ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރި މާނެލް ޗާމަން ޖުނަރަތުނަރ ނުވަތަ މަޝްހޫރު ނަމުން ނަމަ ގުރުޓީ މިސް ހިތުގެ އޮޕަރޭޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މާލީ ގޮތުން އެހީތެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެކަން ހާމަ ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރު ވަނީ ގުރުޓީ މިސްއާ ބައްދަލު ކުރައްވައި ނެންގެވި ފޮޓޯ ވެސް ޓުވީޓު ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އެހާ ގިނަ ދުވަސްތަކަކަށް ފަހު ގުރުޓީ މިސްއާ ބައްދަލުލުވުމުން ވަރަށް އުފާވެވަޑައިގެންނެވި ކަމަށެވެެ.

"އަޅުގަނޑަކީ ވެސް ގުރުޓީ މިސްގެ ދަރިވަރެއް. މިސްއާ ބައްދަލުކޮށް ކުރީގެ މަޖާ ދުވަސްތައް ހަނދާންކުރިން. ވަރަށް އުފާވޭ ރައީސް ސޯލިހު ގުރުޓީ މިސްއަށް އެހީ ހަމަޖައްސައިދެއްވީމަ. ގުރުޓީ މިސްއަށް އަވަސް ޝިފާއަަކަށް އެދެން" މިނިސްޓަރުގެ ޓުވީޓުގައި ވެއެވެ.

ގުރުޓީ މިސްގެ ހާލު ވަރަށް ބޮޑަށް ގޮސްވެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް އާއިލާގެ އަތް މަތި ދަތިކަމުން އެކަން ކުރެވޭނެ ގޮތް އޮތީ ނުވެފައެވެ.

ނަމަވެސް އޮޕަރޭޝަނަށް އާއިލާއިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި "ވަގުތު"އިން ވެސް އެ ފަންޑްރެއިޒިންގެ ހަރަކާތް ކަވަރުކުރުމުން ގިނަ ބަޔަކު ވަނީ ގުރުޓީ މިސްއަށް އެހީވެފައެވެ.

ގުުރުޓީ މިސްގެ އަންހެން ދަރިފުޅަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފަންޑް ރެއިސިންގގެ ހަރަކާތުން އޮޕަރޭޝަނަށް ފައިސާ ލިބިފައިވާ ކަމަށާއި އެހެންވެ އޮޕަރޭޝަން ކުރަން އިއްެޔެ ގުރުޓީ މިސް ލަންކާއަށް ފުރާފައިވާ ކަމަށެވެ.

ނަވާރަ ސަތޭކަ ހަތް ދިހަ ވަނަ އަހަރު ކަނޑު ބޯޓެއްގައި ރާއްޖެ އައި ގުރުޓީ މިސް އަމީނިއްޔާ ސްކޫލާާ ގުޅުނީ މިއުޒިކް ޓީޗަރެއްގެ ވަޒީފާ އަށެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ ފުރަތަމަ އަދާކުރި ވަޒީފާ ވެސް މެއެވެ.

އަމީނިއްޔާ ސްކޫލުގައި މިއުޒިކް ޓީޗަރެއްގެ މަގާމު އަދާ ކުރުމަށް ފަހު ގުރުޓީ މިސް ފަހުން ވަނީ އިމާދުއްދީން އާއި ތާޖުއްދީން ސްކޫލުގައި ޕާޓް ޓައިމް ޓީޗަރެއްގެ ވަޒީފާ އަދާ ކޮށްފައެވެ. އަދި 2012 ވަނަ އަހަރު ރިޓަޔާ ކުރި އިރު އޭނާ ވަނީ 41 އަހަރު ވަންދެން ރާއްޖޭގައި ހިދުމަތް ކޮށްފައެވެ.

އެހެންކަމުން އޭނާގެ މުޅި ހަޔާތް ހެން ހޭދަކޮށްފައި ވަނީ ވެސް ރާއްޖޭގައެވެ. އޭނާ ކައިވެނި ކޮށް ދަރިން ލިބި އަދި ދަރިން ވެސް އުޅެ ބޮޑުވީ ރާއްްޖޭގައެވެ. އަދި ގުރުޓީ މިސް ރިޓަޔާ ކުރުމަށް ފަހުވެސް އުޅެމުން ދިޔައީ ދަރިންނާއެކު ރާއްޖޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަދިވެސް

    ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ހުރިހާ މީހުންގެ ހާލުހުރީ ތިޔަހެން. ސަލާންޖަހައިންގެން ބޭސް ފަރުވާ ކުރުން ނޫން ގޮތެއް ނެތެވެ.

  2. އަލީ ބުނީ

    ރަނގަޅެއްނުން ދިވެހި ރައްޔިތުންނައް ނުދިނަކަސް ބޭރުމީހުނައް ދެވޭނުން .

    6
    4
  3. އުގުރި

    ގުރުޓީ މިސް ހުރީ ބޮލުގައި އެއްޗެއް އަޅައިގެން... އެކަމަކު އަނެކަކު ހުރީ.....

    1
    5
  4. 878

    ގުރުޓީ މިސް އަށް ވެސް ހުޅުމާލެއިން ގޯތި ދޭން ވާނެ.ގުރުޓީ މިސް ގެ ދަރިން ނަވެސް މާލެ ޔަށް އުފަން ކުދިން ވީމަ.

  5. އަހްމަދު

    ސޯޅިހު އެހީދޭނީ އޭނާގެ އަމިއްލަ ފައިސާއިން ނޫންކަން ޔަގީން. ސަރުކާރުގެ ބައިތުލްމާލުންދޭނީ.

    4
    6
  6. ޔަތީމް

    ދުއާ ދެންނެވި ވެރިން

    3
    2
  7. Anonymous

    މިސްއަށް ޝިފާޔާއި އިސްލާމް ދީނުގެ ހިދާޔަތާއި ހެޔު ތައުފީޤު މިންވަރު ކުރައްވާށި، މިސް އެހާ ގިނަ ދުވަހު އިސްލާމީ ޤައުމެއްގައި އުޅުނީމާ އިސްލާމީ ދައުވަތު މިސް އަށްވެސް ފޯރާފައި މިވަނީ ، އިސްލާމް ދީން ޤަބޫލުކޮށްގެން އުޅުން އެއީ ބުއްދިވެރި ގޮތަކީ ! މިސް އަށް އަވަސް ޝިފާޔެއް ދެއްވާށި !