ހދ. ކުމުންދޫގައި ގާއިމުކުރާ ފެރީ ގިމަތައިގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިމަހުގެ އެއް ވަނަ ދުވަހު ފެށި އެ ފެރީ ގިމަތައިގައި ކިއޮސްކްއަކާއި ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހަނާއެއްވެސް ހުންނާނެ ކަމަށެވެ.

މި ފެރީ ގިމަތައަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރާ ފެރީ ގިމަތައެކެވެ.

އެމްޓީސީސީން މީގެކުރިން ވަނީ ބައެއް ރަށްރަށުގައި ފެރީ ގިމަތަ އަޅައިފައެވެ.