ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ އެއް އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އެންޑް ޓެކްނޯލޮޖީގެ ފަރާތުން 2020 ވަނަ އަހަރު ފަށާފައިވާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާުން ސޮއިކުރެއްވީ އާމިނަތު ޝައުނާ އެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ނޫރައްދީން އިންވެސްޓްމަންޓްގެ ވެރިފަރާތް އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އަލީ ނޫރައްދީންއެވެ.

އެގޮތުން ހިތަދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ އެއް ގާއިމުކުރުމަށް 1.4 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ފެސިލިޓީ އިމާރާތްކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ 4 މަސްދުވަހުގެ މުއްދަތެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ފެސިލިޓީ އިމާރާތްކޮށް ހިދުމަތް ލިބެން ފެށުމުން ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ ޕޮލީ ކްލޮރިނޭޓެޑް ބައިފީނައިލް (ޕީ.ސީ.ބީ) އެކުލެވޭ އައްޑޫ ސިޓީގައި ހުރި 2 އާލާތެއް އަދި ފުވައްމުލައް ސިޓީގައި ހުރި 16 ކަރަންޓު ފޯމަރު ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ގެންދިއުމުގެ ކުރިން ފެސިލިޓީގައި ރައްކާކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން 2025 ކުރިން ގައުމުތަކުގައި ހުރި ޕީސީބީ އެކުލެވޭ ކަމަށް ބެލެވޭ އާލާތްތައް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

އަދި ރާއްޖެއިން އެޅިގެންދާ އަދި މި ފެސިލިޓީވެގެން ދާނީ ރާއްޖޭގެ ދެކުނު ސަރަޙައްދުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ތިމާވެއްޓަށް ގެއްލުންހުރި ނުރައްކާތެރި ކެމިކަލް ރައްކާކުރާ މި ފެންވަރުގެ ފުރަތަމަ މަރުކަޒަށް ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭރުކުރޭ

    އިންޑިއާ ފަދަ ފަގީރު ކިބަޅި ގައުމަކުން ލޯން ނަގައިގެން އެއްވެސް މުސްތަގްބަލެއް ނެތް ހަނިމާދޫ ގައި އާއި އަދި އައްޑޫ ގައި އެއާރޕޯރޓް ތަރައްގީ ކުރާނެ ކަމެއް ނެތޭ އެކަން ހުއްޓާލަންވީއޭ އަދި ރާއްޖެތެރޭގައި މިހާރު ކުރަމުންދާ ޕްރޮޖެކްޓްސް ތަކުގެ މަސައްކަތް ފިޔަވައި ދެން އެއްވެސް ކަމެއް މިއަދުން ފެށިގެން ރާއްޖެތެރެއަށް ނުކުރަންވީއޭ މަޖްލީސް މެމްބަރުންނަށް މުސާރަ ވެސް ނުދޭންވީއޭ މަޖްލީސް އިދާރާއިން ކަރަންޓް ކަނޑާލާ އެތަން ތަޅުލާންވީއޭ ބަޓް ގްރޫޕް ބޭރުކުރަންވީއޭ މާލޭން ވެސް މާލެ ދާއިރާގެ މެމްބަރުން ފިޔަވައި ދެން ތިބި ހުރިހާ އެއްޗެހި ތައް މާލޭން ވެސް ބޭރުއަރުވާލަންވީއޭ...

  2. އަރީ

    ކޮރަޕްޝަން