އަދާލަތު ޕާޓީން ތާއިދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.

އިމްރާން އިއްޔެ ރޭ ވިދާޅުވީ ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެނެސްފިނަމަ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށެވެ. ބަރުލަމާނި ނިޒާމަކީ މި ރާއްޖެއާއި އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އިމްރާނަށާއި އަދާލަތު ޕާޓީއަށް ފާޑުކިޔާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނީ އިމްރާން ބަރުލަމާނީ ނިޒާމާއި ދެކޮޅު ހަދަނީ ބަރުލަމާނީ ނިޒާމެއްގައި އަދާލަތު ޕާޓީއަށް ސަރުކާރުގައި ބައިވެރިވެވޭ ވަރަށް މަޖިލީހުގެ ގޮނޑިއެއް ނުލިބޭނެތީ ކަމަށެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ފާޑުކިޔުންތަކަށް ރައްދުދީ އިމްރާން ރޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީއަށް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ. ނަމަވެސް ގައުމީ މަސްލަހަތައްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާކަށް އަދާލަތު ޕާޓީގެ މެންބަރުން އެއްގޮތަކަށްވެސް ނުރުހޭނެކަން އޭނާ އަށް ޔަގީން ކަމަށް އިމްރާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ކެބިނެޓްގައި ތިއްބަވާނީ ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ. އަދި ސިޔާސީ އެހެން އިސް މަގާމުތަކަށް ވެސް އައްޔަން ކުރާނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ.

2005 ވަނަ އަހަރުގެ އޮގަސްޓް މަހު އުފެއްދި އަދާލަތު ޕާޓީއަށް 17 އަހަރު ވެފައިވާއިރު އަދި މިހާތަނަށް އެޕާޓީއަށް ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި ޑރ.އަނާރާ ނައީމް ކާމިޔާބު ކުރެއްވި ގޮނޑިއެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް އަދާލަތު ޕާޓީގެ ވަރަށް ގިނަ ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާފައިވެއެވެ. ނަމަވެސް އިތުރު ބޭފުޅަކަށް މަޖިލިސް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ބިރުން ނަޝީދު ކޮޅަށް ޖެހުނީ. މީނަޔަށް ވެސް އެގޭ ބާރު ގަދަވާނީ ނަޝީދުކަން. ކަލޭ ނަޝީދުއަށް ކީ އެއްޗެހި އަދިވެސް ހަދާނުގައި ހުންނާނެ. ހެހެހެ.

    8
    1
    • ހުސޭނުބޭ

      ނަޝީދު އެބުނާ އަލްބަމުގައި މޫނަގެ ފޮޓޯތަކެއް ހުރުން އެކަށީގެންވޭ. އެހެންވެ ބިރުން އެއުޅެނީ

      2
      1
  2. ޗަކަ މަރީނާ

    ކަލޭ ބޭނުންހާ ގޮތަކަންތަ މި ގައުމު ހިންގަންވި ލާދީނީ އިމްރާން

    9
    1
    • އަސްލޭ

      އަމިއްލަ އެދުން😊

      5
      1
  3. ފރތމ

    އަދާލަތަށް މޮޅުވާނީ ބަރުލަމާނީ ނަމަ މަޖިލިހުން އެންމެ ގޮނޑި ގަނޑެއް ވެސް ނުލިބުނީ ކީއްވެ ހެހެހެހެ.. ކޮންމެ ފަހަރަކު ރައީސްކަމަށް އަންނަ މީހެއްގެ ކޮނޑުގައި އޮވެ މިނިސްޓަރު ކަމެއް ނޫނީ ސްޓޭޓް މިނިސްޓަރުކަން ތިޔަ ދަމައިގަންނަނީ. ބަރުލަމާނީގައި މަހަށް ދާން ދޯންޏަށް އަރާނެ މީހަކު ވެސް އިމުރާނު މެނަށް ނުލިބޭނެ

    11
    1
  4. އިޔާޒް

    އިރާދަކުރެއްވިއްޔާ ތިޔަ އަދާލަތުވެސް މި ވުޖޫދުން ފުހެވިގެން ހިގައިދާނެ ވަރަން އަވަހަން

    4
    1
  5. ގރގގ

    އެ ބުނީ 15 އަހަރު ތެރޭ 1 ގޮނޑި އޭ ލިބުނީ؟ ހެހެހެ ދެން ކިހިނެެއް ބަރުލަމާނީގައި އަދާލަތަށް މޮޅެއް ލިބޭނީ؟

    3
    1
  6. އަލީ

    ނަޝީދު ވެރިކަމެއްގަ ތިކަލޭގެ ބޭރުކުރާނެ

    3
    1
  7. މުފައްކިރު.

    މަޖިލިސްގައި އެންމެ ގޮނޑިއެއްވެސް ނުލިބޭ ބައެއް. ފެއިލްވެފައިވާ ޕާޓީއެއް.

    2
    1
  8. ކިރުދަޅު

    މަބުނަން އުޅުނު އެތި މިކަހަލަ ތަނެއްގަ ނުބުނެވޭނެތީ ހަނުހުރީމެވެ!

  9. އަސްފާްޤް

    މިފެންނަނީ ފާސިޤް މުނާފިޤް ދެފަހަރު ދެއަނގައިން ވާހަކަ ދައްކާނީ ދުވަހަކު ތެދެއް ނުހަދާނެ ހައްތާވެސް ދީލާނީ އަމިއްލަ ފައިދާއައް

    2
    1
  10. ދޯހަޅި

    އަދާލަތު ޕާޓީ އާއި އިމްރާނައް ރަނގަޅު ހުރިހާ ގޮތެއް ހަޅުގަނޑުމެންނަކަށް ރަނގަޅެއްނޫން