އެކަނި ލޯންޗެއްގައި މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓުނު އައްޑޫ ހިތަދޫ މީހަކު ރޭ ހަޑިއިރު ވަންދެން ފަތާފައި ގޮސް ފުވައްމުލަކަށް އަރައިފި އެވެ.

ކަނޑަށް ވެއްޓުނު މީހާ ފަަތާފައި ގޮސް ފުވައްމުލަކަށް އެރި ހާދިސާ އާއި ގުޅޭ ގޮތުން އައްޑޫ މޭޔަރު އަލީ ނިޒާރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ވިދާޅުވީ ފަތާފައި ގޮސް ފުވައްމުލަކަށް އެރި މީހަކީ ހިތަދޫ ކެޔޮޅުގޭ އަލިމަނިކިފާނު ކަމަށެވެ. ނިޒާރު ވިދާޅުވީ އަލިމަނިކުފާނަށް ގުޅައި ހާލު ވެސް ބެއްލެވި ކަމަށާއި ހާލު ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ.

އަލިމަނިކުފާނު ލޯންޗުން ކަނޑަށް ވެއްޓުނީ އައްޑޫގެ އުތުރުން 13 ވަރަލަށް މޭލު ބޭރުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ފުވައްމުލަކި މޭޔަރު އިސްމާއީލް ރަފީއު އަށް ގުޅުއްވައި އަލިމަނިކުފާނުގެ ހާލު ބަލައި އެހީތެރިވެއްދުމަށް ވެސް އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އޭނާ މަހަށް ނުކުތް ލޯންޗް ހޯދުމުގެ މަސައްކަތްކޮށް ދިމުމަށް އެމްއެންޑީއެގް ސަދަން އޭރިއާގައި އެދިފައިވާނެ ކަމަށާއި ލޯންޗާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އަލިމަނިކުފާނަކީ އާންމުކޮށް އެކަނި މަހަށް ނުކުންނަ މީހެއް ކަމަށް ވެއެވެ.

އޭނާ ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އިންސާނާގެ ނަފުސު ހިމާޔަތްކޮށް ނަފުސަތް ގެއްލުންލިބޭ ގޮތަށް ޢަމަލުތަށް ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްކަން ދަންނަންޖެހޭ !

  2. ތަމެންދޯ

    ތިޔާއީ ޑްރަގް ބަލާ ދިޔަ ލޯންޗެއް ޑްރަގް ވިއްކާ މީހުން ލޯންޗް ފޭރިގަތީމާ ކަނޑަށް ފުންމާލައިގެން ތިޔާ އައްޑޫ ޑްރަގް ޑީލަރު ފުވައްމުލަކަށް އެރީއޭ އެއީއޭ ތިޔާ ގައި އޮންނާނެ ގޮތަކީ 6 ގަޑިއިރު އޭނާ ފެތި ކަން އިނގެނީ ކިހިނެއްތޭ ތިޔާ ވެދާނެ ފުވައްމުލަކު ނެރު ގާތު ހިނގި ކަމަކަށް ވެސް ތިޔާއީ އައްޑޫ މީހުންނެއް ނޫންތޭ ހައްދަވައިގެން ތެދެއް ނަހަދާނެއޭ...

    11
    10
    • މުފައްކިރު.

      އެއީ މަހަށްދިޔަ މީހެއް. މިހާތަނަށް ޑްރަގުގެ ރެކޯޑެއްނެތް މީހެއް. ހިތްވަރުގަދަ މީހެއް.

      • ބޯގަޅި

        އެއްވެސް މީހެއްގެ ކުށުގެ ރެކޯރޑް އެއީ ކުށެއް ކުރިކަން ފަޅާ އަރައި ކުށް ޝަރީޢަތަށް ސާބިތު ވުމުގެ ކުރިއަކު އޮންނަ އެއްޗެއްނޫން. ކުށުގެ ރެކޯރޑެއް ނެތް ކޮންމެ މީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ނުނިންމޭނެ.

  3. އަލްޖިބްރާ

    މީގެ ކުރިން ކާށިދޫ ކަޑަށް ވެއްޓުނު މީހަކު ފަތާފަ ކާށިދުއަށް އެރި ވާހަކައެއްވެސް ނޫހުގައި ޖެހި ! ފަހުން އެކަންވީ ޑްރަގުގެ މައްސަލައަކަށް ! މިފަހަރު ވާނީ ކިނެއްބާ ؟

    16
    1
  4. ޚާއްގު

    ޢަޢްޑޫ މީހުން އެއީ ހިތްވަރުގަދަ ބައެއް

    11
    8
    • މިތުރު

      ޤައުމަށް ދިމާވި ބޮޑުކަމެއްގަ ވިއްޔާ ހިތްވަރު ދައްކާފައި އޮތީ ރާއްޖޭގެ އުތުރުގެ ދަރިންކަން ތާރީޚް ހެކިދޭ. އައްޑޫ މީހުންގެ ހިއްވަރު ގަދަވެފައި އޮތީ ޤައުމަށް ގެއްލުން ދިނުމުގައިކަން ދިވެހިތާރީޚް ހެކިދޭ. މަގޫދަނޑި ސަރުކާރު އެކަމުގެ ހެއްކަކަށް ފުދޭ.

      6
      1
  5. އަބޫ

    ފެމުނު މިޔަރު އެންމެ ބޮޑު އާބާދީގަ މީހަކު 13 މޭލު ފަތާފައި، ސަޅި

    10
  6. އަލީ

    ތިޔަކަމަކީ މީގެކުރިން 80 މޭލުބޭރުން ފަތާފައި މީހަކު ކާށިދުއައް އެރިފަދަ ހާދިސާއެއް. ތިޔަހާދިސާ ތަހުގީގުކުރުމަށް ވަގުތުނޫހުގެ ކުދިންމނަށް ގޮވާލަން އެފަދަކެޕޭސިޓީއެއް ޕޮލިހުގައި ނުހުއްނާނެ.

    10
  7. Anonymous

    ވ އިހުގެ ނަމެއް! އެހާ ބުންވަރާ އެކު އަނެއްކާ ފަތާފަ އެރީ 50 އހަރުން މަތީގެ މީހެއްބާ!

    8
    1
  8. Anonymous

    ހަބަރު ލިޔާ އިރު އުމުރު ލިޔާ ނަމަ ހަބަރު ފުރިހަމަ ވާނީ!

  9. ހުސޭނުބޭ

    އައްޑު އުތުރުން 13 މޭލު ބޭރު. 5 ގަޑިއިރުން ފަތާފައި ފުއައްމުކަލަށް އެރީ ......... ހާދަ ހަލުވިކޮށް ފަތާނެތާ! އަވަހަށް އޮލިމްޕިކް ފެތުމުގެ މުބާރާތުގައި ތި މީހަކު ބައިވެރިކުރޭ.

  10. ފެތި ގަޑި

    ފެތި ގަޑި ޖަހާފައި ނެތް، ކިހިނެތް 5 ގަޑި އަދި 6 ގަޑި ފެނިގެން އުޅެނީ ކޮމެންޓް ތަކުން