މިދިޔަ މެއި މަހު މާލޭގައި 142 ކައިވެނި ކުރިއިރު ހަމަ އެ މަހު 110 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 117 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.

ވަކިވަކި މައްސަލަތަކަށް ބަލާއިރު ވެސް މެއި މަހު ފެމެލީ ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެ ބާވަތުގެ 148 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވެއެވެ.

ދަރިންގެ ހަޟާނާ ގުޅޭ ގިނަ މައްސަލަތަކެއް ވެސް މެއި މަހު ފެމެލީ ކޯޓަށް ހުށަހެޅިއެވެ. އެބާވަތުގެ 15 މައްސަލައެއް މަސް ފެށުނުއިރު ވެސް ކޯޓުގައި އޮތެވެ. މަސް ދުވަސް ތެރޭގައި ކޯޓުން ނިމުނީ ހަޟާނާތުގެ އެންމެ ދެ މައްސަލައެކެވެ. އެހެންކަމުން މަސް ނިމުނުއިރު އިތުރު 17 މައްސަލައެއް ނުނިމި އޮތެވެ.

ދަރިން ނުދެއްކުމުގެ 16 މައްސަލައެއް މަސް ފެށުނުއިރު ކޯޓުގައި އޮތެވެ. ދަރިން ނުދެއްކުމުގެ އިތުރު ދެ މައްސަލައެއް މެއި މަހު ކޯޓަށް ހުށަހެޅުނެވެ. ދަރިން ނުދެއްކުމާ ގުޅޭ ހަތް މައްސަލައެއް މިދިޔަ މަހު ވަނީ ނިންމާފައެވެ. އެހެންކަމުން ދަރިން ނުދެއްކުމުގެ 11 މައްސަލައެއް މެއި މަސް ނިމުނުއިރު ކޯޓުގައި އޮތެވެ.

ނަސަބު ސާބިތު ކުރުމުގެ އެއް މައްސަލައެއް މެއި މަހު ފެށުނު އިރު ފެމެލީ ކޯޓަށް ހުށަހެޅިފައި އޮތެވެ. އެ ބާވަތުގެ އެއްވެސް މައްސަލައެއް މިދިޔަ މަހު ނިންމާފަ އެއް ނުވެއެވެ.

ކުޑަކުދިންގެ ގާނޫނީ ބެލެނިވެރިކަން މީހުންނާ ހަވާލު ކުރުމުގެ ފަސް މައްސަލަ މެއި މަސް ފެށުނުއިރު ވެސް ކޯޓުގައި އޮތެވެ. މިދިޔަ މަސް ނިމުނުއިރު އެއް މައްސަލަ ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާރީ

    ހާދަ ވަރި ގިނައޭ!

  2. ޔާންޔާ

    ބަލަގަ ކައިވެނި ގިނަވާނެ ފޮްލެޓައް ފޯމްލާންޖެހެ ދުވަހު . ދެންއަނެއްކާ ވަރިގިނަވާނެ އަނެއްމަހު . މި ރާއްޖޭގެ ހާލަތު .

  3. ޅަބޭ

    ތިޔައް ކިޔާނީ "ހާކާލީ ބުރުވާލި".

  4. ވައިރަސް

    32 ކާވެނި ތިޔަ ހިފަހައްޓާލެވުނީ. އަސްލު ބޭކާރު ކަމެއް

  5. ޙިލާ

    ކުރިން ކައިވެނި ކުރިމީހުން ފަހުން ކައިވެނި ކުރާ މީހުނަށް ކޮޓަރި ހުސްކުރަން ޖެހޭނެތާ. ޢެހެންނޫނީ މި މާލޭގައި މިހާރު ކޮންމެ ދެމަފިރިއަކަށް ކޮޓަރި އެއް ނުހުންނާނެ.