ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ މާޗު މަހު ވެސް ފިނޭންސް މިނިސްޓްރީން އިއުލާންކުރި އެވެ. ނަމަވެސް އޭރު އެކަމަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ބީލަން ބާތިލުކޮށް އަލުން ބީލަން ހުށަހަޅުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.

އެކަމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ)ގެ އުސޫލުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތަށް ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ އެވެ.

އެ މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު މެންދުރު ބާރަ ޖަހާއިރު ފިނޭންސް ،މިނިސްޓްރީގެ ނެޝެނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގެ ހޯލުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބިމީހާ/ ފިރިމީހާ އަދި އުމުރުން 18 އަހަރ ނުފުރޭ ދަރިން ރާއްޖެއާއި ސާކު ގައުމުތަކާއި އާސިއާން ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގައުމު

    އާސަންދަ ނުލިބެނީތޯ؟

    17
  2. އިންސާފު

    ސިފައިންނާއި ޓީޗަރުންނަށް އިނާޔަތް ލިބުމަށް ދެކޮޅު ހަދާނެ ކަމެއް ނެތް. އެންމެނަށް ވެސް ލިބެންޖެހޭ. ސިވިލް ސާވަންޓުންގެ މުސާރަ ވެސް ބޮޑުވާން ޖެހޭ. މަތީގަ ތިބި މަދު ބަޔަކަށް ހުރިހާއެއްޗެއް އެބަ ލިބޭ ބަރާބަރަށް.

    18
    • Anonymous

      މިއަދު ގިނަ ދިވެހީން ގިނަ މަޖިލިސް މެންބަރުންގެ ޙާލު ހުރި ގޮތް ދަނޭ. އެމީހުންގެ ބަހުރުވަޔާއި، ވަމުންދާ ޚިޔާނަތާއި، ފާސްކުރާ ޤާނޫނުތަކާއި، ގަނެވިއްކާ ފިކުރުތަކާއި، އަދި އެނޫންވެސް އެތައް ކަމެއް. ގިނަ މެންބަރުންނަކީ ކަމަށް ނާޤާބިލް ދީނެއް މިއްލަތެއް ނުދަންނަ މީހުން. ކަންހުރީ މިހެންކަމުގައި ވާއިރު އަދިވެސް އެމީހުންނަށް ލިބޭ އިނާޔަތްތައް ބޮޑުކޮށް މިގޮތަށް ހަދަމުން ގެންދިޔުމަކީ ދިވެއްސަކަށް ވެހުރެގެން އަޅުގަނޑަށް ބަލައިގަނެވޭ ވަރު ކަމަކަށް ނުވާތީ އެވާހަކަ ދަންނަވާލީ.

  3. އބާމާ

    އާސަންދަ ކޮބާ

    15
  4. ޢަބްދޫ

    ތިޔައީ ގާނޫނު އަސާސީ އާ ހިލާފު ވުމެއް އިންސާނީ ގޮތުން ހަމަހަމަ.މަގާމުގެ ގޮތުން ތަފާތު ނުކުރެވެޭނެ ކަމަށް ގާނީނު އަސާސީގަ އެބަ އޮތް .ތިޔައީ ކުންފުންޏެއް ނޫން .

    10
  5. Hasan

    ހާތްތެރި! މަޖްލިސް މެންބަރުންނަށް ގައުމާ ދުނިޔެ އޮތް ހާލު ނޭގެނީކީ ނޫން.. ހަމަ އަމިއްލަ އެދުން ބޮޑުވެފައި ނުބައިކަމާ ޖާހިލުކަން އެއީ. މިއޮތީ ބެންކުގެ ސީއީއޯ ބުނިއެތި 👇👇

    "ޓިމް ބީއެމްއެލްއާ ވަކިވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ނުރައްކާތެރި އިންޒާރުތަކެއް ވެސް ދެއްވައިފަ އެވެ. މި ހަފުތާގައި ބޭއްވި، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އިގްތިސާދަށް އަންނަ އިގްތިސާދީ ކަޅު ވިލާގަނޑު ރާއްޖެ އަށް ފޯރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެއީ ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށް ވެސް ވިދޅުވި އެވެ."

    12
  6. އިބްރާ

    އިންޑިއާގެ އެފްކޮން ރެޑީ ތިޔަކަމަށް.

  7. ޖާބެ

    މިމީހުންނައް މިކަހަލަ ހިދުމަތްތައް ލިބޭކަމައްވަންޏާ ރައްޔިތުންގެ ހިދުމަތެއް ދުވަހަކުވެސް ނުވާނެ ރަނގަޅެއ.. މިއީ ރައްޔިތުން އަމިއްލަޔައް ކުރާކަންކަން މަޖުލީހައް މެންބަރުން ހޮވުން ހުއްޓާލަންވީ ވޯޓުލާންވެސް ނުދާންވީ… ހުސްނާޖާއިޖު ފައިދާ ކައިގެން އަބިދަރިންނައް ކާންދީގެން އުޅޭބައޮގަނޑެއް… 87 މެންބަރުން މިއީ ބޮޑުވަރު އިންގިރޭސީންގެ އިސްތިއުމާރީގަ ވެސް މިހާ ގިނަ ގަވަރުނަރުންނެއް ނުތިބޭނެ

    16
  8. Anonymous

    މަޖިލިސްގެ ރައީސް ދާދިމިދާކަށްދުވަހު ވިދާޅުވީ މިފަދަ ބޭކާރު ޚަރަދުތައްނުކުރާށޯ ހަމައެކަނި ޚަރަދުކުރަންވާނީ އެމަނިކުފާނަށާ އެމަނިކުފާނުގެ އާޢިލާއަށޯ

  9. ކޮރަލް

    މަޖްލީހަށް މަސްވެރީންނާ ދަނޑުވެރީން ހޮވަން ވީ އެވެ.

  10. ހުސޭނުބޭ

    ކުރާނެކަމެއް ނެތިގެން ހާޒިރީ މާކްކޮށްލާފައި ގެޔަށް ދާ މީހުންނަށް ހެލްތު މައްސަލައެއް ނުޖެހޭނެ

  11. އަހައްމަދޫ

    އަދިވެސް މަދީތަ ލިބޭބައިވަރުތައް. މެމްބަރުންނަށާއި އަދި އާއިލާއަށް، މިދައްކަނީ ގިނަދުވަހު މަސައްކަތެއް ނެތޭ ކިޔާފަދާބަޔެއް. ނުވިތާކަށް ޗުއްޓީތައް އެހާގިނަ، ކިހިނެއް ގައުމުގެ ކަންތައް ރަގަޅުވާނީ މިވަރުން

  12. ނައިނާ

    ޢެކުދިންނަށް އާސަންދަ ނުލިބޭ ދޯ

  13. މާލޭސޮރު

    މެމްބަރުންގެ މަޖްލިސް ތިޔަކީ ރައްޔިތުންގެ މަޖްލިހެއްނޫން

  14. މުހައްމަދު

    އަދަބެއް ދޭންވެޖެއްޔާ ގާނޫނު ހިންގަނީ ނިކަމެތި މީހާޔަށް // ހައްގެއް އޮތިއްޔާ ގާނޫނު ހިންގަނީ އިއްޒަތް ތެރިންނަ.