ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތް ޖެޓް ރާއްޖެ އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބަލާ ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް އޮޅުވާލިކަން އެނގިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އެއާޕޯޓުން ސުޕަވައިޒަރުންނަށް އެންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިރޭ "ސިއްރު" ދަތުރުފުޅެއްގައި ރާއްޖެއިން ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ދަތުރު ކުރައްވަން ހާއްސަ ޖެޓެއް އެއާޕޯޓުގައި ޖައްސާނެކަން މުވައްޒަފުންނަށް އެންގިއެވެ.

މިރޭގެ ވަގުތެއްގައި ލަންކާ އަށް ނަޝީދު ވަޑައިގަންނަވާ ކަން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް އަންގާފައިވާ ކަމަށްވެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުން ލަންކާގެ ރައީސް ދަތުރު ކުރެއްވި އަސްކަރީ ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖެއްސީ ދަންވަރު 2:50 ހާއިރުއެވެ. ގޮޓަބަޔާ ރާއްޖެ ވަޑައިގެންފައިވަނީ އޭނާގެ އަނބިކަނބަލުންނާއި ދެ ބޮޑީ ގާޑުންނާއެކުގައެވެ. އެނގިފައިވާ ގޮތުން ޖެޓް ރާއްޖެއަށް ދަތުރު ކޮށްފައި އައީ ފްލައިޓް ރާޑަރ އިން ނުފެންނަ ގޮތަށެވެ.

ލަންކާގެ އިމިގްރޭޝަން އޮފިޝަލުންނާއި ހަވާލާދީ "އޭއެފްޕީ" އިން ބުނީ، ރައީސް ގޮޓަބަޔާ ލަންކާއިން ފުރާ ވަޑައިގެންނެވީ ފުރަން ޕާސްޕޯޓުގައި އިމިގްރެޝަނުން ސްޓޭމްޕް ޖަހާ ދިނުމުން ކަމަށެވެ. ގޮޓަބަޔާ ފުރުވަން އެއާޕޯޓް މުވައްޒަފުން ފުރަތަމަ ދެކޮޅު ހެދި ކަމަށްވެއެވެ.

އަސްކަރީ ޖެޓް ވީއައިއޭ އިން ފުރާފައި ވަނީ މިރޭ ފަތިހު 4:40 ހާއިރުއެވެ. ލަންކާ ރައީސް އާއި އަނބިކަނބަލުން މިހާރު ވަނީ ރިސޯޓަކަށް ވަޑައިގެންފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އިންތި

    ރާއްޖޭގެ ހަލާކު

    79
  2. ލޮލީ

    މުޅި ދުނިޔޭގެ ކުރިމަތީގަ އަގުވެއްޓުނީ

    88
  3. ޖުލައި

    ގުޅިގެން ހިންގާ ޖަރީމާތައް މިހުންނަނީ. ގައުމެއް ބަނގުރޫޓުކޮށްލި މީހަކަށް މިގައުމުން ޙިމާޔަތްދޭންޖެހޭތަ.

    88
    1
  4. ޑަނޭ

    މި ދެން ކިހާ ބޮޑު ވެއްޖެ އާފާތެއް ފޮނި ހުސޭނާ ދެން ބުނޭ ކެންސަލް ވީޔޯލަ

    48
  5. ސަމްބެ

    ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތް ޖެޓް ރާއްޖެ އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބަލާ ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުންނަށް އޮޅުވާލިކަން އެނގިއްޖެއެވެ.
    ހާދަހާ ޒިންމާ ދާރު ކުޑަ ނޫށްވެރިކަމެއް. މިއަށް ވުރެން އިތުބާރު ހިފޭ ގިޮތަކަށް ޗައިނާއިން ފައިސާ ނަގާ ނޫސްވެރިންނަށް ނުލިޔެވޭތަ؟

    12
    57
    • ޢިންޑިއާ

      ޢިންޑިއާ އެމްބަސީ ލާރި ނަގައިގެން ސިޔާސީ މަގާމުގައި ހުރެގެން ތަންކޮޅެއް ޒިންމާދާެު ކޮއް ޓްވީޓް ކޮއް ނޫސްތަކުގައި ކޮމެންޓްކޮއް ސޯސަލްމީޑިއާ ގައި ތަކެތި ލިޔާނަމަ ޕްްރޮމޯޝަން ދޭނީވެސް. ހެހެ އަހަރުމެން ގާތުގައި ދެއްކިވާހަކަ އެއޮތީ ވަގުތައްކިޔާއި ދީފައި އެމްޑީޕީ ތިޔަހާ ގަޓް ހުރީ ވިއްޔާ ސަރުކާރުން ފިޔަވަޅު އަޅާބަލަ. ދެން ފެންނަ މަންޒަރު ބަލާލަން ބޭނުމިއްޔާ

      12
  6. މުޙައްމަދު

    ކޮންމެ ކަމެއްގަވެސް އޮޅުވާލުން

    43
    2
  7. ވެދުން

    ހުރިހާ ކަމެއްގަވެސް މަކަރާ ދޮގާ އޮޅުވާލުން

    45
    3
  8. އުސްމާނުބެ

    ނަށީދުއާ އެދި ކިހާ ބޮޑު ކަމެއް، ބެހިފަ ނުބެހޭނެ ކަމެއް ނޭގުން. އެވަރުގެ މީހަކައް ހިމާޔަތްދޭ ވިސްނުމުން ދެން އެހެން މީހުންނާދޭތެނޭ މީނާގެ ވިސްނުން ހުންނާނެ ގޮތް ވިސަނާ.

    48
    1
  9. އިބްރާހިމް

    ނަޝީދު ހައްޔަރުކުރޭ. ނަޝީދަކީވރާއްޖެއަށް ޖެހިފައިވާ މުސީބާތެއް.

    39
    1
    • މިނިވަންކަން

      ހައްގު ބަސް ބުނުމަކީ ޖަލު ހުކުމަށް އަންނަ ކަމެއް

      17
      1
  10. Anonymous

    ވަގުތު މީހުންނަށް މި ހަބަރު ޖަހާން ކެރުނީތީ މަހައިރާންވެއްޖެ. ވަގުތު ތީ މިހާރު ވަކިބައެއްގެ ނުފޫޒުގެ ދަށުވެ ފިތިފައިވާ ބައެއް!؟؟

    8
    25
  11. އިބްރާހިމް

    ލަންކާ ރައްޔިތުންނޭވެ. ބޯޓްތަކުގައި އައިސް ގޯޓާބޭ ގެންދާށެވެ. ނަޝީދަށް ކުޅިމަޖާ ދައްކާލާށެވެ

    33
    1
  12. ނަސީދު

    އެއްވެސް މައްސްލައެއް ނެތް މީހަކު ކީއްކުރަންތަ ސިއްރުން ފުރަން މިއުޅެނީ ، އަދީބުނަމަ އޯކޭ އަހަރުން ގަބޫލް ކޮއްފި

    18
  13. ބުއްޅަބޭ

    ހިޔަޅު ނަހަދާނެ ތެދެއް

    26
  14. ބަލަންޖެހޭ

    ތިކަމުގައި ބޮޑު ތަހުގީގެއް ހިންގުން މުހިއްމު. ސަބަބަކީ ރާއްޖޭގެ ކަންކަން ހަވާލުކޮށްފަ އޮތީ ރައީސުލް ޖުމްހޫރިއްޔާއާ. އަދި ތީގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ، އެއީ ނުހިނގާ ކަމެއްކަމަށް ހަދާފަ ފައިލްކޮށްލާ.

    21
    1
  15. އަހަންމަދު

    ޚަބަރުތެދުނަމަ ނަޝިދު މަޖިލިހު މެންބަރުކަމުން ވަކިކުރަންޖެހޭ! ނަޝީދު ރޭ ލަންކާއަށް ފުރާނެކަމަށް މަޖިލިިހު މެންބަރުންނަށް އެންގިނަމަ ކަޑައެޅިގެން އެއޯތީ ދޮގުހަދާފަ އަދި މެންބަރުންނަށް އޮޅުވާލާފަ! މަޖިލިހުގެ ހަމަހުރިހާ މެންބަރުންނަށް މިގޮތް ރަގަޅުތޯ؟ އިތުބާރު ނެތްކަމަށް ފާސްކޮށް ތިބަލާވެރިކަމުގެ ކިބައިން ރައްޔިތުން ސަލާމަތް ކޮށްދެއްވާ! މިކަހަލަ ފުރުސަތެއް ފަހިވާނީ މަދު ފަހަރަކު! ތިޔަބޭފުޅުންނަށް ވޯތްދިން ރައްޔިތުންގެ މޫނުމަތީނުޖައްސަވާ ޒިންމާ އަދާކުރަށްވާ! އެމްޑީޕީގެ މެންބަރުންވެސް ނަޝީދަށް ކުރިން ތާއީދު ކުރެވުނެއްކަމަކު އެގޮތުގަ ދެމިތިބޭކަށް ނުވާނެ! ﷲ އެންމެބޮޑަށް ލޯބިވެވޮޑިގަންނަވަނީ ގިނަގިނައިން ތައުބާވާ އަޅުންދެކެ! އެންމެހާދިވެހިންނޭ!، ހަމަ ކޮންމެ ދިވެއްސަކުގެވެސް ޒިންމާއެއް އެބައޮތް! ﷲއަށް ބިރުވެތިވޭ/

    21
    1
  16. މުޖުތާޒު

    ޢަންނި އަކީ ދޮގުހެދުމުގަ އައްދުންނެއްޓިފަ ހުރިމީހެއް އޭނަނަގަދީނެ އެއްމެ ތެދެއްވެސް ތީދިވެހިންނަށްޖރހިފަހުރި ބޮޑުމުސާބާތެއް ދިވެހިރައްޔިތުންނަށްއެގޭނެ މީނަގެހުރި ދޮގުހެދުންތަށް

    12
    1
  17. ވަގުމަންޑޭލާ

    ދޮގާ މަކަރާއި ހީލަތް ތީ އޭނަގެ ޕްރެފެސަން

    15
    1
  18. ރަޒީން

    ދިވެހިން އެންމެން ނުކުމެ މި ސަރުކާރު ވައްޓައިލަން ވީ
    ގައުމު ހަލާކުކޮށްފި

    13
    1
  19. އުއްޗު

    އއަލުގަނޑަށް ފެނޭ ނަޝީދުއާއި ގޮޓަބަައްޔާ ދެބޭފުޅު އެޖެޓަށް ލާފައި ރާއްޖޭން ބޭރަށް އުމުރަށް ފޮނުވާލަން. މިޖެޓަށް އަދި ސޯލިހުވެސް އިތުރުކޮށްލުން ބުއްދިވެރި. ސޯލިހުގެ ބަހެއްނެތި ގޮޓަބައްޔާއަށް ރާއްޖެއަށް އެތެރެ ނުވެވޭނެތާ. މިގައުމު މިނުބައި މީހުންގެ ކިބައި ސަލާމަތް ކޮށްދެއްވާންދޭ. އާމީން

    18
  20. ޤުމްރީ

    ސުޕަވައިޒަރުން ބުނާ ވާހަކަ ތަޙްޤީޤު ކުރަންޖެހޭނެ. ލަންކާ އެމްބެސަޑަރވެސް ފޮރިން މިނިސްޓަރީއަށް ޙަޡިރުކޮށް ތަޙްޤީގެއް ހިންގަންޖެހޭވަރުގެ ބޮޑުކަމެއް ތިޔަހިންގީ.

    13
  21. ރާއްޖެ

    މިގައުމުގެ އަސްލު ރައީސަކީ ކާކު؟

  22. ސަލީމްބޭ

    އެކަކުވެސްހައްޔަރުކުރާނެކަމެއްނެއް ބާކީމިއޮށް
    ކުޑަދުވަސްކޮޅުކެއްކޮށްލާ 2023 ހުގެފަހުން
    ހުރިހާމީހުންފިލާފާނެ ވަރަށްވެދުން

    • މޭޖަރ.......

      ތެދެއް. އެބުނާހެންވާނެކަމަށް ފެންނަނީ. ހައްޔަރުކުރީމާ ހިނގާނީ އިތުރު ޚަރަދެއް، އަންނާނީ އެތެރެއާ ބޭރުގެ ޕްރެޝަރު. ފިލައިގެން ދިޔައިމާ، ދެން އިހިސާބުން މައްސަލަތައް ބަލާކަމަށް ހަދާފަ އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ނެރޭނީ. އެހިސާބުން އަނގަ ޗޭކުރާކަށްވެސް ނުކެރޭނެ.

  23. މަހީހީ....

    މަދު ބަޔަކު ކޮސް ގޮވިޔަސް، އެއަރޕޯރޓްގައި ވަޒީފާ އަދާކުރާ ހުރިހައި މުވައްޒަފުން ތިގޮތަކަށް ނުބުނާނެކަން ކަށަވަރެވެ. އެއީ އެތަނުގެ ވަޒީފާގައި ތިބޭ މުވައްޒަފުންނެވެ. ހުރިހައި އެއްޗެއް އަންގާކަށް ނުޖެހޭނެކަން އެމީހުންނަށް އެނގޭނެ އެވެ.