ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ބުނީ އަލީ ސޯލިހަށް އިއްޔެ ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

އަލީ ސޯލިހަށް ހަމަލާ ދޭން އުޅެނީ ކަޓަރެއް ބޭނުންކޮށްގެން ކަރަށެވެ. އަލީ ސޯލިހަށް ހަމަލާ ދޭން އުޅުމުގެ ކުރިން ގުރުއާނުގެ އާޔަތެއް ކިއާފައިވާ ކަން ވެސް އެނގިފައިވެއެވެ.

އެ ހަމަލާ އިން ސަލާމަތްވާން ވެގެން އަލީ ސޯލިހް ވަނީ އެމީހާއާ ދިމާލަށް ސައިކަލް ދޫކޮށްލައިފައެވެ. އެ ގަޑީގައި ކަޓަރު ހޫރާލި ވަގުތު ހަމަލާ އަމާޒުވެފައި ވަނީ އަލީ ސޯލިހްގެ އަތަށެވެ.

އަލީ ސޯލިހަށް ހަމަލާ ދީފައި ވަނީ މި ފަހުން ސަލްމާން މިސްކިތުގައި ހުރި މިންބަރަށް ހުކުރު ގަޑީގައި އަރާ ހުތުބާ ދިން މީހާއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ހަމަ އެ ދުވަހު ދޫކޮށްލިއެވެ.

އެމީހާ ދޫކޮށްލާފައި ވަނީ އެއީ ނަފްސާނީ މީހެއް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކަރި

    ނަފްސާނީ މީހުން ކޯޓައްގެންދެވޭތަ ބޮޑުކަމެތްވީމަ ގެންދެވޭ މުއްދައްވެސްޖެހޭ

  2. ބޮލި މުލައް

    ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫ ޖެހުމުން ނަފުސާނީ. ސިޔާސީ މީހަކާ ދިމާކުރުމުން ބޮޑު ކުށްވެރިއެއް

  3. ވަހީދު

    މި މީހާ އަކީ ބަޔަކުމީހުން ގެންގުޅޭ ޕަޕެޓެއް. ޢަޑީގަ ތިބި މީހުން ހޯދަންޖެހެ. ދީނީ ކަމެއް ނޫން މީ، ސިޔާސީ ކަމެއް.

    4
    1