ބޮމުގެ އިންޒާރަކާ ގުޅިގެން މާލެ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ސިފައިން ހަތިޔާރާއެކު ފޯރިމަރަން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ބޮމުގެ އިންޒާރު ދީފައި ވަނީ މާލެ ސިޓީ ކައުންސިލް ޕޯޓަލް މެދުވެރިކޮށް މީހަކު ދިން މެސެޖެއްގައެވެ. ކާކު ކަން ނޭނގޭ ގޮތަށް ދިން އިންޒާރުގެ މެސެޖްގައި އޮތީ "ބޮމެއް ދަބަހަކަށްލާފައި ޗައިނާ އެމްބަސީ އާއި ރަޝިއާގެ ކޮންސިއުލޭޓްގައި އޮންނާނެ ކަމަށް" މިހެންނެވެ.

ކްރިމިނަލް ކޯޓު ސަރަހައްދު ފުލުހުންނާޢި ސިފައިން ބަންދުކޮށްފައި. --- ވަގުތު އިމޭޖަސް

މި މެސެޖާއެކު ފުލުހުންނާއި ސިފައިން ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދު ވެސް ކުރިއެވެ.

އާޓިފިޝަލް ބީޗު ކައިރި ބަންދުކޮށްފައި. --- ވަގުތު އިމޭޖަސް

މީގެއިތުރުން ސިވިލް ކޯޓު ކައިރިން އޯކިޑް މަގު ވެސް ބަންދުކުރިއެވެ. އަދި ސުޕްރީމް ކޯޓު ކައިރީގައި އޮންނަ ހަނި ގޯޅިގަނޑެއް ވެސް ސިފައިން ބަންދުކޮށްފައިވެއެވެ.

އެ ދެ ތަނުގައި ވެސް ސިފައިންގެ ބޮން ނައްތާލާ ޔުނިޓުގެ އެމްއެންޑީއެފް އޮފިސަރުން ހަރަކާތްތެރިވިއެވެ. ބޮން ނައްތާލުމުގައި ބޭނުންކުރާ ބައެއް އާލާތްތައް ވެސް ސިފައިން ބޭނުންކުރިއެވެ. އަދި ސިފައިން ބަޑި ހިފައިގެން ދިޔައީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ނުވަނީސް، އެމްއެންޑީއެފް އިން ވަނީ ބޮން ނައްތާލުމަށް ބޭނުން ކުރާ ސާމާނުތައް އެ ތަނުން ގެންގޮސްފައެވެ. އަދި ޖަސްޓިސް ބިލްޑިން އާއި ޗައިނާ އެމްބަސީ ކައިރީގައި ހިންގި އޮޕަރޭޝަން ނިންމާލައި އެ ދެ ސަރަހައްދު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ ދެ ތަނުން ގޮވާ ޒާތުގެ އެއްޗެއް ފެނުނު ކަން ނުވަތަ ނޫން ކަން އަދި ޔަގީނެއް ނޫނެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް އިން އަދި ބަހެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޔާނު

    ޔާމީން ވެރިކަމުގަ ހުރިއިރު މަގުމައްޗަށް ސިފައިން ނެރުނީމާ ހަޅޭލެވި މީހުން ވެރިމަށް އައިސް މިހާރު މިކުރަނީ ކޮން ކަމެއް؟ އޭރުވެސް މަ ބުނިން ކަލޯމެންނޭ މިބާވަތުގެ ކަންކަމާ ގުޅިގެން އެކަހަލަ ހައިޖާނު ނުއުފައްދާށޭ! މިއޮތީ އެދުވަސް އައިސްފަ!

    71
    4
    • މޭޑަމްލޭޑީ

      ޔާމިނު ޗައިނާއާ ގުޅުން ބަދަހި ކުރާވަރަކަށް ޗައިނާއާ އިދިކޮޅު ގައުމު ތަކުގެ ބަދަލު ހިފުން މިއަންނަނީ ރާއްޖެއާ ދިމާލަށް. އިންޑިޔާ މިލިޓަރީގެ އެހީ ބޭނުމެއް ނޫނާ ބުނާއިރު ބޮމެއް ޑިފިއުޒް ކުރަން އެނގޭ މީހަކުވެސް ދިވެހި ސިފައިގެން ތެރޭގަ ނޫޅޭނެ. ޔާމީނުއާ ހެދި ވާ ކަންކަން ހުސް

      10
      51
      • ހަސަންބުރުސްލީ

        އިންޑިޔާ ހައިކޮމިޝަނުން ފއސ ދީފައި ކޮމެންޓުކުރަން ބަހައްޓާފައި ހުރި މީހެއް...!

        21
        3
  2. އާދަނު

    ވަކިކަމެއް ނެތެނުތޯ؟ ޔާމީންވެރިކަމުގައި ވެރިކަމާދެކޮޅަށް މިމީހުން ހިންގި ހުރިހާ ޖަރީމާއެއް ، ވެރިކަމުގައިތިބެ މިހާރު މި ހިންގަނީ! ޢިބްރަތް ޙާޞިލްކުރެވޭނީ ބުއްދިކުރާ ބަޔަކަށެވެ.

    16
    1
  3. ޕޮގުބާ

    ތިގޮވާފަހުން އެނގޭނީ އެއްޗެއްތާކު ގޮވިކަން އެއީ މިމީހުންނަށްވެސް އެނގޭވަރު

  4. Anonymous

    ތީވާނީ ޓްރޭނިންގ އަކަށް އެއްވެސް ރާއްޖޭގަ ނެތް ތިކަހަލަ ކަންތައް ކުރާނެ ބަޔަކު. ކުރިޔަސް ކުރާބަޔަކު ސަރުކާރަށް އެގޭ.

    8
    1
    • ޜާ

      މަހައްދޭބަލަ. ތިހުރީރޯނުއެދުރަކަށްވެފަ.

  5. ސައްދު

    ތިޔަވާނީ ބަރަހަނާ ބޮމަކަށް..

    7
    1
  6. ޝަމީ

    ބަރްހާނާ.. ބަރްހާނާ..

  7. ހަލަކު

    ތިކަން ކުރިބަޔަކު ހޯދައި ހައްގު އަދަބު ދޭންޖެހޭނެ

  8. އަލިބެ

    ޢެއީ ޖީ އެސް ޓީ އޭ ކިޔާ ޒާތުގެ ވަރަށް ބާރުގަދަ ބޮމެއް! ޢެ ބޮން ނުގޮވާތީވެ މިވަގުތަށް ނުރައްކަލެއް ނެތް.. އެކަމަކު ބެލެވޭ ގޮތުގައި މި ބޮން ގޮވާއިފި ނަމަ ލިބޭ ގެއްލުން މުޅި ރާއްޖެއަށް އެތަ އަހަރެއްވަންދެން ކޮށް ރައްޔިތުން ބަނގުރޫޓްވެ ދައުލަތް ވެސް ވިއްކައިގެން އުޅެން ޖެހިދާނެ