ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން ފޭސް އެކެއްގެ ބާކީހުރި މަގުތަކާއި ފޭސް ދޭއްގެ ސްޓޭޖް ދޭއްގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ޕްރޮޖެކްޓްގެ %75 ނިންމާލާފައި ކަމަށެވެ.

އެގޮތުން ފޭސް އެކެއްގައި 10 މަގު ދަނީ ހަދަމުންނެވެ. އޭގެން ކޮންމެ މަގެއްގައި ޖުމްލަ 1.95 ކިލޯމީޓަރު ހުންނާނެއެވެ.

އަދި ފޭސް ދޭއްގައި 33 މަގު ހަދަމުންދާއިރު ޖުމްލަ 6.15 ކިލޯމީޓަރު ހުންނާނެއެވެ

މީގެއިތުރުން، ފޭސް އެކެއްގެ ކިއުމުލޭޓިވް ޕްރޮގްރެސް އަކީ %57 ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. އަދި ފޭސް ދޭއް ގައި %82 ކަމށް ބުނެފައި ވެއެވެ.

އަދި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ފޭސް އެކެއްގެ %44 ނިމިފައިވާއިރު، ފޭސް ދޭއްގެ %47 ނިންމާލާފައިވާ ކަަމަށް އެޗްޑީސީން ބުނެފައި ވއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަލި މީހާ

    90% ނިމިއްޖެ އޭ ވެސް ބުނެވިދާނެ. އެކަމަކު އެތާ މީހުން އުޅެން ފެށި ފަހުން 9 މަސް ވީ އިރު، ޕޭވްމަންޓެއް ނެތް. މަގު ބައްތިއެއްނެތް، މަގެއްގަ ދަވާދުކޮޅެއްވެސް ނެތް.