ކްރިމިނަލް ކޯޓުގައި އުފެދިފައި އޮތް ބޮޑު ބެކްލޮގް ހުސްކުރުމަށްޓަކައި އެ ކޯޓުގެ ގާޒީން އިތުރަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ހާއްސަ އިނާޔަތެއް ދީ، މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މަޖިލީހުގައި އެދިފައިވާ ގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ހުށަހަޅާފައެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. މުސާރަ ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ހުއްދަ ދީފައެވެ. މިއަދުގެ ކޮމެޓީގައި ވަނީ އެ ހުށަހެޅުން ފާސްވެސް ކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލީސް

އެކަމަކު އެ ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މި ހާލަތުގައި މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުން އެންމެ ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ މިހާރު މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެހެން މެންބަރުން ވާހަކަ ދައްކަވާފައިވަނީ ބޮޑުކުރަން ފެންނަ ކަމަށެވެ.

ހަމައެހެންމެ، ޑިޕާޓްމަންޓް އޮފް ޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް ވަނީ ހަތަރު މަސް ދުވަހުގެ މުއްދަތަށް ގާޒީންނަށް އާ އިނާޔަތެއް ދިނުމަށް ހުށަހަޅާފައެވެ. އެއީ ކޯޓުތަކުގައި ހުރި ބެކްލޮގު ކުޑަކުރުމަށެވެ.

ޑީޖޭއޭއިން ހުށަހަޅާފައިވަނީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް އެ ގޮތަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ އެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ 1،182 މައްސަލަ އެއްކޮށް ނިންމުމަށެވެ. އެ ހުށަހެޅުން ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު

    އަޖައިބެއް، މާލީވަޒީރު މިބުނަނީ މިވަގުތު ދައުލަތުގެ އޮފީސްތަކު އަދި ކުންފުނިތަކަކުގެ މުވަށްޒަފުންގެ ޕޮރޮމޯސަނާއި އޯޓީއާއި އިތުރު ކުރިއެރުންތައް މިވަގުތު ނުދީ މަޑުކުރާށޭ! ދެން ކީއްވެޔޯ ވަކި ތި ބުނާ ދާއިރާގެ މީހުންގެ މުސާރަބޮޑުކޮއް ލައްކައިން ތި ދެންނީ؟ މިހާރު ދޭވަރު މަދީތަ؟ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޗަރުކޭސް ޖަށްސުވަން ނޫލުއްވާ! ﷲ އިރާދަފުލުން މި ސަރުކާރަށް ދިވެހި ރައްޔިތުން ދެން ބުނާނީ ބޮޑުތަނުން ނޫނެކޭ!

    4
    1
  2. Anonymous

    މެޖިސްޓްރޭޓް ކޯޓުތަކަށް ކިހާ ަަރެއްތަ ބޮޑުވީ

    4
    1
  3. މަސްދަރު

    ދުވާލަކަށް 500 ރުފިޔާ ނުދެނީސް ނުކުރަން ތިބީ ރުފިޔާ ހަމަ ޖެހޭނެ ކަމަށް ބުނިމާ ފެށީވެސް އަދި އިތުރަށް ވަގުތީ މުވައްޒަފުން ވެސް ދިން އެހެނަސް މީހުން ހަޒިރުކޮއްދޭން ތިބި އެއްވެސް މުއަށްސަސާއަކަށް އެއްވެސް މީހަކު ނުދިންތާ ރުފިޔާކޮޅެއް ވެސް ނުދިން

    1
    1
  4. ޙަސަން

    މެޖިސްޓްރޭޓުންގެ މުސާރަ އާދައިގެ ޕްރޮސެކިޔުޓަރަކަށް ލިބޭ ވަރަށް ވުރެ ކުޑަ، ރަނގަޅު ނިންމުމެއް

    2
    3
  5. ދާއޫދު

    ރަންގަޅު ނިންމުމެއް، ކޮޮލިޓީ ވަކީލުން މެގިސްޓްރޭޓް ކަމަށް ދާނެ އޭރުން

    1
    1
  6. ރަޝީދު

    ހަޤީޤަތުގައި 95 ޕެރސެންޓް މެޖިސްޓްރޭޓުންގެ ބޭސިކް މުސާރަ ކުޑަ ކޮށްލީ، އެލަވަންސްތައް ރިވިއު ކުރީ

    2
    1
  7. ތާރިޤު

    ރަށްރަށަށް ކޮލިޓީ މެޖިސްޓްރޭޓުން ނުލިބެނީ މުސާރަ ކުޑަކަމުން. ރަންގަޅު ނިންމުމެއް

    1
    1
  8. މުވައްޒަފު

    ތިހުރިހާ ބުރަ އެއްގަ ފުޑެނީ އިދާރީ މުވައްޒަފުން. ޭޭޭޭބޑުމީހާއަށް ކާންދީފަ ބެހެއްޓީމަ މުވައްޒަފުންގެ އެއްވެސް ހައްގެއް އާއިލާއެއް އޮންނަކަނވެސް ތިޔަ ވެރިން ނުދަނޭo

    3
    1
  9. މަސްވެރިޔާ

    ހަރަދުކުޑަކުރަންވީ ކޮންތާކުން؟

  10. ޑައެލޯގް

    ރުފިޔާޗާޕްކޮށްގެން މުސާރަބޮޑުކުރާ ސަރުކާރު ހުރިހައި އުދަގުލެއް ބާކީރައްޔިތުންނަށެވެ.

    1
    1
  11. ސސ

    ޖުޑިޝަރީގެ މުވައްޒަފުންގެ މަތިން ހަނދާންހުރި މީހަކުނެތް. ދޭންޖެހޭފައިސާކޮޅުވެސް ނުދޭ. ހުރިހާބުރައެއް މުވައްޒަފަށް. މުވައްޒފަށް އިންސާފެއްނުލިބޭ

    5
    1
  12. މަސާރީ

    ބައެއް މެޖިސްޓްރޭޓުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް. ސްޕީރިއާ ކޯޓުތަކުގެ ޤާޟީންނާ ޚިލާފަށް، ބައެއް މެޖިސްޓްރޭޓުންނަކީ ކޮންމެ ދުވަހަކުވެސް އެކިބާވަތުގެ ޤާނޫނުތައް ދިރާސާކޮށް، އެކި ބާވަތުގެ ގިނަ މައްސަލަތައް ބައެއް. އެފަދަ މީހުންނަށް އެކަށިގެންވާ މުސާރަ ނުލިބޭނަމަ، އެފަދަ މަޤާމްތަކަށް ކޮލިޓީ މީހުން ކުރިމަތި ނުލާނެ. ރަނގަޅު ނިންމުމެއް.

    1
    2