ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތަކުގެ 94 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ގްރޮއިން ޖެހުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން، އެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ ސަރުކާރުން 90.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.