނެ އިސްލާހުވާށޭ.

  17. Anonymous

    މިސޮރު ވާހަކަ ދެއްކީ ކޮން ބަހަކުން ތޯ ބަލަންވީ ނޫނީ ގެރިމަސް ކަހަލަ އެއްޗެއް ކައިތޯ ބަލަންވީ

  18. ޖަވާދު

    ފުލުހުން ހިތަށް އަރަނީ އެއީ މާމަތީ ބައެއްކަމަށް! އެހެންވެ ފެނަވރު އޮޅެނީ! ޙަޤީޤަތަކީ އެއީ ރައްޔިތުންނަށް ޚިދްމަތް ކުރަން ތިބޭ ނޯކަރުންކަން!

  19. އެޖެންޑާ2021

    ތިޔަސޮރަށް ބަލާލީމަވެސް އެނގޭ އެއީހަމަ ހުސް
    ކޮނިގަނޑެއް.ޗަސްބެއްނެތް. އެންމެރަނގަޅީ އެފަދަ
    ނުރައްކާކަމަށްހެދިގެއުޅޭސޮރުގެ ފޮޓޯ މީޑިޔާ ތަކުން
    ހާމަކުރިކުރުމުންނެވެ.

  20. ލުލު

    އެންމެ މީހެއްގެ ސަބަބުން މުޅި މުއައްސަސާ ހަރާބު