ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން އިތުރު ކާރަކާއި އެމްޓީސީސީ ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓަކީ މާލޭގައި މި ފަހުން ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ. މި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކަށް ސިހުން ގެނުވީ ކާރުގައި އިން ޒުވާން އަންހެނަކު ނިޔާވުމުންނެވެ.

އެ އެކްސިޑެންޓުގައި ޒަހަމްވި އިތުރު ހަތަރު މީހަކަށް އައިޖީއެމްއެޗް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ތިން މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ ގއ. މާމެންދޫ، ބިލެތްމާގެ، މަރިޔަމް އަމާނީ ރަޝީދެވެ. އުމުރުން 24 އަހަރުގެ އަމާނީ އޭނާގެ ރައްޓެހިން ކަމަށްވާ އއ. ރަސްދޫ، ހަސަން ޒަޔާން އާއި ލަހުފާ ވަހީދު އާއިއެކު އިއްޔެ ގެއިން ނިކުތީ ކާރު ބުރަކަށެވެ.

ނަމަވެސް އެ ދަތުރުވީ އަމާނީގެ އެންމެ ފަހު ދަތުރަށެވެ.

އަމާނީގެ ޕޭސްބުކް ޕްރޮފައިލް އަށް ބަލާލާއިރުގައި އޭނާ އެންމެ ފަހުން ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގައި މަރުގެ ވާހަކަތައް ހުއްޓެވެ. ފިލްމުތަކުގައި މަރާ ގުޅޭގޮތުން ބުނެފައިވާ ޑައިލޮގްތައް ޝެއާކޮށްފައިވެއެވެ.

އޭގެ އިތުރުން އޭނާ ވަނީ މީހުންނާއި ދުރަށް ދާން ބޭނުންވާ ނުވަތަ ގެއްލެން ބޭނުންވާ ފަދަ އިބާރާތްތައް ހިމެނޭ ޕޯސްޓްގައި ވެސް ޝެއާ ކޮށްފައެވެ.

އަމާނީ ވަރަށް ފަހުން ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ "ނުދަންނަ ބީރައްޓެހި މީހާ ވެސް ސަންދޯން މައްޗަށް ތިން މުށް ވެލި އުކައިދޭ." ކަމަށެވެ. އެއީ މިދިޔަ މަހު 23 ގައި ޝެއާކުރި ޕޯސްޓެކެވެ.

އަމާނީގެ މަރާއެކުގައި އޭނާގެ ގިނަ ރައްޓެހިން ފޭސްބުކްގައި އެކި ޕޯސްޓުތައް ކޮށްފައި ވެއެވެ. އެ ހުރިހާ އެންމެންވެސް އަމާނީ ސިފަ ކުރަނީ އަބަދުވެސް ހިނިތުންވުމަކާ އެކުގައި ހުންނަ ޒުވާނެއްގެ ގޮތުގައެވެ.

"ވަގުތަށް" ވާހަކަ ދެއްކި އަމާނީ ރައްޓެއްސެއް ކިޔައިދިން ގޮތުގައި އަމާނީ އަކީ މީހުންނާ ގުޅޭ މިޒާޖުގެ މީހެކެވެ. އަދި އަމާނީ ހިތްހެޔޮ ރަހުމަތްތެރިއެއް ކަމަށް އެމީހާ ބުންޏެވެ.

އަމާނީ ވަކިވެ ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އިއްޔެ ހަވީރު ރަތް ކުލައިގެ ކާރު އެމްޓީސީސީގެ ބަހުގައި އައިސް ޖެހުނީ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލުން ނައްޓައިގެން ގޮސްގެނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޕޮގުބާ

    ހިތްދަތި

    26
    3
  2. ބިރު

    މައްޔިތާގެ ދަރިފުޅާއި އާއިލާ އަށް ކެއްތެރިކަން ދެއްވާށި

    73
    3
    • ސަކީލާ

      ނިޔާވި ޒުވާނާ އަމާނީގެ ދަރިއަކު އެބަހުރިތޯ؟
      މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކޮއްދެއްވާށި އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

      2
      1
  3. ޕީޓާ

    ޔުއަރ ޑްރީމް ފުލްފިލްޑް!

    59
    23
  4. މަބަލްދީބް

    ބީ ކެއާފުލް ފޯ ވަޓް ޔޫ ވިޝް.

    43
    6
  5. ބުރުގާ

    ހޫ ކެއާރސް!!!!

    12
    45
    • ޖަވާބް

      އޭނަ ރައްޓެހިންނާ އާއިލާ މީހުން.

      9
      1
  6. މާޖިދު

    އެހެންކާރެއްގައި ޖެހޭތަނެއް ނުފެނޭ

    16
    9
  7. ގޮބޮޅިމާނު

    މިތަނުގައި ތާނައަކުރުން އިނގިރޭސި ކޮމެންޓުކޮށްފައި ތިބި މީހުންގެ ތަހުޒީބު ވިސްނުމެއްނެތްކަން ދޭހަވޭ ކޮށްފަހުރި ކޮމެންޓުން. އެއްވެސް ޓޭސްޓެއް ނެތް. ދީނެއް ފިކުރެއް އަޚްލާގެއް އިންސާނީވަންތަކަމެއް ނެތް. ޖާހިލުކަމާއި ނާތަހުޒީބުކަމާއެކު ވެސް ވާހަކަދައްކަންވީ އިނގިރޭސިން.

    50
    10
    • ރޯނޭ.

      ތިއޮތީ ޓޭސްޓުން ފުރި ބަންޑުންވެފަ. ދެން ދޭ ދޮންނަން.

      7
      5
  8. ހައި

    އެ ކާރު ދުއްވަން އިނީ ކާކުތަ؟

    • ސޮރު

      ޑުރައިވަރު އިނީ

  9. ދިވެއްސެއް

    ލިޔުމުގެ ނިންމުމުގަ ލިޔެފަ އޮތީ އެހެން ކާރެއްގަ ޖެހިގެން ކޮންޓްރޯލް ނެއްޓި ވާހަކަ. އެކަމަކު ފުޓޭޖް ރަނގަޅަށް ބެލި މީހަކަށް ވިއްޔާ އެނގޭނެ އޭގެ ކުރިޔަށް ކޮންޓްރޯލް ނައްޓާފަކަން އޮތީ

  10. ނަޑޫ

    އަމާނީ ދިޔައީ ކޮން ބަޔަކާ އެކީ ކީއްކުރަން؟ މި ސުވާލު އަމާނީ މަންމަ ބައްޕައާ ކޮއްލަ ބަލަ. ބުނާނެ ނޭނގެޔޭ. ބުރުގާ ނާޅާ އޮރިޔާން ނިވާނުކޮށް އުޅެނިކޮށް ތިމާމެން ކައްވަޅަށް އެދަނީ މީ ނުރައްކާ ކަމެއްދޯ

    5
    2
  11. ސަޓޯ

    އަމާނީ ބޭނުންވާގޮތައް ކަންތައްވީމަ ކަލޭމެން އެކަމާ އުފާ ކުރޭ

    4
    1