ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

އެ މަސައކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި، އެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އޭގެ އިތުރުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާއިރު، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު