ހުޅުމާލޭގަ ކޮންސްޓްރަކްޝަން ސައިޓުގައި ހަރުކޮށްފައި ހުރި ބުދު ދީނުގެ ނަން ބޯޑު ހަމަބިމަށް ތިރިކޮށްފިއެވެ.

އެފަދަ ބޯޑެއް ޖަހާފައިވަނީ ހުުޅުމާލެ ފޭސް ދޭއްގެ ކޮންސްޓްރަކްޝަން ސައިޓެއްގައެެވެ.

އެފަދަ ބޯޑު ޖަހާފައި ހުރި ތަނެއް ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހުންނަކަން ހާމަކުރެއްވި ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ބުދު ދީނުގެ ޝިއާރުތަކެއް ފާޅު ކުރާ ކަމަށް ހަބަރު ލިބިގެން އޭނާ އެތަނަށް ދިޔަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔައީ މިއީ ތެދު ވާހަކަތަކެއް ކަމުގައި، މިހުރީ މިތަނުގައި ޖަހާފައި ހުރި ބޯޑު، މިއީ އެ މީހުންގެ ދީނީ ކޮންމެވެސް ކަލާންގެއެއް ނުވަތަ މަތިވެރި ފަރާތެއްގެ ވާހަކަ އެތަނުގެ ނަން ޖަހާފައި އެ ހުރީ، އިންޑިއާގެ މީހުން އަޅުކަން ކުރާ". އެތަނުގެ ބޭރު ފެންނަ ވީީޑއޯއެއް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ކަންކަން ހިނގާއިރު، މިއީ އެއްވެސް ވަރަކަށް އަޅާާނުލާ ތިބެން ވާވަރުގެ ކަންކަން ނޫން ކަމަށެވެ. އަދި ސަރުކާރުގެ މުވައްސަސާތަކުން މިކަން ހުއްޓުވަން އޭނާ ގޮވާލެއްވިއެވެ.

"މިއީ ވަަރަށް ބޮޑު ޖަރީމާއެއް ހަގީގަތުގައި މި ހިނގަނީ". އޭނާ ވިދާޅުވިއެވެ.

ފަހުން ޒުވާނަކު ވަނީ އެ ބޯޑުގައި ދަގަނޑު ބުރިއަކުން ތަޅާ، އެއްކޮށް ހަލާކުކޮށްލާފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ އާއްމުވަމުންނެވެ.

ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"ކަމާއި ގުޅުން ހުރި މުވައްސަސާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން". އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކެނެރީ

    މި ސަރުކާރުން ރާވައިގެން ސިއްރިޔާތުގައި ނޭގޭކަމަށް ހަދައިގެން ހިންގާ ޖަރީމާ ތިޔައީ

    79
    4
  2. Anonymous

    ނުބަލާނެކަން ޔަގީން. ތިކަމުގައި ކުއްވެރިވާނީ އެބޯޑް ހަލާކު ކުރި މީހުން

    83
    2
  3. ފޭލި

    ފުލުހުންވެސް ހޭވެރިކަން ވާންވެއްޖެދޯ؟ ސަރުކާރުގެ ލާދީނީކަން ފުލުހުންނަށްވެސް ކަނޑައެޅިގެން އެނގޭ އިރު އެކަންކަންބަލަން އަބަދު ބަލަން ޖެހޭކަން ފާޅުކޮށްގެން ތިބުމަކީ މިއަދު ބަލައިގަނެވޭނެކަމެއް ނޫން މިއީ %100 މުސްލިމް ގައުމެއް.

    64
    3
  4. ތަކުރު

    ކޯޗެއްތޯ ބަލަންޖެހެނީ ؟

    32
    2
    • ޖަމާލު

      ބަންގި ދޭއިރަށް ނަމާދުކުރާމީހަކާ. ސުއްނަތަކަށް ވީތީ ތުނބުޅި ދިގުކުރާ ޒުވާނަކާ. ހަރާމް ކަމަކަށް ވާތީ މިޔުޒިކް އަޑުނާހާ މީހަކު ފެނޭތޯ ވަރަށް ރަނގަޅަށް ފުލުހުންނާ ސިފައިން ބަލާ. އެފަދަ މީހަކު ފެނޭތޯ ބޮޑު ހަރަދު ކޮށްގެން ސިއްރީޔާތުގައި ވެސް ވަރަށް ބޮޑަށް ބަލާ.

      13
  5. މާމީ

    އިންޑިއާ އައުޓު ބެނާއެއްނަމަ ފުލުހުން އިސްނަގާގެން އަވަހައް ގޮސް ބެނާ ނަގާގެން ކާލާނެ . ކީއްވެ މިކަމައް ފުލުހުންނައް އިސްނުނެގުނީ؟؟؟؟

    70
    1
    • ފުލުސް ވަސަރު

      އިންޑިއާގެ އަޅުކަންކުރާ ތަންތަނުގެ ނަންބޭނުންކުރުމާއި އެފަދަތަންތަން ހުރުމަކީ މަނާކަމެއްކަމަށް ސޯލިހުގެ ގަރާރަކުން ކަނޑައަޅާފައެއްނެތް، ވީމާ އެކަންކަން ބަލާކަށްނުޖެހޭ

      1
      8
  6. ބޫސްޓް ޑޯޒް

    މިހާރު ދިވެހިނަށް ނޭގި ބުދު ދީނަށް ވަދެވިފައި ވަނީ .. ކޮންމެ ގެ އެއްގައިވެސް ހިންދީ ޑުރާމާ ބަލަނީ ... މީ ވަރަށް ދެރަކަމެއް

    41
    4
  7. އިބްރާ

    އެމްޑީޕީއަށް މިވެސްވާނީ ސިޔާސީ ކަމަކަށް.

    53
    4
  8. Anonymous

    ކޮބާތޯ ކުރީގައި އައްޑޫގައި ބުދު ބަހައްޓާފައި ވެސް ކިއެއް ނޫންތަ އެއޮތީ ބުދު ބަހައްޓާފައި އޭ
    މިފަހަރު ކީކޭބާ،؟

    54
    1
  9. Anonymous

    ކޮބާތޯ ކުރީގައި އައްޑޫގައި ބުދު ބަހައްޓާފައި ވެސް ކިއެއް ނޫންތަ އެއޮތީ ބުދު ބަހައްޓާފައި އޭ
    މިފަހަރު ކީކޭބާ،؟.
    މިސަރުކާރު ވެރިކަމަށް ގެނައި އިލްޔާސް މެންނަށް އޯކޭތޯދެން.
    ބެނާ ނެގުން މެކުހަށް
    ލާދީނީ ކަންކަން ހުއްޓުވުމަށް 'ނުދެނެހުރި'

    3
    1
  10. ހުވަދޫ އަލިބެއްޔާ

    ކަލޭމެން ލާދީނީ މީހުން ހީނުކުރާތި އަހަރުމެން މަޑުން ތިބޭނެ ކަމަށް.. މި ގައުމުގަ ނުވާނެ.. ރާއްޖެއިން ބޭރުވޭ.. ލާދީނީ ބައިގަޑަށް ޖާގައެއް ނެތް..

  11. ޙަސަން

    ތިނުމުނީ ތިކަންތަ، ދެންބުނާނެ އެތަނުގެ ޥެރިންނަށް އެގިގެން ހިގާކަމެއް ނޫނޭ އެތާއުޅުނު މީހަކު ނޭގި ކުރެވުނު ކަމެކޭ.

    6
    1
  12. Anonymous

    ފުލުހުން ދާނީ ބަލަމުން ، ފިޔަވަޅެއް ނޭޅޭނެ މޑޕ މިދިވެހި ގައުމުގެ ހަލާކު.

    6
    1
  13. ފުރީ

    ތިއީދޯ ހަގީގީ އިސްލާމުންގެ ސިފައަކީ.

    4
    1
  14. ރާއްޖެތެރެ

    އަޅުގަނޑު އިއްޔެ ޓްރެކްދަޑައް ދުވަން ދިޔައިރު އިންޑިޔާ މީހަކު ލައިގެން ހުރި ޓީޝާޓުތަކުގަވެސް އިސްތިހާރު ކުރަމުންދަނީ. މީ ސީދާ ރޭވިގެން ހިގަމުންދާ ކަންތައްގަޑެއް

    4
    1
  15. ފަލަސްތީން

    އެމްޑީޕީ ވެރިކަމައް އަންނަ ކޮމްމެ ފަހަރަކު މިކަންތައް ހިގަމުންދޭ. އެމްޑީޕީޔަ ވޯޓެއް ނުދޭނަން

    5
    1
  16. އަހައްމަދޫ

    ފުލުހުންގެ ސަމާލުކަމަށް އަންނާނީ ވާއެއްޗެއްވެނިމުނީމަ. ފުލުހުން ތަންކޮޅެއް ޕްރޮއެކްޓިވް ވާންވެއްޖެއެއްނު. ގައިމު މަދެއްނުވާނެ މިއޮތްކުޑަގައުމުގަ ތިބިފުލުހުންނާއި ސިފައިންގެ އަދަދެއް.ހަނދާންވަނީ ކުރީގެ ހިންދީ ފިލްމްތަކުގައި ޔުނިފޯމް އެޅިގްރޫޕެއް އަންނާނީ ހުރިހާކަމެއް ނިމުނީމަ. އެމީހުނަށް އެނގޭނެ ހައްޔަރުކުރަން ވީބަޔަކު މީހަކު ނުުބުނެދިނަސް

  17. މާހިރާ

    ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް ބަދަލުވުމަށްފަހު، ރާއްޖޭގައި އެހެން ދީންތަކަކަށް އަޅުކަންކުރާ ތަންތަނެޢް ނެތް. އެހެންވީމާ، ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ ޝިޢާރުތައް ފެތުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން.

  18. އަނގަ ގަޅާތި

    މުސްލިމުން ވެރިކަން ކުރާ ތަނެއްގައި އަލަށް ބުދު ބަހައްޓާ ،ޝިރުކުގެ ޝިއާރުތައް ބެހެއްޓުން ހުއްދަ ނުވާނެ ކަމަށް ޖުމްހޫރު ޢިލްމުވެރިން ފަތުވާ ދެއްވާ. ހުއްދަ ނޫނީ މުސްލިމުންގެ ބާރުގެ ދަށަށް އެ ތަނެއް އައިރުވެސް ހުންނަ އެހެން ދީންތަކުގެ ތަންތަން ހަލާކު ކުރުން. މިފަދަ ހާލަތެއްގައި ،އެތަން ހިމާޔަތް ކޮއް ،އެދީނެއްގެ ބަޔަކަށްވެސް ރައްކާތެރިކަން މުސްލިމުން ދޭންޖެހޭ.

  19. މުޙައްމަދު

    ހުރިހާ ތަނެއްގަވެސް މުސްލިމުންނާ ދެކޮޅަށް ފުރަތަމަ ނިކުންނަނީ ކާފަރުން. މުސްލިމުން ނަންވެފަ އޮންނަނީ ޓެރަރިސްޓުންގެ ގޮތުގަ. ތިބޭފުޅާއަށްވެސް އިސްވެ ފަށާ ފަރާތް ގޯހެއް ނޫން ދެއްތޯ

  20. މުޢާޛު

    ދެންވެސް ތަނެއްގަ އާއިލާއެއް އޮތިއްޔާ ހަރުކައްޓޭ ކިޔައި މައިންބަފައިން ހައްޔަރުކޮށް ދަރިންކޮޅު ފޭރިގަނެ ޖެންޑާ އާއި ހަވާލުކުރޭ. ދީނަށް ބަޔަކު މީހުން އުޅެންޔާ ކަލޭމެން ވަރަށް އުތުރި އަރާނެ. ބަޔަކު ތަގަރި ތެޅިޔަސް ފިރިހެން ކުޅި ކުޅުނަސް އަދި މިކަހަލަ ޝިރުކީ ކަންތައް ކުރިޔަސް ކަލޭމެން ހިރުވާތަން ކަހާވެސް ނުލާނެ. ކަލޭމެންގެ ސީޕީ ހަމީދު ކުލަބެއްގަ ރާބޮއެގެން ނަށަނަށާ އޮއްވާ ވީޑިއޯއެއްވެސް އާއްމުވި. ﷲ ކަލޭމެންނަށް ޙައްޤުވާ ކަންތައް ދެއްވުމުގައި އަވަސް ކުރައްވާށި. އާމީން.

    4
    2